މައްކާއިން އައި މެސެޖު: ''ދީނީ އަދި ގައުމީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ ޑރ.މުޢިއްޒަށް''

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ގައުމީ މަސްލަހަތާއި ދީނީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ކަމަށް އައްޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މައްކާގައި ހުންނެވި ޝައިޚް ޝަފީޢު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޝައިޚް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާމެދު ނަޒަރު ހިންގަވައި ވިސްނައިލެއްވިއިރު, ޑރ.މުޢިއްޒަށްވުރެ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި ހިންގުމުގެ ގޮތުންނާއި އަޚްލާގީ ގޮތުންނާއި ފިކުރީީ ގޮތުންނާއި ދީނީ އިލްމުވެރީންނާ އޮންނަ ގުޅުމުގެ ގޮތުން ކައިރި ކުރާ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

އެހެންކަމުން ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ވަގުތަށް ރާއްޖޭގެ ދީނީ މަސްލަހަތާއި ގައުމީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ ޑރ.މުޢިއްޒަށް ކަމަށް ހިތުގެ އަޑީން ގަބޫލުކުރެވެއެވެ.“ އިލްމު އުނގެނިވަޑައިގަތުމަށްޓަކައި މައްކާގައި ހުންނެވި ޝައިޚްގެ ޓުުވީޓުގައި ލިޔުއްވާފައިވެއެވެ.

މި ކަންކަން ފާހަގަކުރައްވައި ޝައިޚް ޝަފީޢު ވަނީ ޑރ.މުޢިއްޒަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވައިފައެވެ.

އިލްމު ހާސިލުކުރެއްވުމަށް ޝައިޚް މައްކާގައި ހުންނަވާތާ މިހާރު 16 އަހަރުވެއްޖެއެވެ. އެގޮތުން ޝައިޚް ވަނީ އިސްލާމީ އަގީދާއިން މާސްޓާސް ހައްދަވައިފައެވެ.

Loading

3 Responses

  1. މައްކާގެ މާތް ބިމުން ޝޭއިކް ފޮނުއްވެވި ތިޔަ ހެޔޮ މެސެޖާއި ހެޔޮ ދުޢާ ބަލައިގެންފީމެވެ. ހަމަ އަސްލުވެސް މިހާރު ކުރިމަތި ލައިފާވާ މީހުންގެ ތެރެއިން ބެސްޓް ބެސްޓީ މޭޔަރ މުއިއްޒު އެވެ. އަޚުލާގު އަދި ޚުލްގު ރަނގަޅު ބޭފުޅެކެވެ. މާލޭގެ 70 ވޯޓް މުއިއްޒުއަށް ލިބިވަޑައިގަންނަވާނެއެވެ. މޭޔަރ އަކަށް ހޮވިއިރަށްވުރެ މިހާރު މޭޔަރުގެ ސަޕޯޓް ބޭސް މާ ގަދައޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.
    މަރުޙަބާ މުޢިއްޒް!

  2. އިބޫ ރަގަޅަސް އިންޑިއާ ދެކެ ގަންނަ ބިރަކާހުރެ ނުކުރޭނެ ވޯޓް ދޭކަށް. މުއިއްޒު ފެނުނީމާ ދެން މިހާރު ހިތްހަމަޖެހިއްޖެ

  3. މުއިއްޒު އަކީ ދީނައް ލޯބިކުރާ ބޭފުޅެއް ކަމައް ދެކެން.
    އަޅުގަޱު ގެ ތާއީދު ޱރ.މުއިއްޒު އައް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް