ފްލެޓްތަކުގެ ފިނިޝިންއަށް ފައިސާ ދޭން ނިންމި ގޮތް ބަލަން ވަޒީރާ ސުވާލު ކުރައްވަނީ

Loading

Facebook
Twitter
WhatsApp

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ފައިސާ ދޭން ރާވާފައިވާ ގޮތާމެދު ހައުސިންގ މިނިސްޓަރު ޑރ.ޢަލީ ހައިދަރާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ހުށަހަޅުއްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހިނގި ޚަރަދުގެ ގޮތުގައި އެޕާޓްމަންޓްތަކުގެ ވެރިންނަށް 200،000 ރުފިޔާ ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

މެންބަރު ޢަލީ ނިޔާޒު ހުށަހަޅުއްވާފައިވަނީ އެކަން ކުރަން ރާވާފައިވާ ގޮތަކީ ކޮބައިތޯއާއި ފައިސާ ދޭން ކަނޑައަޅާފައިވާ މުއްދަތަކީ ކޮބައިތޯ ސާފުކުރެއްވުމަށެވެ. ޢަލީ ނިޔާޒު ވިދާޅުވީ “މި ފަހަރު ބަޖެޓަކު ހަމަ ޔަގީނުން ވެސް [އެކަމެއް] ނެތް“ ކަމަށެވެ.

އެ ފައިސާ ނުދޭން ނިންމި ކަމަށް ބުނަމުންދާތީ އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު އިއްޔެ ވަނީ ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ފުލެޓުތަކުގެ ވެރިންނަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް