ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ލިބިފައިވާ އެންމެންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

Loading

Facebook
Twitter
WhatsApp

ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލޭގެ ފޭސް 3 އިން ގޯތި ލިބިފައިވާ އެންމެންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތުން ރައީސް އޮފީހުން ފަށާފައިވާ ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސިލްސިލާގެ ދަށުން ހ.މެލްބާން އިބްރާހީމް ސަމާހު މިއަދު ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު ސުވާލުކޮށްފައެވެ.

ރައީސް ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅުން ވެސް ގޯތި ލިބުނު އެންމެންގެ ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުމުގެ ކަންތައްތައް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ނުހިއްކާ އޮތް ސަރަހައްދުތަކުން ދޫކޮށްފައިވާ ގޯތިތަކަށް ގާނޫނީ ގޮތުން ރަޖިސްޓްރީ ހަދައިދެވެނީ ބިން ހިއްކީމަ ކަމަށެވެ.

“އެހެންނަމަވެސް ވަގުތީ ރަޖިސްޓްރީ ދިންކަން ކަށަވަރުވާވަރުގެ ލިޔުމެއް ދޫކުރުމުގެ މަސައްކަތް ވެސް އެބަ ކުރިއަށްދޭ“

ރައީސް ވަނީ ހުޅުމާލޭގެ ފޭސް 3 އިން ގޯތި ލިބިފައިވާ އެންމެންނަށް އެއްވެސް މީހަކު ބާކީނުކޮށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް