ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެެރެން ނިންމި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Loading

Facebook
Twitter
WhatsApp

އިދިކޮޅު ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެެރެން ނިންމި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރުތަކަކީ ތެދު ޚަބަރުތަކެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެނޑިޑޭޓަކު ނެރުމަށްޓަކައި ލީޑާޝިޕަށް ފެންނަ ނަންތަކެއް ފޮނުވުމަށް ޔާމީން ވަނީ އަންގަވާފައެވެ.

އެގޮތުން ލީޑާޝިޕްގެ ބޭފުޅުން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ނިންމީ ޕީއެންސީގެ ކެނޑިޑޭޓާއި ރަނިންމޭޓަކަށް ޔާމީން ޚިޔާރުކުރައްވާ ލީޑާޝިޕްގެ ބޭފުޅަކު ހަމަޖެއްސެވުމަށް އެމަނިކުފާނަށް ލަފާއެރުވުމަށެވެ.

“ޕީޕީއެމް ޕީއެންސީ ލީޑާޝިޕްގަ ޕީއެންސީން ކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާ ކުރެވުނު ނަމަވެސް ކެނޑިޑޭޓަކާމެދު ގޮތް ނިމިފައެއް ނުވޭ. އަދި ކެނޑިޑޭޓަކާމެދު ގޮތް ނިންމުމުގެ އިޚުތިޔާރު ކޯލިޝަންގެ ލީޑަރަށް ދިނުމަށް ވަނީ ނިންމާފައި. ޕީޕީއެމް ޕީއެންސީ ލީޑަރަކީ ރައީސް ޔާމީން.“ އިދިކޮޅު ކޯލިޝަނުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައިިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެ ދެ ޕާޓީގެ ނިންމުންތައް ނިންމުމުގައި ލީޑާޝިޕުން ރައީސް ޔާމީންގެ ލަފަޔާއި މަޝްވަރާ ހޯދާނެ ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް