ރައީސް ޔާމީނަކީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއް: ނަޝީދު

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއްކަމަށާއި ހަމައެކަނި އޮތް ޚިޔާލު ތަފާތުވުމަކީ އެ މަނިކުފާނު އިންޑިއާއާ ދެކޮޅަށް ގެންގުޅުއްވާ ވިސްނުންފުޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެއާ އިންޑިއާއާ ދެމެދު ގުޅުމަކީ ރަނގަޅު ހަރުދަނާ ގުޅުމެއް ކަމަށާއި އެ ގުޅުން ކުރިއަށް ގެންދަވަންޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ރާއްޖެއިން އަބަދު ވެސް ވަރަށް ބޮޑަށް ވިސްނާންޖެހޭނެ ކަމަށާއި  “އަޅުގަނޑުމެންނަށް ޖޯގްރަފީއެއް ދުލެއް ނުކޮށްލެވޭނެ“ ކަމަށެވެ. އަދި އިންޑިއާއަކީ ޖެހިގެން އޮތް އަވަށްޓެރި ޤައުމު ކަމަށާއި ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން އަބަދުވެސް ވެދޭ އެހީތެރިކަން އެހާމެ ބޮޑު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިންޑިއާއާ އިދިކޮޅަށް ހިންގާ ކަންކަމަކީ ހުތުރު ކަންކަން ކަމަށާއި އެއީ ކޮށްގެންވާނެކަމެއް ނޫންކަމަށް އަބަދުވެސް ރައީސް ޔާމީނަށް ދަންނަވަމުން ގެންދަވާ ކަމަށެވެ. 

“އަޅުގަނޑު ތަކުރާރުކޮށް ޕީޕީއެމް ބޭފުޅުން ކައިރީގަ އެބަ ދަންނަވަން އަޅުގަނޑާ ތިބޭފުޅުންނާ އޮތް ހަމައެކަނި ޚިޔާލު ތަފާތުވާ ތަނަކީ މިއީއޭ. އިންޑިއާ އައުޓު ދޫކޮށްލައްވާށޭ.“ ނަޝީދު ވިދާޅުވިއެވެ.

“އަނެއްކާ ވެސް އަޅުގަނޑު ޕީޕީއެމް ގާތު އެދެން. އަޅުގަނޑު އެބޭފުޅުންނަކާ އެއްވެސް ރުޅިވެރިކަމެއް ނެތް. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ވެސް ދަންނަވަން ވަރަށް ގިނަ ރަށްރަށުން ޕީޕީއެމްގެ ބޭފުޅުންނާއި އަޅުގަނޑާ ދިމާވޭ އަދި އެ ބޭފުޅުން ހިނިތުންވުމާއެކީ އަޅުގަނޑާ ވާހަކަ ވެސް ދައްކާ ހަދާ. އަދި އެއިން ގިނަ ގޭގެއިން ސައިތަށްޓެއް ވެސް ދީ ހަދާ. އަޅުގަނޑަށް ފެންނަ ތަނުގަ ފުށުއަރާން މި އޮންނަނީ އެންމެ މައްސަލައެެއް. އެ މައްސަލަ އަޅުގަނޑު އުންމީދުކުރަން ޕީޕީއެމްއިން ހައްލެއް ގެންނަވާނެ ކަމަށް. ދެން އަޅުގަނޑަކަށް ނޭނގެ ރައީސް ޔާމީން މި ޕްރެސް އަޑުއައްސަވާނެކަމެއް. އަޅުގަނޑު އެދެން ރައީސް ޔާމީން އަރިހުން ފުންކޮށް ވިސްނަވާށޭ.“ ނަޝީދު އިތުރަށް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ތަޢުރީފް ކުރައްވަމުން ނަޝީދު ވިދާޅުވީ ރައީސް ޔާމިނަކީ އެކެޑަމިކް ބޭފުޅެއް ކަމަށާއި އެއީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއް ކަމަށެވެ.

Loading

3 Responses

  1. ހާދަ މޮޔަ ސޮރެކޭ! އަންނި ތިބޭފުޅާގެ ފަހަތުން ޕީޕީ މީހުން ތިޔަ އުޅެނީ ވިހަގަދަ ހިނިތުން ވުމެއްގައި. އެއީ ތިބޭފުޅާއަށް ތިޓިކެޓް ލިބުމަށް އެމީހުން އެ އެދެނީ އެމީހުންނަށް އިންތިޚާބު ކާމިޔާބުކުރުމަށް ފަސޭހަވާނެތީ. ތިބޭފުޅާ ހިފަން މަޅިމައްޗަށް ކާއެއްޗެހި އަޅަނީ. ތިބޭފުޅާއަށް ހާދަ ނުވިސްނޭދޯ ތި ޕީޕީއެމް މަކަރު.

  2. Yahoodheen thauraathah Nasoaraain injeelah badhalu Gena gothuge Mulhin Aai Version fesheetha Manikuffanu,
    Jaahiliyya zamaanugaa UKAALU ge baazaaruga lhen verinnaai basmoshun therinves thibaavathuge vaahaka dhekki dhekki kamah thaakeekh hekidhey!

Leave a Reply to ކާމިލު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް