މެންބަރު ޢަލީ ޙަމީދު ޖުމްހޫރީ ޕާޓީން ވަކިވެ, އެމްޑީޕީއަށް ސޮއިކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ޢަލީ ޙަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ މުލިއާގޭގައި މިއަދު އޮތް ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޢަލީ ޙަމީދު ސޮއިކުރެއްވުމާއެކު މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދު ވަނީ 67 އަށް އަރައިފައެވެ.

ޢަލީ ޙަމީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ. އޭރުއްސުރެ މިއަދާ ހަމައަށް ހުންނެވީ ޖޭޕީގައެވެ.

ޢަލީ ޙަމީދު އެމްޑީޕީއަށް ސޮއިކުރައްވާފައި މިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވަކިން ނުކުންނަން ޖޭޕީން ނިންމުމުން އެ ޕާޓީގެ އިސް ބޭބޭފުޅުން ޕާޓީން ވަކިވެވަޑައިގެން ރައީސް ޞާލިޙަށް ބައިއަތު ހިއްޕަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

Loading

3 Responses

  1. އިންތިހާބު ނިމިގެން ބޭޢްވި ވިކްޓްރީ ޕާޓީ ނިންމާލާފައި ދިޔަ ގޮތަށް ބަހަބަރު ވި މީހެއް ތިއީ. ސިމްކާޑުވެސް ބިންދާލާފައި ކައްދޫ ޖެޓީ މަތިން މޫދަށް އެއްލާލި. އައު ނަންބަރެއް ގެންގުޅެނީވެސް. އަނެއްކޮޅުން އިންތިހާބަށް 6 މަހަށްވީމާ ގޮނޑިގަނޑު ވިއްކާލީ.

  2. މިހާރު ދެން ސިޔާސީކުޅިއޭ މިކިޔަނީ ވައްކަމާއި ޚިޔާނާތާއި ފޭރުމާއި ލަދުހަޔާތް ނެތުމާއި ދޮގެއްހެދެން ނެތިގެންނޫނީ ތެދެއްނުހެދުމާއި ވަންވަން ޖެއްސުމާއި ފުރައްސާރަކުރުމާއި ފަސާދައިގެ އެންމެހާކަމެކެވެ. ދެރައީ މިއުޅޭ ހައެއްކަމީހުންގެ އެ ދޮގުބަސްތަކަށް ހެއްލި ހަމަ ކޮންމެފަހަރަކު ބެރުޖަހާ ނަށާ ގައިގާ އެކިއެކިކުލަ ޖައްސައިގެން ނިކުމެ އެމީހުނަށް ވޯޓް އަޅާތީއެވެ. މިސާލަކަށް މިފަދަ މީހުން. ދެން ގާސިމާއި ނަޝީދު. އެކަކު އަނެކަކަށް ހުތުރުބަހުން ރިޕީޓްކޮށް ހަޔާތްގޮވާ އެއީ ކޮންބައެއްކަން ބުނެދީފަ ހަމަ ދެން އައިސް ދެބަނޑަށް ބައްދާ ހެވިފާ ކުރިން ކަމެއްވިހެންވެސް ހީނުވެ ބާޢީކަންވެސް ސޭޓްކަންވެސް މަޖަލައް ގަޅާލިކަންވެސް ނޭގި އޯކޭ ވީއެވެ. މިފަދަ ކަންކަމީ ސިޔާސީ ކުޅިއެއް ނޫނެވެ. ހަމަ ދޮގާއި މަކަރާ ޙީލަތުން ރައްޔަތުންގެ ބޯކާލައިގެން ވެރިކަން ހޯދުމެވެ. އެއްދުވަހު ބާޣީ އަނެއްދުވަހު ގާޒީ. ކިހާ ނުބައި ނުލަފާ ބެއްތޯމީ؟

Leave a Reply to މުޙައްމަދު މޫސާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް