ރައީސްގެ 4 ވަނަ ދަތުރުފުޅު މާޅޮސްމަޑުލަށް

Loading

Facebook
Twitter
WhatsApp

މާޅޮސްމަޑުލު އުތުރުބުރިއާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސްގެ ތިން ދުވަހުގެ މި ދަތުރުފުޅުގައި ރ.އަތޮޅާއި ބ.އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރެެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމެވެ.

މިއީ ވެރިކަން ލިބިވަޑައިގަތް ފަހުން އަތޮޅުތެރެއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ.

ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތ.އަތޮޅަށެވެ. ދެވަނަ ދަތުރުފުޅު ކުރެއްވީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ގއ.އަތޮޅާއި ގދ. އަތޮޅަށެވެ. ތިންވަނަ ދަތުރުފުޅު ކުރެއްވީ ހއ.އަތޮޅާއި ހދ.އަތޮޅާއި. ށ.އަތޮޅާއި ނ.އަތޮޅަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް