ޕީސީބީއަށް 3 މެންބަރުން އައްޔަން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައީސް ޑރ.މުޙައްމަދު މުޢިއްޒު, ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ތިން މެންބަރުން މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަކޮށްފައެވެ.

އެއީ:

އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤް.

ބޭންކިންގ ގެ ދާއިރާއިން: ވ. ބްލޫއޯޝަން ލީނާ ޢަބްދުލްޖަލީލް.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: ށ.ކޮމަންޑޫ ރަންކޮކާގޭ އަލްއުސްތާޒު މޫސާ ފަތުޙީ އާދަމް.

ރައީސް އައްޔަން ކުރައްވާ ހަތް މެންބަރުން އެކުލެވޭ މި ބޯޑަށް އައްޔަން ކުރައްވާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް