އެއަރ އެމްބިއުލާންސްގެ ސީޕްލޭން ޚިދުމަތް މާދަމާ ފަށަނީ

Loading

Facebook
Twitter
WhatsApp

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސީޕްލޭންގެ ޚިދުމަތް މާދަމާ ފަށަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސީޕްލޭންގެ ފޮޓޯއެއް އާންމު ކުރައްވައިފައެވެ.

ވައިގެ މަގުން ބަލި މީހުން އުފުލުމުގެ ޚިދުމަތް ދޭން މޯލްޑިވިއަން އިން އުފައްދާފައިވާ އެއާ އެމްބިއުލާންސް ފްލީޓަށް ސީޕްލޭން އިތުރުކޮށް ޚިދުމަތް މާދަމާ ފަށަން ނިންމާފައިވާއިރު އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީ މިމަހުގެ އެއްވަނަ ދުވަހުގައެވެ.

މި ޚިދުމަތް މާދަމާ ފަށާކަން ފާހަގަކުރައްވައި ނައިބު ރައީސް
ޙުސައިން މުޙައްމަދު ލަޠީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ސިއްހީ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެއަރ އެމްބިއުލާންސްގެ ޑީ.އެޗް.ސީ 6 ޓުވިން އޮޓާރ ސީޕްލޭނުން ޚިދުމަތް ފެށުމަށް މިވަނީ ތައްޔާރުވެފަ. މާތް ގެ އިރާދަފުޅާއެކު، މިއީ ސިއްޙީ ދާއިރާއިން ދިވެހި ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ.“

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހެލްތު މިނިސްޓަރު ޑރ.ޢަބްދު ޚަލީލު ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ވައުދާއި އެއްގޮތަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ސީޕްލޭންގެ ޚިދުމަތް ފެށުމަކީ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ރައީސް ޑރ.މުޢިއްޒު ގެންނަވާ އިންގިލާބީ ބަދަލުތަކެއް ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް