ކެފޭއަކަށް ވަދެ ފައިސާ ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ކެފޭއަކަށް ވަދެ އެ ތަނުގެ މުވައްޒަފެއްގެ އަތުން ފައިސާ ފޭރެން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.

ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ހުއްދައެއް ނެތި އޭނާ ވަނީ ބަންދުކޮށްފައި ހުރި ކެފޭއެއްގެ ތެރެއަށެވެ. އެގޮތުން އެތަނަށް ވަދެ އެ ތަނުގައި ހުރި މުވައްޒަފަކަށް ބިރުދައްކައި ފައިސާ ފޭރެން އުޅުނުކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑް ގިނަ މީހެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް