އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި އެއްބަނޑު އެއްބަފާ ދެބެންގެ މެދުގައި ހިނގި މާރާމާރީއެއްގައި ކޮއްކޮ ވަނީ އޭނާގެ ބޭބެގެ މެއަށް ކަތުރެއް ހަރާލައިފައެވެ.
މަރަދޫފޭދޫ/ބްލޫސްޓާރ ޙުސައިން މަވާޒް (25 އ) އޭނާގެ ބޭބެ އަޙްމަދު ޝުޢައިބު (27 އ) ގެ މެއަށް ކަތުރެއް ހަރައިލީ މަވާޒްގެ ފޯނު ޝުއައިބު ވިއްކައިލުމާ ގުޅިގެންނެވެ.
ޝުޢައިބުއަކީ ކުރިއްސުރެ މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ މީހެއްކަމަށާއި ކޮއްކޮގެ ފޯނު ވިއްކައިލީ މަސްތުވާތަކެތި ގަތުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
މެއަށް ކަތުރު ހަރައިލުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޝުއައިބު ވަނީ މަރުވެފައެވެ.
އެނގިފައިވާ ގޮތުން މިއަދުގެ ވަގުތެއްގައި މަވާޒް ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
2 Responses
ސުބުޙާނަﷲ. ކީއްތަ ގައުމަށް މި ވަމުންދަނީ. ޝޭޚް އިލްޔާސްމެން ޑރ. އިޔާޒް އާއި އިމްރާނުގެ ސަރުކާރުގައި ހުރިހާ ނުލަފާ ނުބައި ފާޚިޝް ޢަމަލުތައްގިނަވަނީ؟ މާބޮޑަށް ނުވިސްނިޔަށް ހެޔޮވެރިކަމެއް ދީނަށްޓަކާ ކުރާބަޔަކު އުޅޭތަނެއްގައި ދުވަހުން ދުވަހަށް ގޯސްވެގެން ނުދާނެނޫންތޯއެވެ. ނުލަފާ ޢަމަލުތަށް އެއް ޕަސެންޓްނަމަވެސް މަދުތާ ވާންޖެހޭނީ. ވީމާ މި އެނގުނީ ކޯއްޗެއް ހެއްޔެވެ. ދުނިޔޭގެ އަރާމާއި އުފަލަށްޓަކައި ދީން ބޭނުން ކުރީނޫންހެއްޔެވެ. ހަމަގައިމުވެސް ސަރުކާރުން އަދާލަތަށާއި އޭގެ ޝޭޚުންނަށް މާލި އެނހީ ހަބޭހަށް ދީފިއެވެ. އަދި އެ ކަރަޕްޝަންގެ ފައިސާގައި ރަނގަޅަށް ޖެހިވެސްމެއެވެ. ސަރުކާރާއި ޙަވާލުވިއުރގެ ބޭންކް ބެލެންސް އަދި އެސެޓްސް އާއ މިހާރުގެ ބެލެންސް އާއި އެސެޓްސް ބަލާލީމާ މިކަމުގެ ތެދުކަން ވަރަށް ރަނގަޅައް އެނގޭނެއެވެ. ދީން ވިއްކާލައިފިއެވެ. ވަރަށް ސަލާމް !
ދިވެހި ސަރުކާރުން މަތުވާ އެއްޗެހި އެތެރެ ކޮއް ވިއްކުން ގައުމުގާ ނުހުއްޓުވުނު އެހެންވީމަ ދެންވާނީ މިކަހަލަގޮތެއް ބޯ މީހުން ގަޑި ހަމަވީމަ ބޯންޖެހޭ ގޭތެރޭ ހުންނަ ހަރު މުދާ ދެރުފޔާއަށް ވިއްކާލައިގެންވެސް މަތުވާތަކެތި މިގައުމުގަ ނުހުއްޓެނީ ސަރުކާރު ތެރޭ ތިބި ބޮޑެތި ބަޔަކު އެތެރެ ކޮއްގެން ވިއްކާތީވެ އެމީހުން ހޯދާ ރައްޔިތުން ނިކުމެ އެމީހުން ދަންޖައްސަވީ ޕޮލިހުންނައް މިކަމެއް ހައްލެއް ނުކުރެވުނު ޕޮލިހުންގެ ތެރޭގަވެސް އެބައުޅޭ ޑީލަރުން އެހެންވީމަ ހައްލެއް ނުލިބެނީ