ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި

Loading

Facebook
Twitter
WhatsApp

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. 

ވޯޓުލުން ފެށީ މިއަދު ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އާ ހަމައަށެވެ. ވޯޓުލުން ބަންދުކުރާނީ އެ ގަޑީގައި ކިއުގައި މީހަކު ނެތް ނަމައެވެ. 

މިއަދުގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު ވޯޓުލުމަށްޓަކައި ހެނދުނު 07:00 ނުޖަހަނީސް ވަނީ ކިއު ހަދަން ފަށާފައެވެ.

މި ފަހަރުގެ އިންތިޚާބުގައި 08 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

އެ ކެންޑިޑޭޓުންނަކީ:

ކެންޑިޑޭޓް ނަންބަރު 01: އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު

ކެންޑިޑޭޓް ނަންބަރު 02: އަމިއްލަ ގޮތުން ވާދަކުރައްވާ ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒަމީލް

ކެންޑިޑޭޓް ނަންބަރު 03: އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް (އެމްޑީޕީ)

ކެންޑިޑޭޓް ނަންބަރު 04: ޕީއެންސީގެ ފަރާތުން ވާދަކުރައްވާ

މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު

ކެންޑިޑޭޓް ނަންބަރު 05: ޖޭޕީގެ ފަރާތުން ވާދަކުރައްވާ

މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް

ކެންޑިޑޭޓް ނަންބަރު 06: އަމިއްލަ ގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން

ކެންޑިޑޭޓް ނަންބަރު 07: ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

ކެންޑިޑޭޓް ނަންބަރު 08: އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282395 މީހުންނަށެވެ. ވޯޓުލުމަށް ރާއްޖޭގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި ވަނީ 8 ފޮށި ބަހައްޓާފައެވެ.

އެއްވެސް ކެންޑިޑޭޓަކަށް ސައްހަ ވޯޓުގެ %50 އަށްވުރެ ގިނައިން ނުލިބިއްޖެނަމަ ދެވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރެއްގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ދެ ކެންޑިޑޭޓުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް