ރަޝިޔާއިން އަތުލާފައިވާ ކްރީމިއާގައި ރަޝިޔާއިން އަރާގަތުމުގައި ދީފައިވާ ގެއްލުންތަކަށް ބަދަލު ހޯދުމުގެ މަގްސަދުގައި އދ. ގެ އާންމު މަޖިލީހަށް ޔުކްރެއިނުން މިދިޔަ ނޮވެމްބަރު މަހު 50 ގައުމެއްގެ ތާއީދާއެކު ހުށައެޅި ގަރާރު އދ. އިން 82 މެމްބަރުންގެ އަޣްލަބިއްޔަތއިާއެކު އިއްޔެ ފާސްކޮށްފިއެވެ.
އެހެންނަމަވެސް މިފަހަރުގެ ވޯޓުގައި 14 ގައުމަކުން އިދިކޮޅަށް ވޯޓު ދިނުމާއި އިތުރު 80 ގައުމަކުން އަނގަ ބަންދު ކޮށްގެން ތިބުން އިޚްތިޔާރުކުރިއެވެ. އިދިކޮޅަށް ވޯޓުދިން ގައުމުތަކުގެ ތެރޭގައި ރަޝިޔާގެ އިތުރުން ބެލަރޫސްއާއި ޗައިނާ ކިއުބާއާއި ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ކޮރެޔާ އެރިޓްރިއާއާއި އިތިއޯޕިޔާ އީރާނާއި ކަޒަކިސްތާން މާލީ އާއި ނިކަރާގުއާ ސޫދާނާއި ސީރިޔާއާއި ޒިމްބާބްވޭ ހިމެނެއެވެ.
މިފަހަރު ސަރބިޔާއާއި އަރްމިނިއާ އިންޑިއާއާއި ކިރްގިސްތާނާއި ސަޢޫދީ އެރޭބިޔާއާއި ފިލިޕީނުންވެސް އިޚްތިޔާރުކުރީ އަނގަ ބަންދުކޮށްގެން ތިބުމަށެވެ.