ވާރޭދުނީގެ ދިދަތަކާއި ފުއްޕާހަން ނިއު ދިއްލީގެ މަގުތަކަށް

Loading

January 9, 2023
profile
Facebook
Twitter
WhatsApp

ފާއިތުވެ ދިޔަ ތިންއަހަރެއްހާ ދުވަހު އެބައެއްގެ ޝުޢޫރުތައް ފާޅުކޮށް އިޙްތިފާލު ކުރުމުގެ ފުރުސަތު ނުލިބި އޮތުމަށްފަހު މިހާރު އިންޑިއާގައިވެސް ކޯވިޑް 19 ގެ ބަލިމަޑުކަން މައިތިރިވާން ފެށުމާއިއެކު މަކުނުކުޅީގެ ގުރޫޕް އެއްޖިންސުން ގުޅުންހިންގަން ބޭނުންވާ ދެހާހެއްހާ މީހުން ނިއުދިއްލީގެ މަގުތަކަށް ނިކުމެ އުފާ ފާޅުކުރަމުން އެބަ ގެންދެއެވެ.

ވާރޭދުނީގެ ދިދަތަކާއި ފުއްޕާހަންތައް ވިހުރުވަމުން ބެރުޖަހަމުން ނަށަމުން އިންޑިއާގެ ޕާރލަމެންޓް ހުންނަ ޖަންޓަރ މަންޓަރ  ސަރަޙައްދަށް އެމީހުންދިޔައެވެ. 23 އަހަރުގެ ވިޝާލް ރާއި އަށް ހަވާލާދީ  އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރުދޭގޮތުގައި “ ތިން އަހަރުދުވަހަށްފަހު މިއީ އަހަރެމެންނަށްލިބުނު ވަރަށް އުފާވެރި ދުވަހެކެވެ. “ އެމީހުންގެ އުންމީދުތައް އިންޑިއާގެ ސުޕްރީމްކޯޓުން މިހާރު އެ ވަނީ ފުރިހަމަ ކޮށްދީފައެވެ. އިސްތިއުމާރީން ހަދާދީފައި އޮތް ގާނޫނު އަސާސީގައި އެއްޖިންސުން ގުޅުންހިންގުމަކީ ކުށެއް ކަމުގައި އޮތް މާއްދާ ސުޕްރީމްކޯޓުން އެވަނީ ބާތިލު ކޮށްފައެވެ. 

އެހެންވީމާ އެމީހުންގެ ހަފްލާތަކަށް ހުރަސްއެޅޭނެ ގާނޫނީ ހުއްޖަތެއް މިހާރަކު ނެތެވެ. އިސްތިއުމާރީން ހަދާދިން ގާނުނުގައި އެއްޖިންސުން ގުޅުންހިންގުމަކީ 10 އަހަރުގެ ޖަލުހުކުމެއް ލިބޭނެ ކުށެކެވެ. 

އިންޑިއާ ސަރުކާރުން އަދި މިހާތަނަށް އެއްޖިންސުން ކައިވެނިކުރުން ހުއްދައެއް ނުކުރެއެވެ. މިކަމުގައި އިންޑިއާ ސަރުކާރުން ފަހަތުފަޔަށް ބުރަވަމުންގެންދާ މައިގަނޑު ސަބަބކީ އެއްޖިންސުން ގުޅުން ހިންގުމާއި ކައިވެނި ކުރުމަކީ އިންޑިއާގެ ވަތަނީ ފިކުރުގެ ސިޔާސީ ބޭފުޅުންގެ ނަޒަރުގައި އިންޑިއާގެ އާދަކާދައަށް ފެތޭ އަދި ފެއްތޭނެ ކަމެއްވެސް ނޫނެވެ. 

އިންޑިއާގައި އެއްޖިންސުން ގުޅުން ހިންގުމަށް ތަރުޙީބުދޭ ސެލެބްރިޓީންވެސް ތިބިކަން އެނގެއެވެ. އެހެންނަމަވެސް މުޅި މުޖުތަމާއަށް ބަލާއިރު އެމީހުންނަށް އަމާޒުކުރެވެނީ ނުރުހުމުގެ ލޯތަކެކެވެ.          

އެއްޖިންސުގެ ކައިވެނިތަކަށް ގާނޫނީ ބާރުވެރިކަން ލިބިގަތުމަށް އެދި ހުށައަޅަމުންގެންދާ މައްސަލަތައް  ގިނަވަމުން ދިއުމާގުޅިގެން މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ސުޕްރީމްކޯޓުން ވަނީ އިންޑިއާގެ ހުރިހާ ކޯޓެއްގައި ހުރި އެފަދަ މައްސަލަތައް ޖުމުލަގޮތެއްގައި ހައްލުކުރަން ބޭނުންވާތީ އެ ކޯޓަށް ފޮނުވުމަށް އަމުރުކޮށްފައެވެ. އަދި ހަމައެއާއެކު މިކަމުގައި ގޮތެއް ނިންމުމަށް އިންޑިއާ ސަރުކާރަށްވެސް ފަސް ހަފްތާގެ މުހުލަތެއް ދީފައެވެ.            

ނޫރު އިނާޔަތު ކިޔާ ވޮލަންޓިއަރަކު ބުނިގޮތުގައި 2003 ގައި އެއްވެސް މީހަކު މިކަމަށް ރުހުމުގެ ލޮލަކުން ނުބަލާނެއެވެ. އޭގެ ވިއްސަކަށް އަހަރުދުވަސްފަހުން މިހާރު ބަދަލުއަންނަތަން އެބަ ފެނެއެވެ. އަދި ވިއްސަކަށް އަހަރު ފާއިތުވެގެންދާއިރު މުޅިމަންޒަރު ބަދަލުވުން އެކަށީގެން ވެއެވެ. އަހަރެން އުންމީދު ކަނޑައެއް ނުލަމެވެ. އަންނަ ބަދަލުތައް ދަނީ ކުރިމަތީގައި ހާމަވަމުންނެވެ.                                      

Loading

3 Responses

  1. ބޮޑު ވަބާއެއް ތިއީ. ދުނިޔެ ނިމުމާއި ކައިރިވަނީ. މިރާއްޖޭގައި އުޅޭ ގުރޫޕްވެސް އިންޑިޔާއަށް ފޮނުވާލާ. އެތަނުން ފިރިހެނަކާ އިދެގެން އުޅެފާނެއްނު. މިގައުމުގައި އެގޭމް ޖެއްސިޔަ ދީގެން ނުވާނެއެވެ. އެމްޑީޕީގެ ބާރު އޮންނަ ވެރިކަމަކަށް ނޫނެކޭ ބުނާށެވެ. އެނޫނީ މިހުރިހާ ނުބައި ކުޅިއެެއް އަދިވެސް ހަމަ މެކްހަށްޖަހައިގެން ހިންގާނެއެވެ. ނާޒިމްވެސް އެ ދޫވީއެވެ. ދެން އަލަމްގިރި ނެތަސް އަރާނެ ބައިވެރު ގިރިތަށް އެވަނީ އުފައްދާފައެވެ. އަދާލަތުގެ ބޮޑުންވެސް ވަޒީފާއަށްޓަކައި އެތިބެނީ ފިރިހެންކުޅި ނުވަތަ އެއްޖިންސުން ތި މަކުނުކުޅި ކުޅޭމީހުނަށް އޮތް ޝަރުޢީ ޙުކުމްވެސް ޚުތުވާއެއްގައިވެސް ކިޔާލަން ނުކެރިގެނެވެ. ވީމާ އެވެރީންގެ ދީނީކަންފުޅުވެސް މިވަނީ ދިވެހީންނަށް އެނގިފައެވެ. ދެރަކަމުގެ ކޮޅެއް ނެތެވެ.

  2. ބަދަލު އަންނާނެ. އެކަމަކު ބަދަލު އަންނާނެގޮތްނޭނެގެނީ. މޫސުމަށްވެސް ބަދަލުތަކެއް އެބައާދޭ. ފެންބޮޑުވެގެން ހުރިހާ ފުއްޕާ ހަންތައް އޮޔާވެސް ހިނގައިދާނެ. ނޫނީ ހޫނުގަދަވެގެން ހަންތައް ފަޅައިގެންވެސް ހިނގައިދާނެ.

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް