ރައީސް ޔާމީންގެ މެސެޖު: ރައްޔިތުން މާޔޫސްނުވޭ, މައުސޫމުކަން ސާބިތުކޮށް ދޭނަން

Loading

Facebook
Twitter
WhatsApp

މާފުށީ ޖަލުގައި 11 އަހަރުގެ ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހުންނެވީ ފިސާރި ގަދަކޮށް ކަމަށް އެ ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެެއެވެ.

ކޯލިޝަނުގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އިއްޔެ ވަނީ މާފުށީ ޖަލަށް ވަަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރައްވައިފައެވެ. 

އެ ބައްދަލުވުމަށްފަހު އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮށް ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށެވެ. އަދި އަޅުވެތިކަމަށް ބޯ ނުލަންބަވާނެކަމަށް މައުސޫމުކަން ސާބިތުކޮށް ދެއްވާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި ކަމަށެވެ.

“ރައީސް ޔާމީނާ މިއަދު ބައްދަލުވި.ހުންނެވީ ފިސާރި ގަދަކޮަށް.ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް. އަޅުވެތިކަމަށް ބޯ ނުލަންބަވާނެ ކަމަށް.މައުސޫމުކަން ސާބިތުކޮށް ދެއްވާނެ ކަމަށް. ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް.“ އަދުރޭ ވިދާޅުވިއެވެ.

ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ކޮރަޕްޝަން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދެ ދަޢުވާއެއް އުފުލިއެވެ. އެއީ ރިޝްވަތުގެ ދަޢުވާއާއި މަނީ ލޯންޑްރިންގެ ދަޢުވާއެވެ.

އެ ދެ ދަޢުވާ ސާބިތުވާކަމަށް ނިންމަވައި ކްރިމިނަލް ކޯޓުން އެ މަނިކުފާނަށް 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ ވަކީލުން މިހާރު ގެންދަވަނީ އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

Loading

One Response

  1. އަހަރުމެންނަށް މައުސޫމްކަން ވަރަށް ސާފު! އަޅަމުންދާ ގަނޑުވަރުން އެކަނި އެކަން ސާބިތު! އަދި އެކައުންޓުތައް ބަލައިފިއްޔާ ޔަގީންވާނެ މަނިކުފާނުގެ މައުސޫމްކަމުގެ އިތުރުން…….

Leave a Reply to އަލިހޮއްކޮ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް