ތުރުކީ އާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ

Loading

Facebook
Twitter
WhatsApp

މިދިޔަ ހުކުރުދުވަހު ތުރުކީގެ ސުޕްރީމް އިލެކްޝަން ބޯޑުން އިއުލާންކޮށްއާންމުކުރި ރަސްމީ ނަތީޖާގައި އެއްވެސް ސިޔާސީ ބޭފުޅަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ކާމިޔާބު ލިބިވަޑައި ނުގަންނަވާކަން ހާމަ ވެއްޖެއެވެ. 

އެ ނަތީޖާ އިން ހާމަވެގެންދިޔަ ގޮތުގައި ރައީސް އުރުދުޣާނަށް ލިބި ވަޑައިގަތީ %49.24 އެވެ އަދި ކިލިޖްދަރޯލޫއަށް ލިބިވަޑައިގަތީ 45.07% އެވެ. ސިނާންއޮގާނަށް %5.28 އެވެ.

އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެބޭފުޅުންނަށް ދެވަނަ ބުރަކަށް ވޯޓުލުން މިމަހުގެ 28 ވަނަދުވަހު އޮންނާނެކަން މިހާރު ވަނީ އިލެކްޝަން ބޯޑުން އަންގާފައެވެ. ރެފިއުޖީންނާ ދެކޮޅަށް ވަކާލާތުކުރައްވާ އެންޓި މައިގްރަންޓް ޕާރޓީން ތާއީދު ކުރެއްވި އަދި މިހާތަނަށް އިލްމު ފެތުރުއްވުމުގައި ދުވަސްތައް ހޭދަކުރައްވަމުން ގެންދެވި ސިނާންގެ ތާއީދުން ދެވަނަ ބުރު ކާމިޔާކުރުމަށްޓަކައި ވަރަށް ބޮޑު ބުރަދަނެއް ލިބޭނެކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ.                                                

ތުރުކީގެ މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ސިނާން ވިދާޅުވީ އެބޭފުޅާގެ ތާއީދު ލިބިވަޑައިގަންނަވާނީ ޕީކޭކޭ އާ ދޭތެރޭ މިހާރަށްވުރެންވެސް ހަރުކަށި އުސޫލެއް ގެންގުޅުއްވާނެ އަދި ގައުމުގައި މިހާރުތިބި ރެފިއުޖީން ނަށް ކަނޑައެޅޭ ޓައިމްލައިނަކާއި އެއްގޮތަށް އެބައިމީހުންގެ ގައުމަށް ފޮނުވާދޭނެ ލީޑަރަކަށެވެ. މިހާރުވެސް ތުރުކީގައި ސީރިޔާގެ ހަނގުރާމައިގާ ޙާލުޖެހިފައިވާ ރެފިއުޖީންގެހަތަރުވަރަކަށް މިލިއަން މީހުން ދިރިއުޅެމުން ގެންދެއެވެ.  

ޕީކޭކޭ އަކީ އިރުދެކުނު ތުރުކީގައި އެމީހުންގެ އަމިއްލަ ދައުލަތެއް ގާއިމުކުރަން މަސައްކަތްކުރަމުން އަންނަ ހަނގުރާމަވެރި ބައެކެވެ. ތުރުކީންނާއި އެމެރިކާ އަދި ޔޫރަޕިއަން ޔުނިއަނުންވެސް ދެކެނީ އެއީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައެވެ.                                                         

ބުރާސްފަތި ދުވަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންރެފިއުޖީންނާ ދޭތެރޭ ކުރިން ގެންގުޅުއްވި ހަރުހަށި ބަސްމަގު ތަންކޮޅެއް ލުއިކުރައްވައި އިދިކޮޅު ކެންޑިޑޭޓް ކިލިޖްދަރޯލޫ ވިދާޅުވީ އެބޭފުޅާ އިންތިޚާބުކޮށް ދެއްވައިފިނަމަ ރެފިއުޖީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލަ ދޭނެކަމަށެވެ. އެކަމަކު ޕީކޭކޭ އާ ބެހޭގޮތުން އެއްވެސް ވާހަކަފުޅެއް ދައްކަވަން ބޭނުންމެއް ނުވިއެވެ.                                     

ހުކުރުދުވަހު ސީއެންއެން އިންޓަރނޭޝަނަލްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އުރުދުޣާން ވިދާޅުވީ ސިނާންގެ ރުހުން ހޯއްދަވަން އެބޭފުޅާގެ ކޮންމެ ޝަރުތެއް ގަބޫލުފުޅު ކުރައްވަން ލެނބިވަޑައި ނުގަންނަވާނެ ކަމަށެވެ.


އެއީ އަހަރެން ގަބޫލުކުރާ ފަލްސަފާއެއްނޫނެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި ތަގްދީރުގައިވާ ގޮތެއްގެމަތިން ވެރިން އިޚްތިޔާރުކުރުމުގެ ބާރުލިބިފައިވަނީ ރައްޔިތުންނަށެވެ. ކިންގްމޭކަރުންނަކީ ރައްޔިތުންނެވެ.                  

ހުކުރުދުވަހު ވަރަށް ހައިރާންކުރަނިވި ބައްދަލުވުމެއް ރައީސް އުރުދުޣާންގެ އޮފީހުގައި ސިނާނާއިއެކު ބޭއްވުނުކަމަށް ޚަބަރުތައްބުނެއެވެ. އެހެންނަމަވެސް އެ ބައްދަލުވުމާބެހޭ އެއްވެސް މަޢުލޫމާތެއް މީޑިއާއި ޙިއްސާ ކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް