މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު އެ ކުންފުންޏާއި ހަވާލުވިފަހުން ތުހުމަތުކުރެވޭ ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިންޒާރު ދީފިއެވެ.
ޕީސީބީން ޝަމާހު އަށް އެޑްރެސްކޮށް ފޮނުވި ސިޓީ މީސް މީޑިއާގައި ދައުރުވަމުން އަންނަ އިރު މިފްކޯއާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް އެ ސިޓީގައި ޕީސީބީން ބުނެފައި ވެއެވެ.
އެގޮތުން ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކަންކަން ކޮށްފައި ވާކަން ފާހަގަ ވެފައި ވާތީ އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ޕީސީބީން ވަނީ ޝަމާހުއަށް އަންގާފައެވެ.
ޕީސީބީގެ ސިޓީގައި ވަނީ ޖުމްލަ 12 މައްސަލައެއް ފާހަގަކޮށްފައެވެ.
މިގޮތުން ޕީސީބީން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުން ކުރުމާއި، ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި ޑިޕާޓްމަންޓްތައް ބަދަލު ކުރުމުގެ އިތުރުން ކުންފުނީގެ ސައިޓްތައް ހުންނަ އެހެން ރަށްރަށަށް ބަދަލު ކުރުން ހިމެނެއެވެ.
އަދި މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ކުންފުނީގައި އޮންނަ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް، ބަޖެޓް ހަމަޖެހިފައި ނުވާއިރުވެސް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކާއި ރައްޓެހިންނަށް ވަޒީފާ ދިނުމާއި ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވައިދާ ހިލާފަށް އެއްވެސް ޝަރުތަކަށް ބެލުމެއް ނެތި އާންމުކޮށް އިއުލާން ކުރުމެއް ވެސް ނެތި މުވައްޒަފުން ނެގުމާއި އިޖުރާއަތުތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވަޒިފާއަށް ވެއްދުން ހިމެނެއެވެ.
ހަމަ އެހެންމެ ޕީސީބީގެ ހުއްދަ ނުހޯދާ ކުންފުނީގައި މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުމާއި އުސޫލުތަކާ ހިލާފަށް ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި، އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ހަމަޖެއްސުމާއި ސީއީއޯ ދަތުރުތަކުގައި ވަޑައިގަންނަވާ އިރު އުސޫލުތަކާ ހިލާފަށް ކަމާ ނުބެހޭ މުވައްޒަފުންނާ ކުންފުނި ހިންގަން ހަވާލުކުރުމާއި އަދި އެފަދަ ދަތުރުތަކުގައި ބޭކާރު ކަމާ ނުގުޅޭ މުވައްޒަފުން ބައިވެރިކޮށް ހަރަދު ކުޑަކުރަން އިސްކަން ނުދޭކަން ޕީސީބީން ވަނީ ފާހަގަކޮށްފައެވެ.
އަދި ކުންފުނީގެ އޮޓް ބިޑް ކޮމިޓީ ބަދަލުކޮށް، ބެސްޓް ޕްރެކްޓިސްއާ ހިލާފަށް ގާތް މީހުން އެ ކޮމިޓީއަށްލައި ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާލައިފައި ބޭއްވުމާއި ކުންފުނީގެ ވަސީލަތަކަށް އެކްސެސް ވެވުން ޕީސީބީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ރަސްމީ ބޭނުމެއްގައި ނޫން ގޮތަށް ސީއީއޯގެ އާއިލީ ފަރާތްތައް އޮފީހަށް ގެނައުމާއި ކުންފުނީގެ މާލީ ހާލަތު ހުރި ގޮތަށް ނުބަލައި ސީއީއޯ ރާއްޖެއިން ބޭރު ދަތުރުތައް ކުރެއްވުމާއި ދަތުރު ކުރައްވާ އިރު ބިޒްނަސް ކްލާސް ބޭނުން ކުރެއްވުމާއި ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެ ކަމުގެ ބިރުދެއްކުމާއި އިންޓާނަލް އޮޑިޓްގެ މަސައްކަތްތައް މިނިވަން ކަމާއެކު ކުރިއަށް ގެންދިޔުމަށް ހުރަސް އެޅުއްވުން ހިމެނޭ ކަމަށް ޕީސީބީން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައްތައް ފާހަގަ ކޮށް ޕީސީބީގެ ފަރާތުން ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ޝަމާހުއަށް ފޮނުއްވި ސިޓީގައި ވަނީ އެކަންކަން ހިނގާކަމުގައި ވާނަމަ ވަގުތުން ހުއްޓާލަން އަންގާފައެވެ.
![]()

4 Responses
thibunaa odit dipaatmentu uvaalanveemaazeevedhiyathanugaa kurihaavahkan foruvaafa mihaaru ge ceo ekanbalaanultheythee badunaamu kuranthothiyaulhuhvanee
Mihaarun mihaaran sariyai hingaavee
ސިޓީ ނިންމާލުން ވަރަށް ސަޅިއެވެ. “ އެކަންކަން ހިނގާކަމުގައި ވާނަމަ ވަގުތުން ހުއްޓާލަން އަންގާފައެވެ. “ ކަމުގެ ދޮގު ތެދު ބަލާފައި އެކަހަލަ ކަމެއް ހިނގާނަމަ ހުއްޓާލަން އަންގަން އެންމެރަނގަޅުކަމަށްބުނެ މިފްކޯއިންވެސް ޕީ ސީ ބީ އަށް ސިޓީއެއް ލިއުންރަނގަޅުވާނެއެވެ. ދެންވެސް ހިތަށް އަރަނީ އެހެން ކުންފުނިތަކުން ހިންގަމުންގެންދާ ނުރަނގަޅު ކަންތައް ފެންމަތިވެ ތަހްގީގު ކުރެވެމުންދާއިރުވެސް މީގެ ކުރިން ޕީ ސީ ބީ އިން އެކަހަލަ ކަންތައް ފާހަގަކޮށް އިންޒާރު ދެމުންގެންދާކަން އެނގިފައި ނެތީމައެވެ. އަނެއްކާ މިއީ ރަނގަޅު އާދައެއް ފެށުނީ ބާވައެވެ. މީގެފަހުން ސަރުކާރުގެ ކުންފުނިތަކުން ހިންގާ ނާޖާއިޒު ކަންތައްތައް ޕީ ސީ ބީ ގެ އިންޒާރަކުން ފުއްދާލާނީ ބާވައޭ ވެސް ހިތަށް އަރައެވެ.
ދައުލަތުގެ ކުންފުނިތަކަކީ ސަރުކާރުގެ ކަރަޕްޓް ވެރީން އެމީހުންގެ ސިޔާސީ ޙަޔާތް ދަމަހަށްޓަން ބޭނުންކުރާ ތަންތަންކަން އެގިތިބެމެ އަދި ވަށްކަން މެކުހައް ޖަހައިފާވާކަން އެނގި ތިިިިބެމެ ކީއްކުރާ އޮޑިޓް އޮފީހެއްތޯއެވެ. ޙަރާމޭ ރިޕޯޓް ޝާޢިރުކުރުން ފިޔަވާ ކުރާ އެއްވެސް ކަމެއް. އިންޒާރު ދީދީ ޕސބީ ހުރޭ. ރައީސްމީހާ ރުޅިގަދަވެ ޕސބީގެ ވެރީން އުފުރާލާނީ! އެއީ ދިވެހީންގެ ރާއްޖޭގެ ޙާލަތަކީ. ދެން ލަލަލަ!!