ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދު މުޙައްމަދާމެދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
މޮސްޓާ މިފަދަ ތުހުމަތުތަކެއް ކުރެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވައިލުމަށް ސަރުކާރަށް ގޮވާލައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް އިއްޔެ ބަހުސް ކުރައްވަމުންނެވެ.
މޮސްޓާ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަން ހުއްޓުވާނަމޭ ކިޔައި އައި ސަރުކާރަކުން ކަން ކުރަމުންދަނީ އެއާ ދިމާ އިދިކޮޅަށް ކަމަށެވެ. ފެނަކައިން ކުންފުނިތަކަށް 2.8 ބިލިއަން ރުފިޔާ ދަރާފައިވާއިރު އެ ކުންފުންޏަށް ވަންނަ ފައިސާއަށް ހަދާ ނުހަދާއެއް ނޭނގޭ ކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.
“ގދ.ވާދޫގައި މިއަދު ނެތޭ ފަނަރަ އަހަރުން މަތީގެ ގދ.ވާދޫ ކައުންސިލު ރައީސް ފިޔަވައި އެއްވެސް ބޭފުޅެއް ފެނަކައިން މުސާރަ ނުހިނގާ. ރަށެއްގެ އާބާދީ އެއްކޮށް ފެނަކަ. މިއީ ފެނަކަ ސަޢީދުގެ އަމިއްލަ ތަނެއްބާ؟ ފެނަކަ އެމްޑީއަކަށް ހުރި ސަޢީދުގެ އަމިއްލަ ކުންފުންޏެއް ބާވައޭ ފެނަކައަކީ؟ ފެނަކައިން އެ ރަށަށް ފެން ކޭހެއް ގެންދިޔަސް އެވެސް ގަންނަނީ ފެނަކައަށް. ފެނަކަ މެސް ރޫމެއް ހުރޭ. ފެނަކަ ލޯންޗެއް އޮވޭ. ފެނަކަ ރަށު ޕިކަޕެއް އޮވޭ. މި ހުރިހާ ކަމެއް؛ އަނެއްކާ ބައުންޑަރީ ނެތްތަނެއްގއި އެބަ ތިބޭ ސެކިއުރިޓީ ޕޯސްޓް ހަދާފައި ސެކިއުރިޓީ ބަހައްޓާފަ. ހަތަރު ސްޕަވައިޒަރުން އެބަ ތިބޭ ފަންސަވީސް ހާސް ރުފިޔާ މުސާރަދީފަ. އަދި ސްޕަވައިޒަރުންނަށް އެބަ ތިބޭ ދެ ސްޕަވައިޒަރުން.“
މޮސްޓާ ވިދާޅުވީ ވާދޫގައި ސައީދުގެ އަމިއްލަ ގެ “ހުދު ކުލައިގެ ަގަނޑުވަރެއް“ ފަދައިން ހަދާފައި ހުރިއިރު, ސްރީލަންކާަގައި އަނެއް ަގަނޑުވަރު ބިނާކުރަމުންދާ ކަމަށެވެ. އަދި ފެނަކައިގެ މުދަލުން ރިސޯޓެއް ބިނާކުރަމުންދާ ކަމަށް ވެސް މޮސްޓާ ތުހުމަތު ކުރެއްވިއެވެ.
“ދެން އަނެއްކާ މާދަމާ ފެނަކައިގެ ނަން ބަދަލު ކުރަންވެއްޖެ މޭފޫނާ އިންޖިނިއަރިން ކިޔާފަ. މިކަހަލަ ހާލަތެއްގައި މި އޮތީ.“
މި މޭރުމުން ދެއްކެވި ވާހަކައިގައި މޮސްޓާ އިތުރަށް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު ފެނަކައިގެ މުސާރައަށް ހިނގަނީ 23 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް “ކޮރަޕްޝަނެއް ނެތް ދެފުށް ފެންނަ“ ވެރިކަމެއް ކަމަށް ބުނާ މި ވެރިކަމުގައި 79 މިލިއަން ރުފިޔާ ހަމައެކަނި ފެނަކައިގެ މުސާރައަށް އެބަ ހޭދަވާ ކަމަށެވެ. ނަމަވެސް އަޑަށް ބާރުލާފައި ސަރުކާރުން ދައްކަނީ ޚަރަދު ކުޑަކުރާ ވާހަކަ ކަމަށާއި ފެންނަނީ ރައްޔިތުންގެ ފައިސާއިން ބޭނުން ގޮތަކަށް ބޭނުން ކަމެއް ކޮށް ނިންމައިލާ މަންޒަރުކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.
މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި މޮސްޓާ ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ވަޒީފާތައް ވެސް އެއެއްމިއެއް ބެލުމެއް ނެތި ގާތް މީހުންނަށް ބަހަމުންދާ ކަމަށާއި އަބަދުވެސް ފެންނަނީ ސިޔާސީ މަގާމުތައް އުފައްދާ ތަން ކަމަށެވެ.
މޮސްޓާގެ ވާހަކައިގައި ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮރަޕްޝަން ހިންގިކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ. އަދި އާރްޑީސީ ވެސް އޮތީ ހަަމަ އެފަދަ ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
“އެޗްޑީސީ އާބަންކޯއަށް ބަދަލުކުރީ ކިތައް ފްލެޓް ކާލާފައިތޯ؟ 34 ފްލެޓް ކާލާފައި ނަން ބަދަލު ކޮށްލާފައި، ޔުނިފޯމް ބަދަލުކޮށްލާފައި މިހެން ކަންކުރިޔަކަސް އަދި ގައުމަށް އެ ލިބޭ ގެއްލުމެއް ފުލެއް ނުބެއްދޭނެ.“
“ބައެއް ފަހަރު އަޅުގނޑު ހިތަށްއަރާ އާދަމްކޯއޭ، އާބަންކޯއޭ، އެކަހަލަ ގޮތަކަށް ވެސް ސިފަވާ ގޮތަށް ދަރަނިން ސަލާމަތްވާންވެެގެން.“ މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ތުހުމަތު ކުރެއްވި ގޮތުގައި ކުންފުނިތަކާއި ރައީސް އޮފީހުން އަންނަނީ މީޑިއާތަކަށް ފައިސާ ބަހަމުންނެވެ. އެހެންކަމުން އެފަދަ އެއްވެސް ވާހަކައެއް މީޑިއާތަކަށް ދައްކަން ނުކެރޭ ކަމަށާއި މީޑިއާތައްް އޮތީ ސަރުކާރުގެ “ދަށުވެފައި“ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މޮސްޓާ ވިދާޅުވީ މިއަދުން މިއަދަށް ވެސް ރައްޔިތުން ނުކުމެ ހުރިހާ ކޮރަޕްޓް ވެރިން ބޭރުކުރަންޖެހޭ ކަމަށެވެ. އެހެންނޫންނަމަ ކުރިއަށް ދެ މަސް، ތިން މަސް ތެރޭަގައި ޒިމްބާބްވޭ ނޫނީ ސޯމާލިޔާ ކަހަލަ ތަނަކަށް މި ގައުމު ވެެގެން ގޮސްދާނެ ކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.
4 Responses
Mostaa yakee kihaavarahge taduvari kamah huri meehabaa meehaakaadimaalah halaylavayvaruge akakuvas tisiyaasee meehunge tarayaku nai nukaihurimeehaku nukaihuree nulibigen libayirah davaalaane
Varah fahi
Mosta ah olhigennoolhuhvaa, Saeed aumuge kurin oiy bodu dharani, fenaka aa Saeed havaaluve dhakkaa madhukuri vaahaka nudhekee keehvetho? Meen zamaanaku fenakaige khidhumaiy fulhaa nuvaavarah mihaaru fulhaavefai vaa vaahaka nudhekkenee keehvebaa. Fenaka arani kunfunyakah badhalukoh hurihaa rashehga thaaju mahal fadha engine ge thakeh alhanee e ee saeed ge amilla faidhaa ah baa? Zaatheeviyas hageegathah ehcheh bunumakun rayyithunge vote eh nugelleyne. Thiya hingaa cafe akree konkahala laariyehge café ehbaa? Anga ovejjeyyaa kaalheh nugendhaane.
ދައުލަތުގެ ކުންފުނިތަކުން އެތަނުގެ ބޮޑުންނާއި އެހެން މީހުން ވައްކަން ކުރަނީ ރައީސް މީހާ އަށް އެގިގެން ކަމަށް މިހާރު ބެލެވިދާނެއެވެ. އެހެނީ ރެޑްހޭންޑްކޮށް ހިފި އަދި ދައުލަތުގެ އޮޑިޓްއޮފީހުން އެވަރުގެ ބޮޑެތި ޚިޔާނާތްތައް ވެއްޖެކަމަށް ރިޕޯޓް ނެރުނަސް ހަމަ ކަހާތާ ހިރުވާވެސް ނުލާ ޒީރޯޓޮލެންސްގެ ދަށުން ދައުލަތް ހިންގަވާތީއެވެ. އެ ވައްކަމުން ހޯދާފައިސާއިން ބަޔެއް ދެވަނަ ދައުރެއްގެ ކެމްޕޭނަށް ޚަރަދުކުރާތީ އޯކޭ ވެފާ ހުންނަވަނީއެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. ޑރ. އިޔާޒް އާއި އިމްރާނު ބުނާގޮތުންނަމަ އާޚިރަތުގައި ސުވާލު ކުރެވޭނެއެވެ. އަދި އެ ދެމީހުނަށްވެސް އެދުވަހުން އިބޫއަށް ފާފަ ފުއްސައެއް ނުދެވޭނެތެވެ. ވީމާ ދައުލަތް ލޫޓްވާމީހުނަށް ބޮޑެތި އަދަބު ދޭންޖެހެއެވެ. އަދި އަދަބު ޝަރިޢަތުން ކަނޑައެޅީ ވައްކަމުން ފައިދާއެއް ކޮށްފާ އޮތަތީ އަދީބާއި އެފަދަ ބޮޑެތިވަގުން ހެން މިފަދަ ވަގުންތައްވެސް ޖަލައް ނުލައި ގޭގައި ބަހަށްޓައިގެން ބައިއަޅައިގެން ނުވާނެއެވެ. ޔާމީނަށް ވަގަށްގޮވާފަ ވެރިކަމަށް އައިސް އެނޫންކަމެއް އެބަކުރޭހެއްޔެވެ. ރައްޔަތުންނަށް ދޭ ކޮންމެ ޚިދުމަތަކުން އެއްޗަކުން ކަޓް؟