މަހްލޫފަށް ކުރި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދަނީ

Loading

Facebook
Twitter
WhatsApp

ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އަތުން 33,000 އެމެރިކާ ޑޮލަރު ހޯއްދެވިކަމަށް ބުނާ މައްސަލައިގައެވެ.

 މިއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއްކަމަށް ބެލެވޭނެ ހެއްކެއް މަދަނީ މިންގަނޑުން ބަލާއިރު ނެތްކަމަށް ނިންމައި މީގެކުރިން ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ. ނަމަވެސް އަލުން ޝަރީއަތް ހިންގަނީ މައްސަލަ ބޭރުކޮށްލީ ގޯސްކޮށް ކަމަށް ކަނޑައަޅައި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރު ކުރުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަހްލޫފަށް ކުރާ ދައުވާ އަނބުރާ ގެންދަން ނިންމީ މިހާރު އެ މައްސަލަ އޮތް ހިސާބުން އަލުން މުރާޖައާކޮށް ބެލިއިރު, އެ ފައިސާއަކީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާއެއްކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީއެވެ. ދައުވާ އަނބުރާ ގެންދަން ކްރިމިނަލް ކޯޓުގައި ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ޕީޖީގެ ބަހެއް އަދި ނުލިބެއެވެ.

މަހްލޫފް މީގެ ކުރިން ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އޭނާ ޖަލަށްލެވޭ ވަރަށް ހެކި ނުހުންނާނެ ކަމަށާއި ކުރެވޭނެ އެންމެ ބޮޑުކަމަކީ މަގާމުން ވަކިކުރެއްވުން ކަމަށް ވިދާޅުވެފައެވެ. ވަކިކުރެއްވިޔަސް ނިކުމެގެންދާނީ މޭ ފުއްޕާލައިފައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަހްލޫފު ވަނީ މި މައްސަލައިގެ ޝަރީއަތާއި ހިސާބުން ދައުލަތް އޮރިޔާންވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

Loading

2 Responses

  1. ވެރިކަމުގައި ކޮންމެ މީހަކު ހުއްޓަސް ހަމަ އޭނަ ބޭނުންވާމީހެއް ސްކޮޓްފުރީކޮށްލަދީފާ އޭނާ ނުރުހޭމީހެއް ޖަލައްލުން މިއީ ބަދަލުވާންޖެހޭ މުޑުދާރު ކަންކަމެވެ. ނަމަވެސް ވެރިކަމަށް ބޫތްކެއީމާ ދެން އެހެންހުރިހާކަމެއް ކޮންމެގޮތަކަށް ދިޔަސް ވެރިކަމުގައި ހުރުމަށް މިފަަދަގޮތަކަށް ޢަމަލު ކުރަނީއެވެ. މިހާރު ބަލާލަ ފަހުގެ ކޯލިޝަންގެ ބައިވެރީން. ގައުމުގައި ތިބި އެންމެ ދޫނުބައި ހަޔާތްގޮވާ ދެމީހުން ވެރިމީހާގެ ބައިވެރީން. ކީކޭ ދެން ބުނާނީ. އަނެކަކު އެ އުޅެނީ ބާޣީއޭ ބާޣީއެ ގޮވާފަ ކަރުން ނާރުފުއްޕާވަ ހިތައްއައިހާ އެއްޗެއްގޮވާފަގޮސް ބާޣީ އުނގަށް އަތަވައްޓާލައިގެންނެވެ. ރައްޔަރުން ދެލޯކަނު ބީރުބައެއްތަ؟

Leave a Reply to އައްޑޫ އަޙުމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް