ޕެންޝަންގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭ ގޮތް ހަދަން ބޭނުން: ރައީސް

Loading

Facebook
Twitter
WhatsApp

ޕެންޝަންގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

“ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން އާންމު ރައްޔިތަކު މިއަދު ވަނީ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސޭނެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ޕެންޝަން ފައިސާ ނަގަނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާއި ފައިސާ ދޫކުރެވޭނެ ގޮތަށް ބަދަލެއް ގެނެވޭނީ ގާނޫނަށް ބަދަލެއް ގެނެސްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ޕެންޝަން ސްކީމް ވަރުގަދަ ކުރުމަށާއި އޭގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެ ގޮތް ހައްދަވަން ވެސް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.

ނަމަވެސް އެކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ އެފަދަ ފުރުސަތެއް ސަރުކާރަށް ލިބިއްޖެނަމަ ކަމަށެވެ.

ޕެންޝަން ފަންޑުން ފައިސާ ދޫކުރަނީ 65 އަހަރުވުމުންނެވެ. ނަމަވެސް އެ ގޮތަށް އޮތުމުން އެ ފައިސާ ގިނަފަހަރު ބޭނުން ނުކުރެވޭ ކަމަށް ބައެއް މީހުން ދެކެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް