ޓެރަރިޒަމްގެ ތުހުމަތުކޮށް އައްޑޫ ސިޓީން ގިނައަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ޓެރަރިޒަމްގހެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި އައްޑޫން ގިނަ އަދަދެއްގެ މީހުން މިއަދު  ހައްޔަރުކޮށްފި އެވެ.

ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ބަޔަކު ހައްޔަރުކުރި ކަން ފުލުހުން ވަނީ ޔަގީން ކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޓެރަރިޒަމް އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި މިހާތަނަށް ނުވަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން އަންނަނީ މި ކަމާގުޅޭ ހާއްސަ އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ހިންގަމުންނެވެ.
އައްޑޫ ސިޓީން ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާއިރު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.އެސް ޖަޔަޝަންކަރުގެ އިތުރުން  ބައެއް ވަޒީރުން ތިއްބެވީ އެ ސިޓީގައެވެ.

ނަވެސް ހައްޔަރު ކުރި މީހުންނާމެދު ފުލުހުން ތުހުމަތުކުރާ ޓެރަރިޒަމް އަމަލާއި ރައީސްގެ ދަތުރުފުޅާ ގުޅޭކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުންބުނީ އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

Loading

3 Responses

  1. ޑިމޮކްރެސީ އާއި ޕާރޓީ ސިސްޓަމް އައިފަހުން ހަމަގައިމުވެސް މީހުން މެރުމާއި ޓެރަރިޒަމާއި މަސްތުވެގަންނަން ބޭނުންކުރާ އެއްޗެއްސާއި ދީނީ ފިކުރުގެ ތަފާތު މާބޮޑަށް އިތުރުވަމުން މިއަންނައައުން ރަނގަޅުކުރަން އެބަޖެހޭ. ޑިމޮކްރެސީ ގެނައިދުވަސްވަރު ނުރައްކާތެރި ގޭންގުތަކުން ދެން އެކަހަލަ ނުރައްކާތެރި ހަރަކާތްތައް ނުހިންގާނަމޭކިޔައި ވަރަށްފަޚުރުވެރިކަމާއެކު މޮޅުކަމަކަށް ހަދައިގެން ޓީވީ ތަކަށް އަރައި އިންޓަރވިއުތައް ދެމުންގެންދިޔަ ދުވަސްތަކުގެ ހަނދާން އަދިވެސް އެބަހުރި.

  2. ބަޔަކު ގައުމު ވިއްކާލައި ދިވެހިންގެ ދިރިއުޅުމަށް އެމީހުން ބޭނުންވާގޮތަކާއި ދެކޮޅު ކޮންމެ މީހަކުވެސް މިގައުމުގައި ޓެރަރިސްޓެއްގެ ގޮތުގައި ލޭބަލްކޮށް އަނިޔާވެރި ޙަރާމް ވެރިކަމެއް ދެމެހެއްޓުމަށް ކުރާކަމަކަށް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް