ޒަކާތް ބަލައިގަންނަން ފަށައިފި

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.

އިއްޔެއިން ފެށިގެން ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތްތައް:

ދިރާގު އެޕް/ ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް
އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް
ބީއެމްއެލް ޕޯޓަލް މެދުވެރިކޮށް
ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް
ބަނޑޭރި ޕޭ މެދުވެރިކޮށް

ޒަކާތު ހައުސްއިން ބުނީ މި މަހުގެ 28 ގެ ނިޔަލަށް ޒަކާތް ބަލައިގަންނާނީ ހެނދުނު 9:30 އިން 13:00 އަށް ކަމަށެވެ. އަދި މި މަހުގެ 31 އިން 09 އޭޕްރީލްއަށް ޒަކާތް ބަލައިގަންނާނީ 11:00 އިން 14:00 އަށް ކަމަށެވެ.

ޒަކާތު ހައުސްއިން ބުނި ގޮތުގައި ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެވެ.

އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް ޒަކާތު ހައުސްއިން ބުންޏެވެ.

ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ, ތައިލެންޑް ހުދު ހަނޑުލުންނަމަ 70 ރުފިޔާ, ރަތް ހަނޑުލުންނަމަ 80 ރުފިޔާ, ބާސްމަތީ ހަނޑޫ (އާދައިގެ) ނަމަ 70 ރުފިޔާ, ބާސްމަތީ ހަނޑޫ (މޮޅު) ނަމަ 100 ރުފިޔާ, ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ނަމަ 125 ރުފިޔާއެވެ. އާދައިގެ ފުށް ނަމަ 10 ރުފިޔާ އަދި އާޓާ ފުށް ނަމަ 75 ރުފިޔާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް