އިންޑިއާއި އާއި ރާއްޖެ އާ ދެމެދު 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް

Loading

Facebook
Twitter
WhatsApp

އިންޑިއާ އާއި ރާއްޖެއާ ދެމެދު 100 މިލިއަން ޑޮލަރުގެ އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި މި އެއްބަސްވުމަކީ އިންޑިއާއިން ރާއްޖޭގައި ފަށާފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް އެ ގައުމުން ދޭން ނިންމި، 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ އެއްބަސްވުމެވެ.

ލައިން އޮފް ކްރެޑިޓަކީ ކަނޑައަޅާ ވަކި ލިމިޓެއްގެ ތެރެއިން އެ ވަގުތަކު ބޭނުންވާ އަދަދަކަށް ފައިސާ ނެގޭ އެއްބަސްވުމެކެވެ. ލައިން އޮފް ކްރެޑިޓްގައި އެއްބަސްވުން ދެމިއޮންނަހާ ހިނދު ލިމިޓް ތެރެއިން ފައިސާ ނެގޭނެއެވެ. މީގައި އަނބުރާ ދައްކަން ޖެހޭނީ ކްރެޑިޓް ލިމިޓްގެ ތެރެއިން ބޭނުންކުރި އަދަދެވެ. އޭގެ ތެރޭގައި ޕްރިންސިޕަލް އެމައުންޓާއި އިންޓަރެސްޓް ހިމެނޭނެ އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ފޯރުކޮށްދޭ މި ފައިސާ ދިނުމުގެ އެއްބަސްވުމުގައި  ދވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. 100 އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެގްޒިމް ބޭންކުގެ ޖެނެރަލް މެނޭޖަރ ނިރްމިތު ވެޑްއެވެ.


މި ފައިސާ ރާއްޖެއަށް ހަރަދުކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި މިހާރު ހިނގަމުންދާ އުމްރާނީ ތަރައްގީގެ މުހިންމު ގިނަ މަޝްރޫއުތަކަށް އެހީތެރިވެދިނުމުގެގޮތުން ފޯރުކޮށްދިން އެހީއެއްކަމަށެވެ. އަދި އެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރެވުނު އެއްބަސްވުމަކީ، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ދުޅަހެޔޮކަމާއި، އާންމު ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ރަމްޒުކޮށްދޭ އެއްބަސްވުމެއްކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް