މޭޔަރު އިންތިޚާބު ކުރުމަށް ވޯޓުލުން ފަށައިފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި މާފަންނު ދެކުނު ދާއިރާ,
ހެންވޭރު ދެކުނު ދާއިރާ, މެދުހެންވޭރު ދާއިރާ އަދި މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ.

މި އިންތިޚާބުގައި މޭޔަރު ކަމަށް ވާދަކުރައްވަނީ ޝުޢައިބު ޢަލީ (އަމިއްލަގޮތުން) އާއި ޙުސައިން ވަޙީދު (އަމިއްލަގޮތުން) އާއި ޢާއިޝަތު ޢާޒިމާ ޝަކޫރު (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް) އާއި އާދަމް އާޒިމް (ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ) އާއި މުޙައްމަދު ސައިފް ފާތިޙް (ދަ ޑިމޮކްރެޓްސް) އެވެ.

މޭޔަރު އިންތިޚާބުގައި ޖުމްލަ 54,680 މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވަނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ހައްގު އަދާކުރަން އިލްތިމާސް ކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް