ބޮލުގައި ލާ ޑްރައި ޝޭމްޕޫގައި ކެންސަރު ޖައްސާ މާއްދާއެއް އެކުލެވޭ!

Loading

Facebook
Twitter
WhatsApp

އާންމުކޮށް ބޭނުންކޮށް އުޅޭ ޑްރައި ޝޭމްޕޫތަކުގައި ކެންސަރު ޖައްސުވާ މާއްދާއެއް ކަމުގައިވާ ބެންޒީން ގިނަ އަދަދަކަށް އެކުލެވޭކަމަށް އަމިއްލަ ލެބޯޓްރީއެއްގައި މިދިޔަ އަހަރުގެ ތެރޭގައި ހެދި ތަހުލީލިތަކަކުން ދައްކައިފިއެވެ. 

މި ތަހުލީލުތައް ހަދާފައިވަނީ ދުނިޔޭގެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ކޮސްމެޓިކް ބްރޭންޑަކުން އެ ކުންފުނީގެ ޑްރައި ޝޭމްޕޫތަކެއް ބާޒާރުން އަނބުރައި ނެގިތާ ހަފުތާއެއް ފަހުންނެވެ. އެ ކުންފުނިން މި ޑްރައި ޝޭމްޕޫ ފުޅިތައް ބާޒާރުން ނަގާފައިވަނީ ”ބެންޒީން ކޮންޓެމިނޭޝަން“ ގެ ސަބަބުން ތަޣައްޔަރުވެފައިވާތީއެވެ. 

މިގޮތުން، ބެންޒީން އެކުލެވޭ ޑްރައި ޝޭމްޕޫއެއް ބާޒާރުގައި ވިއްކުމާ ގުޅިގެން މަޝްހޫރު ”ބަޓީސްޓް“ ބްރޭންޑާއި ދެކޮޅަށް ވިޔަފާރިކުރި ފަރާތަކުން ޤާނޫނީ ފިޔަވަޅު އެޅުމާއެކު ބަދަލުގެ ގޮތުގައި ފައިސާގެ ބޮޑު އަދަދެއް ދޭން ޖެހިފައެވެ. 

ޔުނިލީވަރ އިން ބާޒާރަށް ނެރުނު ބައެއް މުދާ އަނބުރާ ނެގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ވެލިޝުއާ ނަމަކަށް ކިޔާ އަމިއްލަ ތަހުލީލީ މަރުކަޒަކުން 34 ބްރޭންޑެއްގެ 148 ޕްރޮޑަކްޓް ވަނީ ތަހުލީލުކޮށްފައެވެ. މީގެތެރޭގައި ލޯރިއެލް އާއި ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާ ބައެއް ޕްރޮޑަކްޓްތައް ހިމެނެއެވެ. 

ބެންޒީނަކީ ސާފުތެލާއި، ގޭސޮލީނާއި، ސިނގެރޭޓު ދުމުގައި ގުދުރަތީގޮތުން އެކުލެވޭ ވިހަ މާއްދާއެކެވެ. އަދި އެއީ ޕްލާސްޓިކާއި، ސިންތެޓިކް ފައިބަރާއި، ރަބަރާއި، އެއްޗެހި ދޮންނަ ޑިޓާޖެންޓާއި، ޑައިތައް ފަދަ ތަކެތި ތައްޔާރުކުރުމަށް ވެސް ބޭނުންކުރާ މާއްދާއެކެވެ. 

މި ތަކެތި އުފައްދާ، ވިއްކާ ގިނަ ފަރާތްތަކަށް އެފަރާތްތަކުން އުފައްދާ ތަކެތީގެ ސަބަބުން އެތަކެތި ގަންނަ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތަކެއް ނޭނގެއެވެ. މިކަމާއި ގުޅޭ މައުލާމާތު ނޭނގޭއިރު، ސިއްހީ ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތް ވެސް ނުކުރެވޭކަމީ ކަންބޮޑުވާކަމެކެވެ. އެހެންނަމަވެސް، ބޮޑެތި ބްރޭންޑުތަކުން އެތައް މިލިއަން ޑޮލަރުގެ ބޮޑެތި މާކެޓިން ބަޖެޓުތައް ކަނޑައަޅައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މީހުންނާއި ހަމައަށް ފޯރުވުމުގެ މަޤްޞަދުގައި ޓީވީއާއި ސޯޝަލް މީޑިއާގައި އިސްތިހާރުކޮށް ހަދައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް