ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ”ދަ ޑިމޮކްރެޓްސް“ ޕާޓީ ރަޖިސްޓްރީ ކުރަން އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.
އެމްޑީޕީގައި އޮތް ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނީ މިދިޔަ މަހުގެ 21 ގައެވެ. ޕާޓީ އުފެއްދުމަށް އީސީން ހުއްދަ ދިނީ މިދިޔަ މަހުގެ 24 ގައެވެ.
ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކުރުމަށް ބޭނުންވާ 3000 މެންބަރުން ހަމަކުރަން ދަ ޑިމޮކްރެޓްސްއަށް މަސް ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް ހަފުތާއެއްގެ ތެރޭގައި 3560 މެންބަރުން ހަމަކޮށް އެ ޕާޓީން މިއަދު ވަނީ ރަޖިސްޓްރީ ކުރަން އީސީއަށް ހުށަހަޅާފައެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފްގެ ނަމުގައެވެ. ފޯމުތައް ހުށަހެޅުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޙަސަން ލަޠީފް ވިދާޅުވީ މިއަދު ހުށަހެޅި ފޯމުތައް ޕްރޮސެސްކޮށް ވީހާވެސް އަވަހަށް އެ ޕާޓީ ރަޖިސްޓްރީކޮށް ދިނުމަށް އީސީގައި އެދިވަޑައިގެންފައިވާނެ ކަމަށާއި އެ މަރުހަލާ ނިމުނުހައި އަވަހަކަށް ޕާޓީ އުފެއްދުމަށް ޖަލްސާ ބާއްވައި އަސާސީ ގަވާއިދާއި އެހެނިހެން ކަންކަން ފާސްކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
2 Responses
ހާދަ ބައިވަރެކޭ ދޯ؟ ތިޔައީ ބޮނޑު ނަގުލަށްދާނެ އަނެއް ޕާރޓީއެވެ. މިއަހަރު ނިމޭހިސާބަށް ކިރަޔަ ކިރިޔާ ތިންހާސް ހަމަ ނުވެގެން ދުވާނެއެވެ. ރިޔާސީ އިންތިޚާބާއި ހަމަޔަށް ނޫނީ މަޖްލިސް އިންތިޚާބުގައި ގޮނޑިގަޑެއް ނުލިބޭ ހިސާބުން މައުމޫނު ޕާރޓީ އަށް އެވީވަރުވެސް ނުވާނެއެވެ.
އެމްޑީޕީގެ މަސައްކަތަކާއި ނުލައި އެ ޕާރޓީގައި ތިބި ފީ ހޮވާލާ، ޕާރޓީ އިން ބޭރު ކޮށްދެއްވި ކަމައްޓަކައި ރައީސް ނަޝީދަށް ޝުކުރުވެރިވުން ހައްގެވެ. އޭގެ ތެރަެގައި ތިބި ރައްޔިތުން އެންމެ ނަފްރަތުކުރާ ހުރިހާ އެންމެން އަމިއްލައަށް ބޭރުވެ ޕާރޓީ ސާފުވީއެވެ.