އިމާމުން ތަމްރީނު ކުރުމަށް ތައިލެންޑަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޝަހީމް ވިދާޅުވީ އިމާމުންނަކީ އިލްމީގޮތުން ފުންނާބުއުސް މައުލޫމާތު ހުރި، އިލްމުވެރިން މެދުވެރިކޮށް އުނގަންނައިދެވިފައިވާ ވަރުގަދަ ޝަހުޝިއްޔަތުތަކަކަށް ހަދަން ބޭނުންވާ ކަމަށެވެ.
އެގޮތުން ތައިލެންޑަށް ފޮނުވައިގެން އިމާމުން ތަމްރީނު ކުރުމަށް އެ ޤައުމުގެ ސަފީރާއެކު މަޝްވަރާކޮށް އެކަން ހަމަޖެހިފައިވާ ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.
އިމާމުން ތަމްރީނު ކުރުމަށް އިމާމުންނަށް އިތުރު ތަމްރީނުތައް ދިނުމަކީ އިސްލާމިކް މިނިސްޓްރީން ވަރަށް ބޭނުންވާ ކަމެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އިމާމުން ތަމްރީނު ކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމުތަކުގެ މައިގަނޑު ބޭނުމަކީ މިހާރު މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި ބައެއްގެ ގޮތުގައި ހިމެނުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ އެކްޝަން ޕްލޭންގައި އިމާމުން ތާޒާކުރުމަށް ހިމަނާފައިވާ ތަމްރީނު ޕްރޮގްރާމް ތަކުގެ ތެރޭގައި އަގީދާއާއި އަހުލާގު، ތަޖުވީދުގެ ފަލްސަފާޔާއި ތަގުވީދީބައި، އިމާމުންގެ އަހުލާގު ބިނާކުރުން، އަޅުކަމުގެ ފިގުހު، ހަދީސާއި އިސްލާމީ ސަގާފަތް، ނަމާދާ ބެހޭ ފިގުހީ ބައިތަކާއި އޭގެ މަހުދަލުތައް ކިޔަވައިދިނުމުގެ އިތުރުން ގުރުއާނާ ބެހޭ އިލްމު ހިމެނެއެވެ.
One Response
އެންމެ ރަނގަޅަށް ތަމްރީނު ދެވޭނީ ތެދެއް ހަމަ ބެންކޮކުން…. މަމިހިރީ ހަމަ ސޮނިވެއްޓި ސޯޓުވެސް ޥެއްޓިފަ…. ތިޔައީ ހަމަ ޜެކޯޑެއް…