ހިތަދޫގައި އޭޓީއެމް ބަހައްޓަން ބިން ކުލި ނުލިބޭގޮތަށް ހިލޭ ނުދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުގެ އިތުރުން ހިތަދޫ މޫލެކެޑެ ހިތަދޫ ސްކޫލް ސަރަޙައްދުގައި އޭޓީއެމެއް ބެހެއްޓުމަށް ބޭނުންވާ ބިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ހިލޭ ދިނުމަށް ފެންނާތީ ކައުންސިލަށް އެކަން ހުށަހެޅީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙުމަދު ސައީދުއެވެ.
ކައުންސިލް މިޖަލްސާއަށް، ކައުންސިލްގެ ލޭންޑް އެންޑް ޓްރާސްޕޯޓުން ކޮމެޓީން އެކަމާއި ބެހޭގޮތުން މަޝްވަރާގައި ބީ.އެމް.އެލް އިން ހިތަދޫގެ ދެ ސަރަޙައްދެއްގައި އޭ.ޓީ.އެމް ބެހެއްޓުމަށް ހުށަހެޅި މައްސަލާގައި ކޮމެޓީން ވަނީ ބޭންކުން އެދިފައިވާ ބިމުގެ ކުލީގެ ގޮތުގައި އަކަ ފޫޓަކަށް 2ރ. ނެގުމަށް ނިންމައިފަ އެވެ. އެގޮތުން ބޭންކުން ހުށަހެޅި ދެ ބިމަށް 1200( އެއްހާސް ދުއިސައްތަ ރުފިޔާ)ގެ މަހު ކުއްޔެއް ނެގުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.
އެ ހުށަހެޅުމަށް އިސްލާހު ހުށަހަޅުއްވަމުން މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙުމަދު ސަޢީދު ވިދާޅުވީ ބޭންކުން ރައްޔިތުންގެ ފައިދާއަށް އޭޓީއެމް ބަހައްޓާއިރު އެ ބިމުން ކުލި ނެގުމުގެ ބަދަލުގައި އެކަމަށް ކައުންސިލުން އެެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މޫލެކެޑެ ސަރަޙައްދުގައި ހުންނަ މީހަކު އޭޓީއެމް އިން ފައިސާ ނެގުމަށް 60ރ. ޚަރަދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންވެ ކައުންސިލަރުންގެ ފަރާތުން މި ބިން ހިލޭ ބޭންކަށް ދިނުމަށް ތާއިދު ކުރުމަށް ސަޢީދު ހުށަހަޅުއްވިއެވެ.
މި ހުށަހެޅުމާބެހޭ ގޮތުން ޑިޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު ވިދާޅުވީ ކައުންސިލުން ބޭންކަށް ހިލޭ ބިން ނުދެވޭނެ ކަމަށެވެ. އެގޮތުން ޝުއާއު އެންމެ ބޮޑަށް ފާހަގަކުރެއްވީ ބޭންކްއަކީ އިންޓްރަސްޓުގައި ލޯނު ރައްޔަތުންނަށް ދޫކޮށްވަރަށް ބޮޑެތި ފައިދާ ހޯދަމުންދާ ވިޔާފާރިއެއް ކަމުގައެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ބޭންކުން ރައްޔަތުމީހާ ލޯން ނަގަން އެދުމުން ބޮޑު11% ގައި ލޯނުދީ ކޮންމެ ކުއާޓާއަކުން 50 މިލިއަން 100 މިލިއަން ފައިދާ ނަގަމުން އަންނަ ބޭންކަކުން 600ރ. ދައްކަން ޖެހުމުން އެކަން ކައުންސިލުގެ ނިންމުންތަކާއި ގަވާއިދުތަކުގެ ތެރެއިން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް ހުށަހެޅިއަސް އެކަން އެގޮތަށް ކޮށް ނުދެވޭނެ ކަމަށެވެ. އެހެނީ ކައުންސިލުންއަބަދުވެސް ވިސްނާނީ ރައްޔަތުންގެ ލާބަޔާއި ފައިދާއަށް ކަމަށެވެ.
އަދި އާއްމު ވިޔަފާރިވެރިން ވެސް ކުއްޔަށް ބިން ނަގައި އެ ބިންތަކުގައި ވިޔަފާރި ކުރަމުން އަންނަ އިރު ބޭންކުން އޭޓީއެމް ބަހައްޓަން ވެސް ކުއްޔަށް ނޫން ގޮތަކަށް ބިން ދިނުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ.
އެކަމާއިމެދު ގޮތެއް ނިންމުމަށް ވޯޓަކަށް އެހުމުން ވޯޓު ހަމަހަމަ ވުމުން އެގޮތަށް ފާސް ނުކުރުމަށް ވޯޓު ދެެއްވީ މޭޔަރ އަލީ ނިޒާރު އެވެ.
ބޭންކަށް އޭޓީއެމް ބަހައްޓަން ބިން ހިލޭ ދިނުމަށް އެންމެ ދެކޮޅު ހެއްދެވީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއުކަން ފާހަގަކުރެވެއެ.
2 Responses
ރަނގަޅު ނިންމުމެކެވެ. އެހެނީ ބީއެމްއެލް އެއީ ބަރާބަރު ވިޔާފާރީ ބޭންކެކެވެ. މީހަކު ޗެކެއް ލިޔަސް އެ ޗެކް ކްލިއަރ ކޮށްލަންވެސް 25 ރުފިޔާ ފޮޑިއެއް ޖެހިޔަސް ސާރވިސް ޗާރޖް ނަގާ ބައެކެވެ. ދެރުފިޔާ އަކަފޫޓަކަށް ނުދެވޭވަރުގެ ބައެއްވެސް ނޫނެވެ. އެހެން ވިޔާފާރިވެރީންނަށް ކުލިނަގާފަ އެބޭންކުން ބިމު ކުލި ނުނެގުން އެއީ ވަރަށް ސުންޕާކަމެކެވެ. ހަމަ ރަނގަޅަށް ތިހެއްދެވީ!
ކައުންސިލްގެ ތިޔަ ނިންމެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން .އަލުން ތިޔަ ނިމްމެވުން އަނބުރާ ގެންދަވައި ހިލޭ ބިން ދެއްވުމަކީ ރައްޔިތުންނަށް ފައިދާ ހުރިގޮތް.
ޔިޔަކަހަކަ ދެކޮޅު ނުޖެހޭ ވިސްނުމުގައި ކައުންސިލުން މަސައްކަތް ކުރުއްވާތީ އައްޑުއަށް ގެނެވެން އޮންނަ އެތައް ޕްރޮޖެކްޓް ތަކެއް ގެއްލިގެން ހިނގައްޖެ.
ގޮތް ދޫކޮށް ކަންތައްތައް ކުރުވޭނެ ގޮތްގޮތަށް ވިސްނެވުން ބަހައްޓަވާ!