ސީ ޕްލޭން ޖައްސާނެ ދެ ރަށެއް ކަޑައަޅައިފި  

Loading

Facebook
Twitter
WhatsApp

ސީޕްލޭން ހިދުމަތް ފުޅާކޮށް މީހުންދިރިއުޅޭ ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ދިނުމުގެ ގޮތުން ސީޕްލޭންގެ ހިދުމަތް ދިނުމަށް ދެ ރަށެއް ކަޑައަޅާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސީޕްލޭން ހިދުމަތް ދިނުމަށް ނިންމާފައިވަނީ މ. މުލި އަދި މަކުނުދޫގައި ކަމަށެވެ. މިނިސްޓްރީން ބުނީ ސްޕްލޭން ހިދުމަތް ދިނުމަށް އެ ދެރަށް ކަނޑައެޅީ އެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ދެ ރަށެއް ބެލުމަށްފަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓްރީގެ މަސައްކަތްތާކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސޓްރީން ހާމަކުރި ގޮތުގައި ނޭޝަނަލް ސްޕެޝަލް ޕްލޭނާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އަހަރީ ރިޕޯޓު ހުށަހަޅުއްވަމުން އެސިސްޓެންޓް ޑިރެކްޓަރ ހުސެއިން ނަޒީރު ވިދާޅުވީ
މީގެ އިތުރުން މި ޚިދުމަތަށް ބޭނުންވާ ޓާމިނަލް އަދި ފްލޯޓިންގް ޕްލެޓްފޯމްތައް އަޅާނެ ސަރަހައްދުތައްވެސް ސަރުކާރުން ވަނީ ކަނޑައަޅާފއެވެ.

“ [މީގެ އިތުރުން] ސީޕްލޭން ޚިދުމަތައް ބޭނުންވާ ފްލޯޓިން ޕްލެޓްފޯމް، އޮގްޒިލަރީ ހިދުމަތް ގާއިމު ކުރާ ސަރަހައްދުތައް ވަނީ ކަނޑައެޅިފަ. ސަރުކާރުގެ ޕޮލިސީއަކީ 30 މިނެޓުގެ ރޭޑިއަސް އެއްގެ ތެރޭ މި ވައުދު ފުއްދުން. “ ނަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ނޭޝަނަލް ސްޕެޝަލް ޕްލޭނާއި އެއްގޮތަށް ރާއްޖޭގެ ރަށްތައް ގުޅުވާލުމަށް ތަފާތު ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް