އޭނާގެ ސިޔާސީ ފިކުރަށް ކުރިއެރުން ލިބެމުންދާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް 500 އަށް ވުރެ ގިނަ އާ މެންބަރުން ގުޅުމުން ހުރިހާ މެންބަރުންނަށްގެ ޝުކުރުއަދާ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
“މާލެއާއި އަތޮޅުތަކުން އެކިފަންތީގެ އެކި ފަންނުތަކުގެ އެތަކެއް މެންބަރުން މި ޕާޓީއާއި ގުޅިވަޑައިގަތުން ދޭހަކޮށް ދެނީ މި ޕާޓީއާއި އަޅުގަނޑުގެ ސިޔާަސީ ފިކުރަށް ލިބެމުންދާ ކުރިއެރުން.“ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.
މި ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޗާންދަނީ އިސްމާޢިލް ސުޖާއާއި އިބްރާހީމް ސުޖާ ވެސް ހިމެނިވަޑައިގަންނަވައެވެ.
ޤާސިމް ވިދާޅުވީ އެ ދެބޭފުޅުންނަކީ ސިޔާސީ ގޮތުން ނުހަނު ފުންނާބު އުސް, ނުހަނު ތަޖުރިބާ ލިބިފައިވާ ދެ ބޭފުޅުން ކަމަށާއި އޭނާގެ ސިޔާސީ މަސައްކަތުގައި ވޭތުވިތަނުގައިވެސް ނުހަނު ބޮޑެތި އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ދެ ބޭފުޅުން ކަމަށެވެ. ރިޔާސީ ކެންޕޭނުގައި ހަރަކާތްތެރިވެ އޭނާއަށް އެހީވުމަށްޓަކައި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން އޭނާގެ ސީނިއާ އެޑްވައިޒަރުކަން ގަބޫލު ކުރެއްވިކަން ފާހަގަކުރައްވައިި ޤާސިމް ވަނީ އެ ދެ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވައިފިއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބާއި މަޖލީހުގެ ކުރީގެ ނާއިބު ރައީސް އަޙްމަދު ނާޒިމާއި ދެބޭފުޅުން އެ ޕާޓީއާއި ގުޅިވަޑައިގެން އޭނާގެ ސިޔާސީ މަސައްކަތާ ރަސްމީކޮށް ގުޅިވަޑައިގެންނެވީތީ ނުހަނު އުފާކުރައްވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
One Response
kuriaraa kan ingeyni furathama amihla muvahzafunnah thi ulheni hama musaaraves mahuge 20 dhaairu nudhevegen. Munjey kaley thikiyani