ޝައިޚް މުޙައްމަދު އިބްރާހީމް 50/50 ގެ އޮޕަރޭޝަނަކަށް: ބޭނުންވަނީ ހެޔޮ ދުޢާ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) ގެ ހާލުކޮޅު ގޯސްވެ, ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެއެވެ.

ޝައިޚުގެ ހާލުކޮޅު ގޯސްވެގެން އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ ޅ.އަތޮޅު ހޮސްޕިޓަލުންނެވެ. އެއަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އެއީ ޝައިޚުގެ ސިކުނޑީގައި ޓިއުމަރެއް ހުރިކަން އެނގި, އެ ޓިއުމަރު ނެގުމަށް އޮޕަރޭޝަނެއް ކުރަންޖެހޭތީއެވެ. މި އޮޕަރޭޝަނަކީ 50/50 ގެ އޮޕަރޭޝަނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭޑީކޭގެ ނިއުރޯ ސާޖަން ޑރ.ޢަލީ ނިޔާފްގެ ޓީމުން މިހާރު އަންނަނީ ޝައިޚުގެ އޮޕަރޭޝަނަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ކުރަމުންދަނީ އޮޕަރޭޝަން ހެދުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުތަކުގެ މަސައްކަތެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޝައިޚު މިހާރު އޮންނެވީ އެ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓު (އެޗްޑީޔޫ) ގައެވެ.

ރާއްޖޭގައި ދީނީ ޢިލްމު ފެތުރެއްވުމުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޝައިޚު ނައިފަރީ ވަނީ ލޮލުގެ ފެނުން ދަށްވުމުގެ ސަބަބުން 2022 ގައި ލޮލުގެ ސާޖަރީއެއް ހެއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. ޝައިޚުގެ ބަލި ހާލުކޮޅު އެފަދައިން ހުރި ނަމަވެސް ދީނީ ޢިލްމު ފެތުރެއްވުމުގައި ދެގޮތެއްނުވެ މަސައްކަތް ކުރެއްވިއެވެ. ދަރުސް ދެއްވުމުގައެވެ. ފޮތްތައް ލިޔުއްވުމުގައެވެ. 

ޝައިޚު ލިޔުއްވި ފޮތްތަކުގެ ތެރޭގައި ކިތާބުއް ތައުހީދު, ތައުހީދުގެ ޚުލާސާ, ކިތާބުއް ޠަހާރާ, ކިތާބުއްޞަލާތި, ކިތާބުއްޞިޔާމް އަދި “ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“ މި ފޮތް ހިމެނެއެވެ. 

އާއިލާގެ އެދުމަކީ ޝައިޚަށް އަވަސް ޝިފާއެއް ދެއްވައި ފުރިހަމަ ސިއްޙަތެއް ދެއްވުން އެދި އެންމެ ބޭފުޅުން ވެސް ދުއާ ކުރެއްވުމެވެ. 

Loading

2 Responses

Leave a Reply to Korakali Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް