ވަގު ހަދައިގެން މޮޅެއް ނުވެވޭނެ – ނަޝީދު

Loading

Facebook
Twitter
WhatsApp

އެމ.ްޑީ.ޕީ.ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް އަކަށް ވަގު ހަދައިގެން އިންތިޚާބުތަކުން މޮޅެއް ނުވެވޭނެ ކަމަށެވެ. މިމަހު 28 ގައި    އޮންނަ ޕާޓީގެ ޕްރައިމަރީގައި ޕާޓީގެ ފަރާތުން ވާދަކުރަށްވާ ދެކެންޑިޓޭޓުންނަކީ އެޕާޓީގެ މިހާރުގެވެސް ރައީސް ނަޝީދު އާއި ގައުމުގެ ރައީސް އިބްރާހިމް އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މާފަންނު ބޮނޑިބަތް ޕާކުގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ގިނަ އަދަދެއްގެ މެމްބަރުން ވަކިކޮށްފައިވަނީ އެ މެމްބަރުން އެހެން ޕާޓީތަކުގައި ތިބުމުންކަމަށް އެމްޑީޕީގެ އޮފިޝަލުން ބުނަމުންދާ ކަމަށާއި އެ މެމްބަރުން އެހެން ޕާޓީތަކަށް ވެއްދީ ”ވަގަށް“ ކަމަށެވެ.

ނަޝީދު ވިދާޅުވީ ”އެ ވަގުގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު ނޭނގި އޮއްވާ އޭނާ އެހެން ޕާޓީއެއްގައި ހިމަނަނީ ކިހިނަކުންތޯ؟ އެއީ އޭނާ އެމްޑީޕީން ކަނޑާލުމުގެ ނިޔަތުގައި. އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން އެކަން މި ހިންގުވަނީ.“ އެމަނިކުފާނު ވިދާޅުވީ އިލެކްޝަންގެ ތެރެއިން ގުޅުން ހިންގާ ޖަރީމާއެއް ކަމަށެވެ.

މިއީ ވަރަށް ހުތުރު ޢަމަލުތަކެއް ކަމުގައި ނަޝީދު ސިފަކުރެއްވިއެވެ. އަދި މިގޮތަށް ވަގު ހަދައިގެން އިންތިޚާބުތަކުން މޮޅެއް ނުވެވޭނެ ކަމަށެވެ.

”އެހެންނަމަ، އަޅުގަނޑު ރައީސް އަރިހު ދަންނަވަން ބޭނުން 2018 ގައި ރައީސް ޔާމީނަށް ވެސް މޮޅުވެވުނީސް. ހުރިހާ ވަސީލަތެއް ހުރި. ހުރިހާ ބާރެއް އޮތް. ހުރިހާ ސިޔާސީ ލީޑަރުން ތިބީ ބަންދުގައި. އެހެން ނަމަވެސް ނަތީޖާ ނިކުތީ އިދިކޮޅަށް. އަޅުގަނޑުމެން އަބަދުވެސް ހެޔޮ މަގުގައި މަސައްކަތް ކޮށްފިނަމަ ކާމިޔާބު ލިބޭނެ.“ ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ވަކިކުރި މީހުންގެ ވޯޓާއި އަދި އެމީހުންގެ ބަސްއަހާ އެތައް ބައެއްގެ ވޯޓު ވެސް ސަރުކާރަށް މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޕްރައިމަރީގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ 56000 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވާނެ ކަމަށްވެސް ވިދާޅުވެ ރައީސް އިބްރާހިމަށް ބަހުގެ ޙަމަލާތައް ދެއްވިއެވެ.

ގިނަބަޔަކު ގަބޫލުކުރާގޮތުގައި މި ޕްރައިމަރީގައި ކުރިހޯއްދަވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުއެވެ. މިހާރުވެސް ދައުލަތުގެ ކުންފުނިތަކުގައި ތިއްބެވި ވެރީންނާއި މިނިސްޓަރުން ތަކާއި ސިޔާސީ މަގާމު ލިބިފާތިބެ އެތަކެއް ބައެއް އިބޭ އަށްވަނީ ބައިޢަތު ހިފާ ނަޝީދުއާއި ދެކޮޅަށް ފައުޅުގައި ކެމްޕޭން މަސައްކަތް ފަށައިގައެވެ.

Loading

2 Responses

  1. ނަޝީދު ވިދާޅުވެފާވެއެވެ. 2018ގެ އިންތިޚާބު ކާމިޔާބު ކުރެވުނީ އިންޑިއާގެ ޑިޕޮލޮމެޓުން ރޭވުންތެރިކަމާއި އެނހީގައެވެ. ވީމާ މަކަރު ހަދައިގެން ކީއްވެ ޕާޓީއެއްގެ އެތެޜޭގެ އިންތިޚާބެއް ކާމިޔާބު ނުކުރެވެންވީ. ނަޝީދަކީ އެފަދަ މަކަރު ހެދުމަށް ނުލާހިކު ކުޅަދާނަ ބޭފުޅެއް. ދެން ބަލަމާ ހިނގާ އިބޫގެ ހުޝިޔާރުކަމެއް. ހިންގާލާ ގުރޫޕްވެސް ނަޝީދަކަށްވުރެ ދެރައެއް ނުވާނެކަމަށް ފެނެއެވެ.

  2. މަޢާފް ކުރައްވާ….އެކަމަކު ރައީސް ނަޝީދުގެ ބަސްމަގު އިސްލާޙްކުރަންފެނޭ. ތިޔަފަދަ އިސް މަގާމެއްގައި ހުންނަވާ ބޭފުޅަކު ސިޔާސީގޮތުން ވާދަވެރިންނާ މުޚާތަބުކުރާނެ ރީތި ބަހުރުވައެއް އޮންނަންވާނެ.

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް