ކޯވިޑް-19: އިއްޔެ އިތުރު 178 މީހަކު ބައްޔަށް ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp

އިއްޔެ ކޯވިޑް19 އަށް ރާއްޖެއިން އިތުރު 178 މީހަކު ފައްސިވެއްޖެއެވެ. އޭގެ ތެރެއިން 2 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި ބާކީ ހުރިހާ ކޭހެއް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

އިއްޔެ ފައްސިވީ މީހުންގެ ތެރޭގައި 141 ދިވެހިން ހިމެނޭއިރު، އޭގެ އިތުރުން ދެން ހިމެނެނީ ބަނގްޅަދޭޝްގެ 25 މީހަކާއި، އިންޑިޔާގެ 10 މީހަކާއި، އަދި ސްޕެއިންގެ 2 މީހެކެވެ.

އިއްޔެ ފައްސިވީ މީހުންނާއިއެކު ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 7225 އަށް އަރާފައިވާއިރު އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި، 2636 ކޭހެއް ފާހަގަ ކޮށްލެވެއެވެ. އިއްޔެއާއި ހަމަޔަށް މިބަލީގައި 162 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔައިރު، 1458 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރި ކުރެވިފައެވެ. ރާއްޖެއިން މިބަލީގައި މިހާތަނަށް 28 މީހަކު ނިޔާވެފައިވާއިރު، 4561 މީހަކު ވަނީ ބަލިން މުޅިން ފަސޭހަ ވެފައެވެ.

ރާއްޖޭގައި ކޯވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދިޔުމާއި ގުޅިގެން އިތުރު ފުރަބަންދަކަށް ދާންޖެހޭ ހިސާބަށް ހާލަތު ގޮސްފާނެ ކަމަށް ސިއްޙީ މާހިރުން ދަނީ ބުނަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް