އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ކުޑަކަކޫ ޖެއްސުމަށްޓަކައި އީރާނުގެ އެންމެ އެތެރެއަށް ވަދެގެން އަހަރެމެންގެ އޮޕަރޭޝަން ތައް ހިންގިކަމަށް ޔަހޫދީ ޖާސޫސީ އިދާރާ މޮޝާޑުގެ ކުރީގެ ވެރިޔާ ކޯހެން ސްވިޒަރލޭންޑްގެ ބާސެލްގައި އޮތް ދުނިޔޭގެ ޒަޔަނިސްޓް އޯރގަނައިޒޭޝަންގެ އިހްތިފާލުގައވާހަކަ ދައްކަމުން ބުނެފިއެވެ.
އޭނާ ބުނާގޮތުގައި އީރާން ސަރުކާރުގެ ދޮގުތަކާއި ފޮރުވުންތައް ބޭޒާރުކުރުމުގައި ވަރަށް އިސްދައުރެއް މޮޝާޑުން އަދާކުރިއެވެ. އީރާނުގެ އާކައިވްސް ގައި ރައްކާކޮށްފާހުރި އެތައްހާސް ލިއެކިއުންތަކެއް އަހަރެމެން ނެގީމެވެ. އީރާނުން އެ ހަދަނީ ދޮގުކަން މުޅިދުނިޔެއަށް އަހަރެމެން ސާބިތުކޮށް ދިނީމެވެ.
ކޯހެން މި ބުނަނީ 2018 ވަނަ އަހަރު މޮޝާޑުން ތެހެރާނުގައި ހިންގި އޮޕަރޭޝަނުގައި ވަގަށްނެގި ލިއެކިއުންތަކަށް ކަމުގައި ބެލެވެއެވެ. އިސްރާއީލުން ގަސްދުކުރީ އެ ލިއުންތައް ބޭނުން ކޮށްގެން ރައީސް ޓްރަމްޕުގެ ރިއާސަތުގައި މަޝްހޫރު އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުގެ ސަންދޯކުގައި އެންމެފަހުގެ މޮހޮރު ޖަހާށެވެ.
އެހެންނަމަވެސް ރައީސް ބައިޑަން އެ އެއްބަސްވުން އަލުން މުރާޖައާކުރަން އެއްބަސްވުމުން ކުރީގެ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫގެ ބޯވެސް ގޮވީއެވެ. އެކަމަކު އޭނާގޮވަމުން އެގެންދަނީ އެހެން މީހުންގެ ބޯ ގޮވީކަމަށެވެ. އަދި އެހެންމީހުން މޮޔަވީކަމަށެވެ.
އިސްރާއީލުން ބުނަނީ އީރާނަށް ލިބުނު އެންމެ ފަހުގެފުރުސަތު އެމީހުން ނަގާލައިފި ކަމުގައެވެ. އެހެންވީމާ ދެން އަލުން އެ އެއްބަސްވުމުގެ ވާހަކަ ދައްކާނެ ތަނެއް ނެތް ކަމުގައެވެ. މެދުއިރުމަތީގެ ގައުމުތަކުން އެމީހުންގެ އަމިއްލަ ނިއުކްލިއަރ ހަތިޔާރު އުފައްދަން ފަށައިފިނަމަ ދެން ވާނީ ކިހެނެއްހެއްޔެވެ؟ ނަތަންޔާހޫގެ އިންޒާރުގައި ބުނެފައިވެއެވެ. އޭރުންމެދުއިރުމައްޗަކީ ނިއުކްލިއަރ ހަތިޔާރުގެ ގުދަނަކަށް ވީއެވެ. މިމޭރުމުން ބަސްމަގު ބަހަށްޓާއިރު ޒައިނިސްޓް އިޒްރޭލަކީ ޢިއުލާނު ނުކުރިނަމަވެސް އެމެރިކާގެ ފުރިހަމަ އެއްބާރުން ލިބިގެން މެދުއިރުމަތީގައި އޮތް ނިއުކުލިއަރ ޕަވަރެކެވެ. ދުނިޔޭގައި ނިއުމުލިއަރ ހަތިޔާރުގެ އެންމެހާ ގާނޫނުތަކާއި މުޢާހަދާތަކަށް ގޮންޖަހައި އިޒްރޭލުންވަނީ ނިއުކުލިއަރ ގައުމަކަށް ވެގަންފައެވެ. އެހެނަސް އަބަދުވެސް އީރާނާއި ދިމާކުރުމުގައި ހައްދެއްނެތެވެ.
އިސްރާއީލުން ބުނާގޮތުގައި އީރާނާއެކު ކުރެވޭ އެއްވެސް މުއާހަދާއެއްގައި އިސްރާއީލު ބައިވެރިއެއް ނުވާނެއެވެ. އިސްރާއީލުގެ ރައީސް މިހާރުވެސް އުޅެނީ އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ހުއްޓާލެވޭތޯ އެމެރިކާގެ މަސްއޫލު ވެރިންނަށް ފިއްތުންތައް ކުރިމަތިކުރަން އެމެރިކާއަށް ކުރަމުންގެންދާ ދަތުރެއްގައެވެ.
އީރާނާއެކު ބާރުގަދަ 6 ގައުމުން ހަދާފައިވާ ނިއުކްރިއަރ އެއްބަސްވުމާއި ގުޅޭގޮތުން އެންމެފަހުން ލިބެމުންދާ ޚަބަރުތަކުން އެނގޭގޮތުގައިއެންމެފަހުގެ ދެލިކޮޕީއަށް އެމެރިކާއާއި އީރާނުން ދީފައިވާ ޖަވާބުން ހެޔޮ ނިމުމަކާއި ހަމަޔަށް އާދެވިދާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އީރާނުގެ ކަމާނުބެހޭ ތަންތަނުން ފެންނަ މީސްމީހުން ފައްކާކޮށްފައި ހުންނަ ޔުރޭނިއަމްގެ އެތިއެތިކޮޅު ބައިނަލް އަގްވާމީ އިންސްޕެކްޓަރުން ބަލަންޖެހޭގޮތަށް މަގުޗާޓު ހަދައިގެން އެއަށް އަމަލުކުރުން އީރާނަށް މަޖުބޫރު ކުރުވާހަކަލަ އެއްބަސްވުކަށް އީރާނުން އާނ ބަސް ނުބުނާނެކަމަށް އީރާނުގެ ރައީސް ވަނީ ތަކުރާގުކޮށް އިންޒާރު ދެއްވައިފިއެވެ.
އަދި އައި. އޭ. އީ. އޭ. އިން ގެންގުޅޭ ހައްދުފަހަނަޅާފައިވާ ޑަބްލް ސްޓޭންޑަޑް ވިސްނުމަށް އީރާނުން ބޯ ނުލަބާނެ ކަމަށެވެ. އީރާނުގެ އެކިތަންތަނުގައި ވަކިމީހަކަށް ނުލައްވާ ގޮތަށް އުކާލެވިފައި ހުންނަ ޔުރޭނިއަމްގެ އެތިއެތިކޮޅު އެއީ ކިހެނެއް އެތަންނަތަނަށް އަންނަ އެއްޗެހިތޯ ބައިނަލް އަގްވާމީ އެޓޮމިކް އޭޖެންސީން އީރާނާ ސުވާލުކުރަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ.
ޔަހޫދީންގެ އިންޒާރުތަކާއި ގުޅޭގޮތުން އީރާނުގެ ރައީސް އިބްރާހީމް ރައިސީވިދާޅުވީ އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހަމަލާދީފައި އިސްރާއީލޭ ކިއުނު އެއްވެސް އެއްޗެއް ދުނިޔޭގައި އޮވޭތޯ ބަލަންތިބެ ބަލާށެވެ! އަންނަމަހު އޮންނަ އ. ދ. ގެ ޖެނެރަލް އެސެމްބްލީގައި އެމެރިކާގެ ރައީސް ބައިޑަންއާ ބައްދަލު ކުރައްވާފާނަންތޯ ދެންނެވުމުން ރައީސީ ވިދާޅުވީ އޭނާއާއި ބައްދަލުކުރުމަކުން އީރާނަކަށް އަދި އީރާނުގެ ރައްޔިތުން ނަކަށްވެސް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެހެންވީމާ ރައީސް ބައިޑަންއާ ބައްދަލު ކުރެއްވުމުގެ ވިސްނުންފުޅެއް ނެތް ކަމަށެވެ.
2015 ވަނައަހަރުގެ އެއްބަސްވުމުގައި ވާގޮތުން 3.67 އިންސައްތައަށް މުއްސަނދި ކުރެވިފައިވާ ޔުރޭނިއަމްގެ 300 ކިލޯގެ ބަރުދަން އައި. އޭ. އީ. އޭ. އިން ފާރަލަމުން ގެންދާގޮތަށް އީރާނުގައި ގެންގުޅެވިދާނެއެވެ. އެކަމަކު އެ މުއާހަދާއިން 2018 ވަނައަހަރު ޓްރަމްޕް އެކަހެރިވެގަތުމާއި ގުޅިގެން 60 އިންސައްތައަށް ފައްކާކުރެވިފައިވާ ޔުރޭނިޔަމްގެ 3800 ކިލޯގެ ފުނިވަރެއް އީރާނުން މިހާރު ޖަމާކޮށްފާ އެބަހުރިކަމަށް އައި. އޭ. އީ. އޭ. އިން އެބަބުނެއެވެ. ދާދިފަހުން އިރާނުންވަނީ އައިއޭއީއިން އީރާނުގެ ނިއުކުލިއަރ މޫވްމެންޓް ބަލުމަށްޓަކާއި ހަރުކޮށްފައިވާހުރި ގިނަ ކެމެރާތަކެއްގެ އޮޕަރޭޝަންވެެސް ހުށްޓާލާފައެވެ.
2 Responses
ކޮންމެވެސް ދުވަހަކުން ތިޔަބުނާއެއްޗެއް އީރާނުން ފައްކާކުރާނެހެން ހީވަނީ. މާބޮޑަށް ފިއްތަން އުޅެންޏާ ގިނަފަހަރު އެރޭނީ ނަގުލަށް ފައިން. ދެން އެނބުރިލާފައި ޖަހާނީ ކަށި.
އަސްލުވެސް. 33 އަހަރު ސެންކްޝަން ކޮށްގެންވެސް އެމެރިކާއަށް ލިބުނު އެއްވެސް މޮޅެއްނެތް. ސައްދާމު ލައްވާވެސް 8 އަހަރުގެ ހަނގުރާމައެއް ހުރިހާ ޢަރަބިގައުމުކަހަލަގޮތަކަށް ބައިވެރިވެގެން ހިންގިއެވެ. ނަމަވެސް އީރާން ބަލިނުކުރެވި ހަނގުރަމަ ހުށްޓާލަން ވީ މަޖުބޫރެވެ. އެކަން ހުށްޓުމުން ދެން ސައްދާމު ދުއްވާލީއެވެ. ޖެއްސުންކޮށް ދުއްޕާންކޮށްގެން ބިރުދައްކައިގެން ކުޑަ ޢަރަބި ގައުމަކަށް ހަދާހެން ފާރިސީ ކަރަޔަކަށް ނުހެދުނެވެ. ދެން އޮތީ ތިބުނާ އެމެރިކާގެ ޙަރާމްދަރި އިޒްރޭލުން އީރާނަށް ޙަމަލަދިނުމެވެ. ދޭކަށްވެސް ނުވެސް ކެރޭނެމެއެވެ. ކޮންމެވެސް މަކަރުވެރިގޮތަކަށް އެމެރިކާގެ ވެރީންގެ ބޮލަށްއެރިގެން އެމެރިކާލައްވާ ބޮޑިއެއް އަޅާފާނެއެވެ. ނަމަވެސް އެފަދަ ބޮޑިއެއް އެމެރިކާއިން އަޅައިފިނަމަ އީރާނުގެ ޖަވާބު ވަރަށް ވަރުގަދަ ވާނެކަން އެނގެއެވެ. އީރާނުގެ ބަހުރުވައިންވެސް އަދި ކަމުންވެސް އެނގޭނޫންހެއްޔެވެ. ދެންބަލަމާ..