އިންސާނުންގެ ފުއްޕާމޭގެ ތެރެއިން ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ސައިންސްވެރިން ކުރި ދިރާސާއެއްގައި ދިރިހުރި އިންސާނުންގެ ފުއްޕާމެއިން ނެގި ސާމްޕަލްތަކެއްގެ ތެރެއިން މައިކްރޯޕްލާސްޓިކްތަކެއް ވަނީ ފެނިފައެވެ. މި ދިރާސާ ކުރުމަށް ނެގި ހުރިހާ ސާމްޕަލަކުން ވެސް ވަނީ މައިކްރޯ ޕްލާސްޓިކްސް ފެނިފައެވެ.

މި ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެފައިވާ ގޮތުގައި ދިރާސާއިން ލިބުނު ނަތީޖާއިން މައިކްރޯޕްލާސްޓިކްސް ދުނިޔޭގެ އިކޯސިސްޓަމުގެ ތެރެއަށް ވަދެފައިވާ މިންވަރު ސާފުކޮށް ހާމަވެގެންދެއެވެ. އަދި އިންސާނުންގެ ހަށިގަނޑު ތެރެއިން މައިކްރޯޕްލާސްޓިކްސް ފެނުމަކީ އެއެއްޗެތީގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުންތައް އިތުރަށް ދިރާސާ ކުރުން މަޖުބޫރުވެގެންދާނެ ކަމެއް ކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ.

މި ދިރާސާގައި ބޭނުންކޮށްފައިވާ ސާމްޕަލްތައް ނަގާފައިވަނީ ސާޖަރީ ކުރަމުންދިޔަ ސިއްހަތު ރަނގަޅު 13 މީހެއްގެ ފުއްޕާމޭގެ ތެރެއިންނެވެ. އަދި 13 ސާމްޕަލްގެ ތެރެއިން 11 ސާމްޕަލަކުން ވަނީ މައިކްރޯޕްލާސްޓިކްސް ފެނިފައެވެ. ފެނިފައިވާ މައިކް ރޯޕްލާސްޓިކްސްގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފެނިފައިވަނީ ތަކެތި ބަންދު ކުރުމާއި ފެންހޮޅި އެޅުމަށް ބެނުންކުރާ ޕޮލީޕްރޮޕޭންއާއި ޕްލާސްޓިކް ފުޅިތަކުގައި ބޭނުންކުރާ ޕެޓްއެވެ. މީގެ ކުރިން ކުރިޔަށް ގެންގޮސްފައިވާ ދިރާސާއަކުން ވަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުގެތެރެއިން ވެސް މައިކްރޯޕްލާސްޓިކްސް ފެނިފައެވެ.

މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ވަނީ ނޭވާ ލުމާއި ކެއިން ބުއިމުގެ ތެރެއިން އިންސާނުންގެ ހަށިގަނޑު ތެރެއަށް މައިކްރޯޕްލާސްޓިކްސްގެ ބާވަތްތައް ވަންނަކަން ޔަގީންވެފައެވެ. އަދި މައިކްރޯޕްލާސްޓިކް ޕޮލިއުޝަން ގިނަ ސަރަހައްދު ތަކުގައި މަސައްކަތްކުރާ މީހުންގެ ތަފާތު ބަލިތައް ގިނަކަންވެސް ވަނީ ދިރާސާތަކުން ފާހަގަކުރެވިފައެވެ.

ފާއިތުވި މާޗްމަހުގެ ކުރީކޮޅު ސައިންސްވެރިން ކޮށްފައިވާ ދިރާސާއަކުން ވަނީ ލޭގެ ނިޒާމުގެ ތެރޭގައި މައިކްރޯޕްލާސްޓިކްސް ދަތުރު ކުރާކަން ފާހަގަ ކުރެވިފައެފެވެ. އަދި މީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގައި މައިކްރޯޕްލާސްޓިކްސް ހަރުލާނެ ކަމަށް ސައިންސްވެރިން އޭރު ވަނީ ބުނެފައެވެ. މައިކްރޯޕްލާސްޓިކްސްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް އަދި ޔަގީން ކުރިވިފައިނުވިނަމަވެސް ގިނަ ސައިންސްވެރިން އަންނަނީ މައިކްރޯޕްލާސްޓިކްސްގެ ސަބަބުން ލެބް ތަކުގައި ހުންނަ ސެލްތަކަށް ގެއްލުން ލިބޭތީ އިންސާނާގެ ހަށިގަނޑު ތެރޭގައި ހުންނަ ސެލްތަކަށްވެސް ގެއްލުން ލިބޭނެ ކަމަށް ބުނަމުންނެވެ.

މި ދިރާސާގައި ބައިވެރިވެފައިވާ ސައިންސްވެރިއެއް ކަމަށްވާ ހަލް ޔޯކް މެޑިކަލް ސްކޫލްއަށް ނިސްބަތްވާ ލައުރާ ސަޑޮފްސްކީ ބުނި ގޮތުގައި ސާމްޕަލްތަކުން ފެނިފައިވާ މައިކްރޯޕްލާސްޓިކް ތަކަކީ ފުއްޕާމޭން ފެނިދާނެކަމަށް ހީވެސް ނުކުރާހާ ބޮޑު މައިކްރޯޕްލާސްޓިކްތަކެކެވެ. އަދި މައިކްރޯޕްލާސްޓިކްސް ހަށިގަނޑުގައި ހުރި ނިސްބަތަކީވެސް ލަފާ ކޮށްފައިނުވާ ވަރުގެ ބޮޑު ނިސްބަތެކެވެ.

މައިކްރޯޕްލާސްޓިކް އިންސާނުންގެ ލެއާއި ގުނަވަންތަކުގައި: ލިބޭ ގެއްލުން ވަނީ ބަލަން ޖެހިފައި

މި ދިރާސާ ވަނީ ”ޖާނަލް ސައިންސް އޮފް ދަ ޓޯޓަލް އެންވިރަންމެންޓް“ ގައި ޕަބްލިޝް ކުރުމަށް ނިންމާފައެވެ. މި ދިރާސާއިން 0.003 މިލިމީޓަރުގެ ބޮޑު މައިކްރޯ ޕްލާސްޓިކްވެސް ވަނީ ފެނިފައެވެ. އަދި ފެނުނު މައިކްރޯޕްލާސްޓިކްގެ ބާވަތް ވެސް ވަނީ ސްޕެކްޓްރޮސްކޮޕީ ބޭނުނކޮށްގެން ހޯދާފައެވެ.

ގިނަ އަދަދެއްގެ ޕްލާސްޓިކް ކުނިތައް ދުނިޔޭގެ އެކި ހިސާބުތަކަށް ހުއްޓުމެއްނެތި އަޅަމުން ދިޔުމުގެ ސަބަބުން މިހާރު ދުނިޔޭގެ ގިނަ ހިސާބުތަކުން މައިކްރޯޕްލާސްޓިކްސްގެ އަސަރުތައް އަންނަނީ ފެނަމުންނެވެ. މޫދު އެންމެ އަޑީ ހިސާބުތަކުން ފެށިގެން ފަރުބަދަ ތަކުގެ އެންމެ އުސް ހިސާބުތަކާ ހަމައަށްވެސް ޕްލާސްޓިކް ކުނީގެ އަސަރު ވަނީ ފޯރާފައެވެ.

މިހާތަނަށް މައިކްރޯޕްލާސްޓިކްސް ވަނީ މާބަނޑު އަންހެނުންގެ މަހުގެތެރެއިންވެސް ފެނިފައެވެ. ފަހުން ނެރެފައިވާ ރިވިއުއެއްގައި ސައިންޓިސްޓުން ބުނެފައިވާ ގޮތުގައި މައިކްރޯޕްލާސްޓިކްގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަކީ މިހާރު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް