އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ ބޮޑުތަނުން ބޭއިންސާފުވެފައި: ބަންޑާރަަނައިބު

Loading

Facebook
Twitter
WhatsApp

ފާއިތުވެދިޔަ 65 އަހަރު ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކުގެ އިންސާފު ހޯއްދަވައި ދެއްވުމަށް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އުފައްދެވި އިންތިޤާލީ އިންސާފުގެ އޮފީހުން ވެފައިވަނީ ބޮޑުތަނުން ބޭއިންސާފު ކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހްގެ ސަރުކާރުން 2020 ވަނަ އަހަރު އުފެއްދެވި އިންތިޤާލީ އިންސާފުގެ އޮފީހަށް 489 މައްސަލަ ހުށަހެޅި ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. ކުރީ ސަރުކާރު ނިމުނުއިރު އޭގެތެރެއިން 453 މައްސަލަ ނިންމާފައި އޮތް ކަން އުޝާމް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އެ އޮފީހުން ބެލި ބެލުމުން މިދިޔަ އަހަރު ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ރައީސް އޮފީހުން ބެލިބެލުން މަދަނީ ބަދަލު ލިބެން ޖެހޭ ކަމަށް ނިންމާފައި އޮތް ޖުމްލަ 30 މައްސަލައެއް ހިމެނޭ ރިޕޯޓެއް ފޮނުވާފައިވާކަން އެނގިފައިވީ ނަމަވެސް ލިސްޓުގައި ހިމެނޭ މައްސަލަތަކުގެ ތެރެއިން ކޭސް ނަންބަރު ފިޔަވައި އިތުރު އެއްވެސް ލިޔެކިޔުމެއް އިންތިޤާލީ އޮފީހުން ބަންޑާރަ ނައިބުގެ އޮފީހަށް ހިއްސާކޮށްފައިނުވާ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

އުޝާމް ވިދާޅުވީ މި މައްސަލަތަކީ ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެން ހުށަހަޅާފައިވާ ވަރަށް ސީރިއަސް މައްސަލަތަކެއް ކަމަށެވެ.

މީގެ އިތުރުން އެ އޮފީހުން އެކަށީގެންވާ ގޮތެއްގައި ޤާނޫނާ އެއްގޮތަށް މަސައްކަތްތައް ކޮށްފައި ނުވާ ކަމަށާއި ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އެތައް ބައިވަރު ބަޔަކު އެޓާނީ ޖެނެރަލްގެ އޮފީހަށް އައިސް އެ ޝަކުވާ އެބަ ކުރާ ކަމަށެވެ.

Loading

5 Responses

  1. އިންސާފުވެރި ވާންވީ ސަބަބެއް ނެތެވެ. އެހެނީ ކިތަންމެވަރަކަށް ބޭއިންސާފު ވިޔަސް ޚިޔާނާތްތެރިވިޔަސް ވައްކަން ކުރިޔަސް ޑްރަގް ޑީލް ކުރިޔަސް ވެރިމީހާވޯޓް ހޯދަންވީމާ މީގެން އެއްވެސް ކަމަކަށް އަޅާލުމެއްނެތޭނެއެވެ. ދެން ވެރިކަން ލިބުނީމާ ގާތުވައި ތިބޭ އެންމެން ބޭއިންސާފު ވާނީއެވެ. ރައީސް މީހާ އަޅައެއް ނުލާނެއެވެ. ތި ބޭއިންސާފު ވީމީހުން މިހާރު އެތިބީ މިސަރުކާރުންވެސް ވަޒީފާ ދީ ތަންތަނަށް ލާފަނޫންތޯއެވެ؟ އިންތިގާލީ އުފެއްދި ސަބަބު އެމްޑީޕީ އަށް ވަނީ ޙާސިލުވެފައެވެ. އެމީހުން ބަދަލު ނަގައިދޭން ބޭނުންވާ އެންމެނަށް އެވަނީ ބަދަލު ނަގައިދީ ހުޅުމާލެއިން ބިންވެސް ދީފަނޫންތޯއެވެ. އަދި ހުށަހެޅި ބައެއް މައްސަލުތަކުގައި ބަދަލުނަގައި ދެވޭން ނެތުމުން އެހުށަހެޅިމީހުން ކައިރީ ބުނެގެން ބަދަލު ހޯދައިދެވޭގޮތަށް މައްސަލަ ބަދަލުވެސް ކޮށްދީފައިވޭނޫންތޯއެވެ؟ ކޮބާތޯ ގައުމުގައި ކޮށްފައިވާ ބޮޑެތި ވައްކަން. ހުރިހާ ސަރުކާރަކުން ކުރި ވަައްކަންތައް އެއްކޮށްލާ އޮޑިޓްއޮފީހުގެ ރިޕޯޓްތަކަށް ބަލާފިނަމަ ރައްޔަތުމީހާ މޮޔަވާނެއެވެ. ގައުމުގެ 4.5 ލައްކަ މީހުނަށް ހިލޭ ގޯތިގެދޮރު ލިބިދީފާ އިތުރުވާވަރަށް އެވަނީ ވައްކަން ކޮށްފައެވެ. އެފްޕީއައިޑީ. މިފްކޯ. ފެނެކާ. ވެންޓިލޭޓަރު، އެމްއެމްޕީއަރސީ ދެން މިހެންގޮސް ކިޔާބަލާށެވެ. އެއް ސަރުކާރެއްގެ ވައްކަން އަނެއް ސަރުކާރަކުން ނުބަލާނެއެވެ. ވެރިކަމަށް ލޮލުމެއް އަރާފާނެކަމަށް ފެންނަ ”ބަސްނާހާ މީހަކު“ ހިފާ ހައްޔަރުކުރާނެއެވެ. މިހާރު ޔާމީނު އެވަނީ ބަސްނާހާ މީހުންގެ ލިސްޓުގައެވެ. މިވާ ގައުމެއް؟!

  2. ބަދަލު ދިނުމާއި ބަދަލު ނަގާދިނުމުގެ ފަރަގު މީގައި އެބައުޅޭހެން ހީވަނީ.
    އިބްރާހީމް ލަތީފުގެ ދިރާސާގައި ވިދާޅުވެފައިވާގޮތަށް “ އަދި ހުށަހެޅި ބައެއް މައްސަލުތަކުގައި ބަދަލުނަގައި ދެވޭން ނެތުމުން އެހުށަހެޅިމީހުން ކައިރީ ބުނެގެން ބަދަލު ހޯދައިދެވޭގޮތަށް މައްސަލަ ބަދަލުވެސް ކޮށްދީފައިވޭނޫންތޯއެވެ؟“
    އަޅުގަނޑަށްވެސް ފާހަގަކުރެވުނު ތަފާތަކީ އެއީ. “ ބަދަލު ނަގައި ދެވެން ނެތުމުން ބަދަލު ލިބޭގޮތަށް ބަދަލު ކުރުން ”.
    ބަދަލު ހޯދުމުގެ މައްސަލާގައި މަގު ބަންދުވެފައިވާ ފަރާތްތަކަށް ބަދަލު ލިބުމަކީ އަޅުގަނޑުވެސް އެދޭގޮތް.

Leave a Reply to Ibbe Cancel reply

ފަހުގެ އަޕްޑޭޓް