ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ނިންމައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މުޙައްމަދު ނަޝީދު ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ލީޑަރު ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ މި ގޮތަށް ފާސްކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ 110 ވަނަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސް އަމަލުކުރައްވަމުން ގެންދަވާ ގޮތުން މެންބަރުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި ވަކިން ޚާއްސަކޮށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތަކުރާރުކޮށް އެކަން ފާހަގަކުރައްވަމުން ގެންދެވި ކަމަށެވެ.

“މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ ވާހަކަ މަޖިލީހުގެ ފްލޯގައާއި އެހެނިހެން ތަންތަނުގަ ފާހަގަކުރެވެމުންދޭ.“

އެހެންވެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Loading

One Response

  1. ތިއީ އިބޫ އާއި އަންނިގެ ޕާސަނަލަލް ފައިޓެކެވެ. ގައުމަށްޓަކާ ދީނަށްޓަކާ ރައްޔަތުންނަށްޓަކާ ބެހޭކަމެއްނޫނެވެ. ވެރިކަމާހެދި ދެމީހުންވެސް ބޯ ގޮވީއެވެ. ދެން ދެފަރާތުގައިވެސް ތިބޭނެ މަންފާލިބޭމީހުން. އެމީހުން ދެފަރާތަށްވެސް މަރުދޭނެއެވެ. ވިސްނާތިބޭށެވެ. ޑިމޮކްރެސީއަކާއި ގާނޫނަކާ މި ދެމީހުންގެ ދެފަރާތުގެ ކޯލިޝަން ތޮޅުމަކާއި ގުޅުމެއް ނެތެވެ. ވިސްނާ ފިކުރުކުރާށެވެ!

Leave a Reply to މަންސޫރު އަހުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް