ދެއްކުންތެރިނުވެ ހިތް ނިޔަތް ޚަލާސްކުރަމާތޯއެވެ.

Loading

Facebook
Twitter
WhatsApp

ބައެއްމީހުން ތަސްބީހައިގެ އޮށްފަތިގުނަމުން ބައެއްބޭކަލުން ފުންމިންނޭނގޭ ޢިލްމުގެކަނޑަށް ފީނަމުން އަދި ބައެއް ބޭފުޅުން ރުކޫޢު ސުޖޫދު  ގައި ހިނދުދިގުކޮށް ގިސްލަ ގިސްލާ ފައި ކަރުނު އޮހޮރާލަމުން މިކުރަނީ އެއްމަސައްކަތެކެވެ. އުފުލަނީ ހަމަ އެއްބުރައެކެވެ. އެންމެންގެ ވެސް މަޤްޞަދަކީ އަދި މިސްރާބަކީ އެއްއަމާޒަކަށް ވާޞިލުވުމެވެ. ދަތުރުކުރާމަގު ތަފާތުވިޔަސް ވިސްނުމާފިކުރު އެކައްޗަކަށް ނުވިޔަސް މިކުރާ މަސައްކަތާއި އުފުލާހާ ބުރައަކީ ކީރިތިވަންތަ ކަށަކުޅަދުންވަންތަ ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުން ލިބިގަތުމެވެ. މިހެންނުވާންވީ ފަހެ ކީއްވެތޯއެވެ. މިދުނިޔެއަކީ ބުރަ އުފުލުމުގެ ގޯއްޗެވެ. އާޚިރަތުގެ ގޯއްޗަކީ އެއްވެސް ބުރަ އުފުލުމެއްނެތި މިއަދު މިއުފުލާބުރައިގެ ދަރުމައާޘަވާބު ލިބިގަތުމުގެ ގޯއްޗެވެ.

ޚަޠީބު މިމްބަރަށްއަރާ ވަޑައިގެން ޚުޠުބާ ވިދާޅުވާންފެށި ފަހުން ކުރީންމިސްކިތަށް ޙާޒިރުވެތިއްބެވި ބޭފުޅުންގެ ބޯބޯމަތީންގޮސް ފުރަތަަމަ ސަފުގައި ނަމާދުކުރަން ފެށުމުން ތިބާއަށް ހުކުރުނަމާދަށް ޙާޒިރުވެވުނީކަމަށް ޤަބޫލު ކުރެވޭނަމަ އެވާނީ ބޮޑު ކުށްހީއަކަށެވެ. އަދި ކުރީ ސަފަށް އެރުނީތީ އިތުރު ސަވަބު ލިބޭނެކަމަށް ހީކުރުމަކީ ކުށްހީއެކެވެ. ވީމާ މެންދުރުނަމާދަށް ބަންގި ގޮވުމުގެ ކުރީން ހުކުރުނަމާދަށް ޙާޒިރުވެ ލިބެންއޮތް އެންމެކުރީ ސަފެއްހޯއްދެވުން މާރަގަޅު ނުވާނެތޯއެވެ. ތިމާގެ ބޭރުފުށުން ދީންވެރިކަން ދެއްކުން ހުއްޓާލެވޭތޯ ބެލުމަކީ ކުރަންޖެހިފައިވާކަމެކެވެ. އަދި ދެއްކުންތެރިނުވެ ހިތް ނިޔަތް ޚަލާސްކުރަމާތޯއެވެ.

 

 

Loading

One Response

  1. ވަރަށް ބޮޑު ތެދެއްތިއީ. ބައެއްމީހުން ސަވާބު އިތުރުކުރަށް މީހިންގެ ބޯމަތިން ފުމެމުންގޮސް ކުރީސަފުގައި ކުރިން އަރާތިބޭ މީހުން ފިެއްތާލައިފަވެސް ކުރީސަފުން ޖާގަ ހަދައެވެ. އެއީ އެމީހުނަށް ވިސްނޭވަރެވެ. ކުރީސަފު ބޭނުންނަމަ ތިބުނާހެއްނ ބަންގީގެ ކުރިން މިސްކިތައް އަރަންވީނޫންތޯއެވެ. ތިއީ ބަރާބަރު ލިޔުންކޮޅެއް.

Leave a Reply to މުރުޝީދާ ރައޫފު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް