ބައިނަލް އަގްވާމީ މީޑިއާތަކުން ޚަބަރު ދޭގޮތުގައި އެމެރިކާގެ ގްރީން އެނަރޖީ ސިޔާސަތުގެ ސަބަބުން ހަކަތައިގެ އަގުތައް އުފުލެމުންގޮސް ޔޫރަޕްގެ ގައުމުތައް “ ފުލް ބްލޯވްން ޕެނިކްގެ “ ޙާލަތަށް ދިއުމާއިއެކު އެމެރިކާގެ ރައީސް ބައިޑްން އަކީ ޙަގީގަތުގައިވެސް ޔޫކްރެއިން ހަނގުރާމައިގާ ޔޫރަޕްގެ ބައިވެރިއަކުތޯ ސުވާލުއުފަށްދާ ޔޫރަޕްގެ އެންމެ އިސް ލީޑަރުން ތުޙުމަތުގެ އިނގިލި ދިއްކުރަން ފަށައިފިއެވެ.
ޕޮލިޓިކޯއާ ވާހަކަދެއްކެވި ޔޫރަޕްގެ ސިޔާސީ ބޭފުޅުން ވަނަވަރު ހާމަނުކުރުމަށް އެދިވަޑައި ގަންނަވަމުން ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުން އެމެރިކާއަށް ފައިދާ ކުރާ ބޮޑު ވިޔަފާރި އަކަށް ހަދައި ގްރީން ސަބްސިޑީތަކާއި ޓެކްސްގެ ނިޒާމް ދިރިއުޅުމުގެ އަގުތައް ކުޑަކުރުމުގެ ގާނޫނުގެ ތެރެއަށް ވެއްދުމުން އެމެރިކާއަކީ ޔޫރަޕްގެ ބައިވެރިންކަމުގެ ގުޅުން ހީނަރުވަމުން ދާކަމަށެވެ.
ނެދަރލޭންޑްސްގެ ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވީ އެމެރިކާއިން ފާސްކުރި އިންފްލޭޝަން ރިޑަކްޝަން ގާނޫނުގެ ސަބަބުން ޔޫރަޕްގެ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ރަޝިޔާއިން ޔޫރަޕަށް ހަކަތަ ފޯރުކޮށްދިނުން ހުއްޓާލުމާއި ގުޅިގެން މިހާރު އަހަރެމެން އެމެރިކާއިން ހަކަތަ ގަންނަން މިޖެހެނީ ހަތަރު ގުނަ ބޮޑުއަގެއް ގައެވެ.
އެހެންގޮތަކަށް ބުނާނަމަ އަހަރެމެންގެ ރިހޭ ފައިމައްޗަށް މިއޮތީ ކިތަންމެ ރަނގަޅަކަށްވެސް ފޮއި ވެއްޓިފައެވެ. މިއީ އަހަރެމެން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އަދި އެމެރިކާއިން ރަޝިޔާއާއި ޔޫކްރެއިންގެ ދެކޮޅުވެރި ކަމުގެ ނާޖާއިޒު ފައިދާ ނެގުމާއި އިންފްލޭޝަންގެ ގާނޫނުގެ ސަބަބުން ޔޫރަޕުން ކަންބޮޑުވާކަމަށެވެ. އެބޭފުޅުން އިތުރަށް ހާމަކުރެއްވީ މި ދެކޮޅުވެރިކަމާގުޅިގެން އެމެރިކާއިން ޔޫރަޕަށް ފޯރުކޮށްދޭ ގޭހުގެ އަގު ބޮޑުކުރުމާއި ޔޫކްރެއިނަށް ބައިވަރުހަތިޔާރު ވިއްކައިގެންވެސް ގިނަ ފައިދާތަކެއް ގެންދަނީ ނަގަމުން ކަމަށެވެ.
އަހަރެމެންނަށް މިހާރު މި ނިކުމެވުނީ ތާރީޚީ ހަތަރު އަނގޯޅިއަކަށެވެ. އަހަރެމެންގެ ރައްޔިތުންގެ ވިސްނުން ހުރިގޮތުން ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިއްތިރާޒު ކުރަން ފެށުން ވަރަށް ގާތްވެއްޖެހެން އެބަ ހީވެއެވެ. އަހަރެމެންގެ ރައްޔިތުން ދެކޭގޮތް އަހަރެމެންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ވަރަށް މުހިންމު އެއްޗަކަށް ވާނެއެވެ.
މިކަން އެމެރިކާވެސް ދަންނަން ޖެހޭނެއެވެ. ފިނިމޫސުން ކުރިމަތިވެގެން އަންނައިރު ޔޫރަޕަށް އިތުރު ހަކަތަ ބޭނުން ވާނެއެވެ. މި ޙާލަތުގައި އެމެރިކާއިން ފާސްކުރަމުން ގެންދާ ގާނޫނުތަކާއި ކަންތައް ކުރަމުން އެ ގެންދާގޮތުން އަހަރެމެންނަށް ކިހާބޯޑެތި ތަކްލީފްތަކަކާއި ކުރިމަތި ލާން ޖެހިފައިވާކަން އެމެރިކާގެ ސަރުކާރަށް ވިސްނޭ ބާވައޭ ބުނެ ޔޫރަޕްގެ ބައެއް ސިޔާސީ ބޭފުޅުން ސުވާލުކުރެއެވެ.
އެމެރިކާއަކީ އަހަރެމެން ދެކެނީ އަހަރެމެންގެ އެންމެގާތްރަޙުމަތްތެރިކަމަށެވެ. އެހެންވީމާ ކަންތައްތައް ނިންމަންވާނީ އަހަރެމެންނަށް ވެސް ފައިދާކުރަނިވި ގޮތެއްގައެވެ. ޔޫރަޕިއަން ޔުނިއަންގެ އެންމެ އިސް ޑިޕްލޯމެޓް ޖޯސެޕް ބޯރެލް އަޑަށް ބާރުލާފައި ވިދާޅުވިއެވެ.
ޔޫރަޕްގެ މިވާހަކަތަކާއި ގުޅިގެން ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނުގެ ހުރިހާ ބަދުނާމެއް ބަންޑުންކޮށްލީ ރައީސް ޕޫޓިންއަށެވެ. އަދި އެމެރިކާއިން މިކުރާކަމަކީ ފިނި މޫސުން އައުމުގެ ކުރިން ޔޫރަޕުން ހަކަތަ ރައްކާކުރުމަށް ފުރުސަތު ހޯދާދިނުންކަމަށް އޭނާ ބުނެއެވެ.
އަހަރެމެންގެ އަމާޒަކީ ފިނި މޫސުމާއި އަދި އޭފަހުންވެސް ޔޫރަޕުން ހަކަތައަށް ނުޖެހޭވަރު ކޮށްދިނުމެވެ. އަދި އެމެރިކާ އަބަދުވެސް އޮންނާނީ ޔޫރަޕްގެ ރަޙްމަތްތެރި އެއްގެ ގޮތުގައި ކަމަށް ވައިޓްހައުސް އިން ފޮކްސް ނިއުސް އަށް ޔަގީންކޮށް ދިނެވެ.