މި ސަރުކާރުން ޤުރްއާނާއި މިސްކިތްތަކުގެ އަޑު ކަނޑުވައެއް ނުލާނެ: ޑރ.ޝަހީމް

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން ކީރިތި ޤުރްއާނާއި މިސްކިތްތަކުގެ އަޑު ކަނޑުވައެއް ނުލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ މި ސަރުކާރުން މިސްކިތްތަކުގެ އަޑުކަނޑާލައިފި ކަމަށާއި ރަށުތެރެ ނާމާންވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިިިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

މަލީހު ވިދާޅުވީ ޤުރްއާނުގެ އަޑު ރަށުތެރެއިން ނުއިވޭ ކަމަށާއި މިއީ ވަރަށް ނުބައި ފާލެއް ކަމަށެވެ.

“އިސްލާމިކް މިނިސްޓަރ އިސްތިއުފާ ދެއްވަންޖެހޭ. އަދި ރައީސުލް ޖުމްހޫރިއްޔާއަށް މިކަން ފަހުން ނުވާނަމަ މުޒާހަރާ ކުރަންޖެހޭ.“ މަލީހު ވިދާޅުވިއެވެ.

މަލީހުއަށް ރައްދު ދެއްވަމުން ޑރ.ޝަހީމް ވިދާޅުވީ މަލީހު މުޅި އުމުރު ހޭދަ އެ ކޮށްލައްވަނީ މީހުންނާއި ފޮށުމާއި ދޮގު ފެތުރުމުގައި ކަމަށެވެ. އަދި މާތްރަސްކަލާނގެއަށް ބިރުވެތިވުމަށް ޑރ.ޝަހީމް ގޮވާލެއްވިއެވެ.

މީގެއިތުރުން ޑރ.ޝަހީމް ވިދާޅުވީ މި ސަރުކާރުން އިސްލާމްދީން މަތިވެރިކުރަން ކުރާ މަސައްކަތަށް ރައްޔިތުން ހެކިވާނެ ކަމަށެވެ.

Loading

2 Responses

  1. މިހާރުވެސް މިސްކިއްތަކުން އަޑުކެޑިމަން ރަގަޅުކަމަށްވާހަދެކެވޭތަ ކޮއްމެސިފައެއްގާނަމަވެސް

  2. ދެރަވަރު………..ރީތިކޮށް މިސްކިތް ހަދާފަ މިސްކިތަށް ނައަންނާށޭ ބުނަނީ…..މިހާރު އަރަނީ އަގުބޮޑު ރީތި ފައިވާން .ބޫޓަށް ބޭރުގައި ހުއްޓާ ވެހިގަތީ ތެމުނީ ހަލާކުވީ.ހުކުރު މިސްކިތް ހެދި ޒަމާނުގައި ފައިވާނަކަށް ނާރާ.ވަޅުން ފައި ދޮވެގެން އަރަނީ…ޑިޒައިން ފާސް ކުރަނީ މިނިސްޓްރީން…..އަޅެ ކީއްވާނީ ނޭނގި ކުރެވުނީމާ އެކަން ރަނގަގު ކޮށްލަން….ޑިޒައިން ކުރާމީހަކު ގާތު ބުނަންވީނު ހުސް ޖާގަ ދައްކާފަ މިސްކިތުގެ ރީތިކަން ނުގެއްލޭ ގޮތަށް ފައިވާން ބަހަށްޓާ ތަނެއް ޑިޒައިން ކޮށްލާށޭ….ފިނިފެން މަލެއް ހުންނަހެން ވެސް ކޮށްލަފާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް