” ފަނާކުރަނިވި  ބޮޑު ހަތް ފާފައާއި  ދުރުހެލިވުން“ 

Loading

Facebook
Twitter
WhatsApp

الْحَمْدُ لِلهِ وَالصّلَاةُ وَ السَّلَامُ عَلَى الْمَبْعُوْثُ رَحَمَةًلِلْعَالَمِيْنَ،وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْنْ، وَعَلَى مَنْ اقْتَدَى بِهَدْيِهِواسْتَنَّ بِسُنَّتِهِ إِلَى يَوْمِ الدِّيْنْأَمَّا بَعْدُ:

ފާނަކުރަނިވި ހަތްފާފަ މި ސުރުޚީއަށް ލިޔުމެއް ލިޔަން ތައުފީޤު ދެއްވި ކަމަށްޓަކައި ﷲ تَبَارَكَ وَتَعَالَى ޙަމްދު ކުރަމެވެ. އަދި މިލިޔުމުގެ އަމާޒަކީ އަޅުގަނޑުމެންގެ މުޖްތަމަޢާއި  އަފްރާދުން ހޭލުންތެރިކުރުމެވެ. އަދި ދީނުގެ މަގަށް ރުޖޫޢަވެ، ދީނާއި މުޖްތަމަޢަށް ލާބަ ހުރި ކަންކަމާއިގެން ކުރިޔަށް ދިއުމަށް ހިތްވަރު ދިނުމެވެ. އަދި މުޖްތަމަޢާއި އަފްރާދުންނަށް ދެދުނިޔެއިން ގެއްލުން ލިބެނެވި ހުރިހާ ކަމަކުން މުޖްތަޢު ދުރުހެލި ކުރުމެވެ. އަދި އުނގެނި އުގަންނައިދޭ ފަރާތްތަކުގެ ދީނީ މަޢްލޫމާތު މުއްސަނދިކޮށް އިތުރުކޮށް އެއާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِوَسَلَّمَ قَالَ: «اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوايَا رَسُولَ اللَّهِوَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِيحَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّييَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ الغَافِلاَتِ» صحيحالبخاري (4/ 10)

މާތް الله އެބޭކަލަކަށް ރުއްސުންލެއްވި އަބޫހުރައިރާގެ ފާނު ކީރިތި ނަބިއްޔާ  ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހުން ރިވާ ކުރައްވައި ވިދާޅުވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ފަނާކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން ދުރުވެގަންނާށެވެ! އެބޭކަލުން ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެ ފާފަތަކަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ.” ﷲ އަށް ޝަރީކުރުމާއި،އަދި ސިޙުރު ހެދުމާއި،އަދި މާތްﷲ ޙުރުމަތްތެރި ކުރެއްވި ފުރާނައެއް ޙައްޤަކާ ނުލައި މެރުމާއި،އަދި ރިބާ ކެއުމާއި އަދި ޔަތީމުންގެ މުދާ ނުޙައްޤުން ކެއުމާއި،އަދި ހަނގުރާމާއިގެ މައިދާނުން ފިލަން ދިއުމާއި،އަދި ޢިއްފަތްތެރި މަޢްޞޫމް މުއުމިނު އަންހެނުންގެ ބޮލުގައި ޒިނޭގެ ދޮގު ތުހުމަތު އެޅުވުމެވެ. “

1.ފުރަތަމަ ފާފަ: ﷲ އަށް ޝަރީކު ކުރުން

މިތަނުގައި ޝަރީކު ކުޅައުމޭ ބުނެވެނީ ﷲ އާއި އެހެން އެއްޗެއް އެކަލާނގެ ރުބޫބިއްޔަތު ނުވަތަ އުލޫހިއްޔަތު ގައި ބައިވެރި ކުރުމެވެ. ބޮޑަށް އުލޫހިއްޔަތެއެވެ. އުލޫހިއްޔަތުގައި  ޝަރީކު ކުރުމަކީ:އަޅުކަން އަދި ދުޢާ، އަދި ޤުރުބާން ކުރުން، ބިރުވެތިވުން، ނަދުރުފަދަ އަޅުކަންތައް ކަމަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއްގައި އެކަލާނގެއާއި އެކު ބައިވެރިކުރުމެވެ.

ޝިރުކު ބެހެނީ މައިގަނޑު ދެބަޔަކަ:

1.ބޮޑު ޝިރުކު:

އިސްލާމް ދީނުން މީހާ ބޭރުވާ ޝިރުކެވެ. އެކަމުން ތައުބާނުވެ މަރުވި މީހާ އަބަދައްޓަކައި ނަރަކާގެ ދެމިއޮނާނެ ފާފައެކެވެ. (މިސާލަކަށް:ﷲ ފިޔަވައި އެހެންފަރާތަކަށް ދުޢާ ދެއްނެވުން ،ޤުރްބާންކުރުން، ޤަބުރަށް ނުވަތަ ޖިންނިއަށް ޤުރްބާން ކުރުން، މަރުވެފައި ތިބޭމީހުން  ދެކެ ބިރުގަތުން ނުވަތަ ޖިންނި ދެކެ ބިރުގަތުން ނުވަތަ އެމީހުން ގެއްލުމެއް ދީފާނެކަމަށް ޤަބޫލުކުރުންފަދަ ކަންކަންމެވެ.)

وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰؤُلَاءِشُفَعَاؤُنَا عِندَ اللَّهِ ۚ قُلْ أَتُنَبِّئُونَ اللَّهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِيالْأَرْضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ ‎﴿١٨﴾يونس 10

އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ތަކެއްޗަކީ، اللَّه ގެ حضرة ގައި ތިމަންމެންނަށް شفاعة ތެރިވާނޭ ތަކެއްޗެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް اللَّه ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް خبر ދެނީހެއްޔެވެ؟ އެއުރެން އެ شريك ކުރާ ތަކެތިން އެކަލާނގެ ހުސްطاهر ވެ މަތިވެރިވެވޮޑިގެންވެއެވެ.

2.ކުޑަ ޝިރުކު: ދީނުން ބޭރުނުވާ ޝިރުކު އެހެނަސް މީހާގެ އީމާންތެރިކަމާއި ތައުޙީދަށް އުނިކަން ގެނުވައެވެ. އަދި އެއީ ބޮޑެތި ޝިރުކު ކުރުމަށް މަގުފަހިކޮށްދޭނެ ޝިރުކެވެ. މި ވައްތަރު ޝިރުކު ވެސް ދެބަޔަކަށް ބެހިގެން ދެއެވެ.

ހ.ފާޅުކަން ބޮޑު ޝިރުކު:(ބަހާއި ޢަމަލު) މިސާލަކަށް: ﷲ ފިޔަވައި ހުވާކުރުން(“ مَنْ حَلَفَ بِغَيْرِ اللهِ، فَقَدْ كَفَرَ , أَوْ أَشْرَكَ ”السنن الكبرىللبيهقي (10/ 52) މާނައީ:”ﷲ ފިޔަވައި ހުވާކޮށްފިމީހާ،ކާފިރު ވެދާނެކަން ކަށަވަރެވެ. ނުވަތަ ޝިރުކުކޮށްފިއެވެ”

ނުވަތަ މީހަކު ދުޢާކުރުމުގައި އެހެން ފަރާތެއް ބައިވެރިވާފަދަ ގޮތަށް ދުޢާކުރުން عَنِ ابْنِ عَبَّاسٍ، قَالَ: قَالَ رَجُلٌ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَا شَاءَ اللهُ وَشِئْتَ. قَالَ: «جَعَلْتَ لِلَّهِ نِدًّا بَلْ مَا شَاءَ اللهُ وَحْدَهُ» المعجمالكبير للطبراني (12/ 244) މާނައީ:މީހަކު ކީރިތި ނަބިއްޔާ އަރިހުގައި ދެންނެވިއެވެ. مَا شَاءَ اللهُ އަދި އިބަ އިލާހު އެދިވޮޑިގަންނަވާ ގޮތެއްގައެވެ. އެހިނދު އެކަލޭގެފާނު ދެންނެވިއެވެ. ތިބާ ﷲ އާ މެދުވެރި އެއް ބައިވެރި ކުރީ ނޫންހެއްޔެވެ؟ކިއެއްހެއްޔެވެ؟ތިބާ ހަމައެކަނި ﷲ އިރާދަކުރައްވާ ގޮތަށޭ ބުނިނަމަ،ތިބާއަށް ފުދެއެވެ.

ށ.ވަންހަނާ ވެގެންވާ ޝިރުކު: މި ވައްތަރު ޝިރުކު ގުޅިފައިވަނީ މީހާގެ، އިރާދައާއި (ކުޅަދާނަކަން)  ނިޔަތާއި އަދި ދެއްކުންތެރިކަމުގެ މައްޗަށެވެ. ރަނގަޅު ކަމެއް ކޮށްފައި މީހުންގެ ފަރާތުން އެކުރިކަމެއްގެ ތަޢުރީފު ބަސްތައް ނުވަތަ ޘަނާކިޔުމަށް ލޯބިކުޅައުމެވެ. އަދި މީހަކަށް ޞަދަޤާތުގެ ގޮތުން ހެޔޮ ފޯރުކޮށް ދިނުމަށްފަހު ވެސް އެމީހުންގެ ފަރާތުން ދީލަތި މީހެކޭ ބުނުވުމަށް އެމީހާ އެދުމެވެ.

فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِأَحَدًا ‎﴿١١٠﴾‏الكهف 110 . ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ صالح عمل ން عملކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!

قَالَ: قَالَ رَسُولُ اللهِ – صلى الله عليه وسلم -: “ إِنَّ أَخْوَفَ مَا أَخَافُعَلَيْكُمْ الشِّرْكُ الْأَصْغَرُ ”, فَقَالُوا: يَا رَسُولَ اللهِ وَمَا الشِّرْكُ الْأَصْغَرُ؟ , قَالَ: “ الرِّيَاءُ , يَقُولُ اللهُ لَهُمْ يَوْمَ الْقِيَامَةِ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ بِأَعْمَالِكُمْ فِي الدُّنْيَا , فَانْظُرُوا هَلْتَجِدُونَ عِنْدَهُمْ جَزَاءً؟ “ الجامع الصحيح للسنن والمسانيد (4/ 480)މާނައީ:ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބިރުފުޅު ގެންވާ ކަމަކީ ކުޑަ ޝިރުކެވެ. އެބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ކުޑަ ޝިރުކަކީ ކޮބައިތޯއެވެ؟ދެންނެވިއެވެ.”ދެއްކުން ތެރިކަމެވެ.“ ޤިޔާމަތް ދުވަހުން މީސްތަކުންގެ ޢަމަލުތަކަށް އެކަލާނގެ ޖަޒާ ދެއްވެވުމަށްފަހު ﷲ ވަޙީކުރައްވާނެތެވެ.” ދުނިޔޭގައި މީހުނަށް ދެއްކުމަށް ޢަމަލުކުޅަ މީހުން، އެބައިމީހުންގެ ފަރާތުން ތިޔަބައިމީހުނަށް ޖަޒާއެއް ލިބޭތޯ ނިކަން ގޮސްބަލާށެވެ!

ﷲ އަށް ޝަރީކު ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ވެސް އެންމެ ބޮޑު ފާފައެވެ.

عَنْ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرَةَ، عَنْ أَبِيهِ رَضِيَ اللَّهُ عَنْهُ قَالَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَلاَ أُنَبِّئُكُمْ بِأَكْبَرِالكَبَائِرِ» قُلْنَابَلَى يَا رَسُولَ اللَّهِ، قَالَ: “ الإِشْرَاكُ بِاللَّهِ، وَعُقُوقُ الوَالِدَيْنِ، وَكَانَ مُتَّكِئًا فَجَلَسَ فَقَالَأَلاَ وَقَوْلُ الزُّورِ، وَشَهَادَةُ الزُّورِ، أَلاَ وَقَوْلُ الزُّورِ، وَشَهَادَةُ الزُّورِ “ فَمَا زَالَيَقُولُهَا، حَتَّى قُلْتُلاَ يَسْكُتُصحيح البخاري (8/ 4)މާނައީ: ”ތިބޭކަލުންނަށް ފާފަތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަކީ ކޮބައިކަން ތިމަން ކަލޭގެފާނު ވިދާޅުވެ ދެއްވަންތޯއެވެ؟ ތިމަން ބޭކަލުން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ ވިދާޅުވެ ދެެއްވާށެވެ! ޙަދީޘްކުރެއްވިއެވެ.”ﷲއަށް ޝަރީކު ކުޅައުމެވެ. އަދި މައިންބަފައިންނަށް އުރެދުމެވެ. އަދި އެކަލޭގެފާނު އިށީދެވަޑައިގެން އިންނެވުމަށް ތެދުވެ ވަޑައިގެން ދެންނެވިއެވެ. ޙަޤީޤަތާއި ޚިލާފު ދޮގުވާހަކަ ދެއްކުން އޭގެ ތެރޭގައި ނުވަނީ ހެއްޔެވެ؟އަދި ދޮގު ހެކި ދިނުން އޭގެ ތެރޭގައި ނުވަނީ ހެއްޔެވެ؟ފަހެ، އެކަލޭގެފާނު އެ ބަސްފުޅު ތަކުރާރު ކުރެއްވިލެ ގިނަކަމުން އެކަލާގެފާނު ހުއްޓަވައި ނުލައްވާނެ  ކަމަށް ތިމަން ބޭކަލުން ހީފުޅު ކުރެވުނެވެ.“

إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْبِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا ‎﴿١١٦﴾‏النساء 116 . ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.

إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَمِنْ أَنصَارٍ ‎﴿٧٢﴾‏ المائدة 72. ހަމަކަށަވަރުން اللَّه އަށް شريك ކުރާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ حرامކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: شريك ކުޅަ މީހުންނަށް) نصر ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.

…ނުނިމޭ

Loading

2 Responses

  1. މިބާވަތުގެ ދީނީ ހޭލުންތެރިކަން އިތުރުކުރެވޭނެ ލިއުންތައް ގިނަގިނައިން ފެނުމަށް އެދެމެވެ.

    1. އަސްލުވެސް. އިންސާނުން އެބަޖެހޭ ހަމަޖެހިލައިގެން އިންސާފު ގައިމުކޮށްދީގެން ދުނިޔެ އުޅަން. އެހެންވާނީ ޑިމޮކްރެސީއަކުން ނޫނެވެ. އެކަން ވާނީ މާތްﷲގެ ފޮތާއި ރަސޫލާ އުޅުއްވިގޮތަށް އެބުރި އާދެވިގެނެވެ. ޝޭއިޚް އިއްޒުއްދީނަށް ޝުކުރު ދެންނެވީމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް