ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމައިގެ ތެރެއަށް ޔަމަނުން ވަދެއްޖެއެވެ. އީރާނުގެ މަދަދު ލިބެމުންދާ ޔަމަނުގެ ހޫތީން ޖަމާޢަތް ނިސްބަތް ކުރެވޭ އެކްސިސް އޮފް ރެޒިސްޓެންސުގެ ތަރުޖަމާނު ޔަހްޔާ ސާރީ ޓެލިވިޒަން މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަލަސްތީނަށް ކާމިޔާބު ހޯދާދިނުމަށްޓަކައި ހޫތީން އިސްރާއީލުގެ އަމާޒުތަކަށް ޙަމަލާދޭނެކަމަށެވެ.
މިހާތަނަށް ދީފައިވާ ބެލިސްޓިކް މިސައިލް ޙަމަލާއަށް ވުރެން އަދި މާގިނަ ޙަމަލާއާއި އިސްރާއީލުން ކުރިމަތިލާން ޖެހޭނޭކަމަށެވެ. ހޫތީންގެ މި ބަޔާނުން ސަޢޫދީ އެރޭބިޔާވެސް މޭކަރުވާލައިފި ކަމަށް ބުނެއެވެ.
ޔަމަނު ހަނގުރާމައިގާވެސް ހޫތީން ވަނީ ސަޢޫދީ އެރޭބިޔާގެ ތެޔޮ އުފައްދާ ކާރުޚާނާތަކަށް މިސައިލް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.މިސަބަބަށްޓަކައި ހޫތީން ފަލަސްތީނުގެ ހަމާސް އާއި އިސްރާއީލުގެ ހަނގުރާމައިގެ ތެރެއަށް ވަނުމަކީ ސަޢޫދީ އެރޭބިޔާއަށްވެސް ހަމަނިދި ގެއްލޭނެ ކަމެކެވެ.
އެކްސިސް އޮފް ރެޒިސްޓެންސް ޖަމާއަތުން އެއްވެސް މީހެއްގެ އިޒުނަ ހޯދާކަށް މަޑެއް ނުކުރާނެއެވެ. މެދުއިރުމަތީގެ ޙާލަތު މާބޮޑަށް ގޯސްވެއްޖެ ނަމަ އެކަކުވެސް ސަލާމަތް ވާނެކަމަށް ބަލައިގެން ނުވާނެއެވެ.
އެމެރިކާގެ ފުރިހަމަ ތާއީދު ލިބިފާއޮތަސް ޒަޔަނިސްޓުން ނަކަށް ހަމަނިދި ލިބުނަކަ ނުދޭނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ގަތަރުގެ އަމީރާއެކު ބޭއްވެވި ބައްދަލު ވުމުގައި ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްލަޙަތު ނަގާލަނީ އިސްރާއީލުން ކަމަށާއި އިސްރާއީލުގެ އުދުވާން ދެމިއޮތްހާ ހިނދަކު ހޫތީންމެ ޙަމަލާތަކަށް އިސްރާއީލުން ތިބެންޖެހޭނީ ދަންފަޅި ބަހައިގެން ފޯރިމަރަން ކަމުގައި ހޫތީން ތަރުޖަމާނު ޔަޙްޔާ ސަރީ ވިދާޅުވިއެވެ.
އަހަރެމެންގެ މިސައިލް ޙަމަލާތައް އިސްރާއީލަށް އަންނާނީ ކޮންދިމާލަކުންކަންވެސް އެމީހުންގެ އެއަރ ޑިފެންސަކަށް ނުހޯދޭނެއެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ހޫތީންގެ ހަމަލާތައް އިޒްރޭލައް ދިއުމުގެ ކުރިން ނެތިކޮށްލުމަށް އެމެރިކާގެ އެހީތެރިކަން ހޯދުމަށް ސަޢޫދީންވަނީ އެދިފައެވެ. އަދި އެ އެދުމުގެ މަތީން އެކަމަށް ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށްދޭނެކަމަށް އެމެރިކާއިން ބުނެފިއެވެ.
އެފޯރުކޮށްދޭ ހުރިހާ ހަތިޔާރެއްގެ އަގު ސަޢޫދީ ތެލުން އެމެރިކާއަށް ދައްކަން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. ހޫތީން ބުނާގޮތުގައި އިސްރާއީލްއަށް ގެއްލުމެއް ލިބުމަކީ އެމެރިކާގެ އެކުވެރިޔާ ސަޢޫދީ ރަސްކަމުގެ ވެރީންނަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ.