އެޗް.ޕީ.އޭ އާއި ގައުމު ޙަވާލުކޮށްގެން ނުހުންނެވުމަށް ރައީސުލް ޖުމްޙޫރިއްޔާއަށް ދަންނަވަން

Loading

Facebook
Twitter
WhatsApp

ކްރޯނާ ވައިރަސް އަކީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއްކަމުގައި ބެލެވެން ފަށައިފިއެވެ. މިވަބާ އަކީ، އުފައްދައިގެން ހިންގާ ވަބާ އެއްކަމަށްވެސް ބާރުލައިފަ އަޑުތައްމިވަނީ ފެތުރިފައެވެ. ބަލި ނުޖެހޭ އެތައްހާސް  ރައްޔިތުން އެބައްޔަށް ޕޮޒިޓިވްވެ ނޫނީ ބަލިޖެހިފައިވާކަމަށް ބުނާ މީހަކާ ކޮންޓެކްޓް ވެއްޖެކަމަށް ބަލާ އެކަހަށި ބަންދެއްގައި  ތިބެން ޖެހުމުގެސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވެ ނިކަމެތިވެ، މި ބައްޔަށް ފަރުވާ ހޯދުމުގެ ނަމުގައި، އަގުބޮޑު މެޝިނަރީތަށް ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިސާއިން ނާއި ބޭރުގެ އެހީއިން ގަނެ، މިކަމުގައި ޙަރަކާތްތެރިވެވޭނެ ފުރުސަތު ދީފައިވާ ގިނަބަޔަކު މުއްސަނދިވެ، ރައްޔިތުން ނިކަމެތިވެ އަނގަޔާ އަތާއި ނުފޯރާފަށަށް ދިއައިރު، އެޗް.ޕީ.އޭ އިން ގެންދަނީ ރައްޔިތުން ޖޫރިމަނާ ކޮށް، ހައްޔަރުކޮށް މިވަގުތާއި ޙާލަތާއި ނުގުޅޭ އަދަބުތަށް ދެމުންނެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ލޮލުން ކަރުނަ އަޅަމުންދާ އެތަކެއް ރައްޔަތުމީހާއާއި ދިމާވެ، އެއުރެންގެ އަޑުފުލައިދޭނެ މީހަކުނެތުމުން ލިޔަން ގަސްދުކުރީއެވެ. ޙަލަތުގޯސްވެސް ސަލާމަށް އަތްދިކުރާމީހުން ވަރަށް ގިނަވެއްޖެއެވެ.

ހޮޓާ ހިންގާ ފަރާތްތަކާއި ވިޔާފާރިތަކާއި، ވޯކްޝޮޕް އަދި މިނޫންވެސް ގިނަގުނަ  މަސައްކަތްކުރާ ފަރާތްތައް ދަނީ ބަނގުރޫޓް ވަމުންނެވެ. މާލޭތެރާގައި ބުރެއްޖަހާލެއްވިންތޯއެވެ. ރައްޔަތުން އުޅެމުންގެންދާ ނިކަމެތި ޙާލު ތަސައްވަރު ކުރެވޭނީ އަމިއްލަ ލޮލުން ދެކެ ޒިންމާދާރުވެ ވެރިމީހާ ޒިންމާނަގައިގެންކަމީ ގަބޫލުކުރަންޖެހޭ ޙަގީގަތެކެވެ. ވަރަށް ގިނަ ފަރާތްތަކުން ދިވެހިންނަށް ފޭސް މާސްކް އާއި އެހެނިހެން އާލާތްތައް މި ކޮވިޑުން ސަލާމަތްތެރި ވުމަށްޓަކައި ހަދިޔާކޮށްފިކަމަށް ޚަބަރުފަތުރާ ފަރާތްތަކުން ގޮވާއަޑު އަބަދުމެ އަހަމެވެ. ނަމަވެސް މިފަދަ ބޮޑެތި ޖުރުމާނާކޮށް ހަދަމުން ދާއިރު އެ މާސްކުތައްކާއި އެ ހިލޭލިބިފައިހުރި އާލާތްތައް ރައްޔަތުންނަށް ހިލޭ ފޯރުކޮށްނުދެނީ ކީއްވެތޯ ސުވާލު ދަންނަވަމެވެ.  މާސްކުއަޅަން މަޖުބޫރުކުރިފަހުން މިހާރު މާސްކްވެސް ލިބެނީ ބޮޑު އަގުގައެވެ. މާސްކު ނުދީޖޫރިމަނާ ކުރުމަކީ ކޮންބާވަތެއްގެ އިންސާފެއްތޯއެވެ. އެޗް.ޕީ.އޭ އިން ހިންގާ މިފަދަ ރައްޔިތުންނަށް ސީދާ މުސީބާތަކަށްވާކަހަލަ ކަންތައްތަކުގެ ސަބަބުން ގައުމާ ރައްޔިތުން ބިކަހާލުގައި ޖެހިފައިވާ މިންވަރު ޚުދު ރައިސް ސޯލިޙުގެ ސަރުކާރަށްވެސް ވަޒަނެއްނުކުރެވޭތީ ހިތާމަކުރަމެވެ.

ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރާ ގިނަގުނަ މަސައްކަތް ހުއްޓި އެތައްހާސް ބައެއްގެ ވަޒީފާ ގެއްލި، ރައްޔިތުންގެ ގިނަބަޔަކު ބަނޑަށްޖެހިއްޖެއޭ ބުނުން ދޮގަކަށްވާނެހެއްޔެވެ. ބޮޑެތި ކުލި ދީގެން ހިންގާ ވޯކްޝޮޕް ތަކާ ހޮޓާތައް ހުއްޓި ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފައިގެންއުޅޭ ފަރާތްތައް ދަރަނިވެރި ވެއްޖެއެވެ. މިބަލީގެ ނަމުގައި ސަރުކާރުން އެކުރާ އަދި ކުރަމުންދާ ހޭދައަކީ ވަކިބައެއްގެ ޖީބަށް  ވަންދަން ކުރާ ގެޓް ރިޗް ސްކީމް އަކަށްވެ، އެފަރާތްތަކުގެ ދަހިވެތިކަން ބޮޑުވެ މިޙަރަކާތުގައި ދުރާ ގާތުން ޙަރަކާތްތެރިވާ ފަރާތްތައް ވަނީ ރައްޔިތުން އަޅުވެތިކޮށްފައެވެ.

ޢިއްޒަތް އެކަށޭނަ ރައިސްއެވެ!

ގައުމުގެ ރައްޔިތުންގެ ޙާލަތާމެދު ޙަމްދަރުދީވެ ވަޑައިގެން އެޗް.ޕީ.އޭ އިން ހިންގާ މިދެންނެވި ޚިޔާނާތާއި އަދި ނާގާބިލު ޢަމަލުތައް ހުއްޓުވާ ދެއްވާށެވެ.

ރައްޔިތުން ރަށުބަންދުވެ، ގޭ ބަންދުވެ، އާމްދަނީ ހޯދަންކުރާ މަސައްކަތް ހުއްޓި، ކްރޯނާ ވައިރަސްއޭ މިކިޔާ ބައްޔަށް ދުވާލަކު އެތައްބަޔަކު ޕޮޒިޓިވް ވަމުން އެދަނީ ހަގީގީ  ޕޮޒިޓިވް ވުންތަކެއް ނޫންކަން ސުވާލުއުފެދޭ ހިސާބަށް ގޮއްސާވާއިރު  ރައްޔިތުން ހިފަހައްޓާ އޮބަހައްޓާ ޖޫރިމަނާކޮށް އާމްދަނީ ހޯދާ ވަސީލަތްތައް ހުއްޓުވާ ދަތުރު ފަތުރާއި މީހުން ބިކަޙާލުގައި ޖެހި ދަޢުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވަމުންދާ ދިއުމަކީ އެމް.އެމް.ޕީ.އާރު.ސީ ގެ ބޮޑު ޚިޔާނާތައްވުރެ ހަގުނަ ކުރީގައި އުޅޭ ޚިޔާނާތެކޭވެސް ބުނެވިދާނެއެވެ. އާންމު ޙާލަތަކަށް ރައްޔިތުން މިނިވަންނުވެ، ބަލި ކޮންޓްރޯލް ނުކުރެވި މިދާ ދިއުމަކީވެސް މިކަންކަން، އަޑީގައި ތިބެގެން ހިންގާ ފަރާތްތަކުން ގައުމާ ރައްޔިތުންނަށް ވަމުންދާ ބޮޑު ޚިޔާނާތެކެވެ. ދުނިޔޭގައި ފުރަތަމަ ކޮރޯނާ ވައިރަސް ޢިއުލާނުވުމާ ގުޅިގެން ސަރުކާރުން އެބަލި ފެތުރުނަ ނުދިއުމަށް މި މީހުންކޮޅު މަދު ގައުމުގައި ޚާއްސަގޮތެއްގައި ގްރޭޓަރ މާލެ އޭރިއާ ކޮންޓްރޯލު ކުރުމަށް އަޅަންޖެހޭ ހުރިހާފިޔަވަޅެއް ކުރިއާލައި އެޅިއްޖެކަމަށް ހަރުއަޑުން ސަރުކާރުން ގޮވާ ނެގިއެއްނޫންތޯއެވެ. ނަމަވެސް ޓާސްފޯސްގެ ޙާލަތު މިނިސްޓަރު ޢަލީވަހީދުމެން ޖެހި ސަކަރާތް ރައިސްއަށް އެގިވަޑައިގަތިވެސް މުޅިއެތި އަތަށްގޮވިފަހުންނޫންތޯއެވެ. ޒިންމާނަގާނެ ހަމައެކަކުވެސް ނެތެވެ. ރައްޔަތުން ބިކަހާލުޖެހުނީއެވެ.

މިރާއްޖޭގައި ކްރޯނާ ވައިރަސްގެ އަސަރު ހުއްޓަސް އެއީ ރައްޔިތުންނަށް މިވަރުގެ އަނިޔާތަކެއް ލިބެން ލާޒިމްވާކަމެއްނޫނެވެ. މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އެއްވެސް މީހަކުގެ ގައިން ސީދާ މިބަލި ޖެހިފައިވާކަމެއްވެސް ނުމެ އެނގެއެވެ. ބިރުވެރި ޚިޔާލީ ހުވަފެނެއްގެ ތެރެއަށް މިގައުމު ވައްޓާލި ފަރާތްތަކުގެ މައްޗަށް ރައްޔިތުން ބަސްބުނާނެއެވެ. އަދި ކޮންމެފަހަރަކު ހަވާމެންދުރު ދައްކުވައިގެން ކަންކަން ކުރުނ ހުއްޓުވުމަށް ދަންނަވަމެވެ.

އާދޭހާއިއެކު ސަރުކާރަށް ގޮވާލަމެވެ. މިރާއްޖެ މިބިރުވެރި ވަބާއިން މިނިވަން ކޮށްދެއްވާށެވެ. މިއީ ބައްޔަކަށްވުރެ ހިންގާ ނަހަލާލު އަނިޔާވެރި ޢަމަލުތަކެކެވެ. ރައްޔިތުންގެ ތެރެއިން އެމަރުވި ގިނަމީހުންވެސް މަރުވެ އެދިޔައީ ތިބާ ކޮވިޑަށް ފައްސިވެއްޖޭ ބުނުމުން ބިރުން ހިތްކުދި ކުދި ވެގެންނެވެ. މަރުވިމީހުންގެ ތެރެއިންވެސް ގިނަ އެހެނިހެން ބަލި އެމީހެއްގައިގާހުރި މީހުންނޫންތޯއެވެ.

ބޭރު ގައުމުތަކުން މިހާތަނަށް ރައްޔިތުންނަށް ލިބިދފައިވާ އެހީތަކަކީ ވަރަށް ބޮޑެތި އެހީތަކެވެ. އެހުރިހާ ހިލޭ އެހީއާއި ބަޖެޓްގެ ބިޔަބަޔަކާއި ޑަބްލިޔޫ އެޗް އޯ ގެ ހިލޭއެހީތަކާއިއެކުވެސް ގައުމަށް ފައިދާ ކުރަނިވި އެއްވެސް ކަމެއް އެކަށޭނަ މިންވަރަށް ކުރެވިފައިނެތްކަން މިހާރު ގިނަ ރައްޔަތުން ގަބޫލުކުރެއެވެ. ރައްޔަތުން މިވަނީ ބޮޑު މުސީބާތެއްގެ ތެރޭގައިކަން ސަރުކާރުދަންނަން ޖެހެއެވެ. ބޮޑެތި ވަޒީފާތަކުގައި ތިއްބެވި ރައްޔަތުންގެ ޚާދިމުންނަށް މިކަން ހަނދާންނެތިއްޖެކަން ޝައްކެއެވެސް ނެތެވެ. ޙާލަތު ދަށުދަށަށް ދާނެ މިންވަރު ދެކެބާލާށެވެ. ރައްޔިތަކަށް މަސައްކަތް ކުރެވޭނެގޮތެއްނެތެވެ. އަދި މަސައްކަތެއް ކުރުމަށް މަގެއްވެސް ނެތެވެ. ތަންތަނުގެ ވެރިފަރާތްތަކަށް  ކުލި ނުލިބެއެވެ. ވާނީވެސް އެހެންތާއެވެ. ކުލި ދައްކައިގެން ތަންތަނުގައި އުޅޭމީހުންނަށް ކުލި ދެއްކޭނެ ލާރިއެއް ނުލިބެއެވެ. ވަޒީފާގެއްލި ބިކަޙާލުގައި ޖެހިއްޖެއެވެ. ވަޒީފާ ނުގެއްލޭމީހާގެވެސް މުސާރައްިން ސައްތައިން ހަތްދިހަ އުނިވެއްޖެއެވެ. ފެނާއި ކަރަންޓް ބިލް އިންތިހާއަށް ބޮޑުވި ބޮޑުވުމަކީވެސް ރައްޔިތުން ގޭ ބަންދުކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެކެވެ. ބަލި ނުޖެހިފައި ތިބި މީހުންނާ ޖެހިފައިތިބި މީހުން ކޮންޓެކްޓް ވިޔަ ނުދިނުމުގެ ބޭނުމުގައި ކަމަށްބުނެ ގައުމު ލޮކްޑައުން ކުރި ކުރުމަކީ މި ގައުމުގައި މިހާތަނަށް ހިންގި އެންމެބޮޑު ޚިޔާނާތޭ ދެންނެވިދާނެއެވެ.

މާލޭގައި ތިބޭ ރައްފުށުގެ މީހުން ރަށަށް ގޮށް އަމިއްލައަށް ތަންތަން ހޯދައިގެން ހޯމް ކަރަންޓީނުވެގެން އަމިއްލަ ޚަރަދުގައި ކައިބޮއި އުޅޭނީ ކިހިނެއްތޯއެވެ. 28 ދުވަހު ކަރަންޓީނުގައި ތިބެ މާލޭގައި އަދާ ކުރާ ވަޒީފާ ގެއްލި ރައްޔިތު މީހާ ހަނާވެ ނިމިޖެއެވެ.

އެޗް.ޕީ.އޭ އަށް މިގައުމު ދޫކޮށްލައްވައިގެން ނުހުންނެވުމަށް ގައުމުގެ ރައީސުލް ޖުމްހޫރިއްޔާއަށް ގޮވައިލަމުން މިކަމުގެ ސަރުކާރު ޒިންމާދާރު ކުރެއްވުމަށް ދަންނަވަމެވެ ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭވަގުތެއްނޫނެވެ. ރައްޔަތުންގެ ޙާލުބެލުމަކީ ސީދާ ރައިސްގެ ވާޖިބެކެވެ. މިވެނިމާހާ އެވެނިމީހާއޭ ކިޔުމުގެ ބޭނުމެއްނެތެވެ. މަބުރޫކު ނުވަތަ އެޗްޕީއޭ އެނަންތައް ރައްޔަތުންނަކަށް މުހިއްމެއްނޫނެވެ. މި ކޮވިޑްގެ ވަބާއިން ގައުމު ތެދުވާއިރު މިބަލީގެ ނަމުގައި އެކިފަރާތްތަކުން ދައުލަތާއި ރައްޔަތުންނަށް ވެވިފައިވާ ޚިޔާނާތުގެ އަގު ވަޒަންކުރަން ދަތިވާނެއެވެ. އެންމެކުޑަމިނުން ހިލޭލިބޭ އެހީގެ ފޭސް މާސްކުކޮޅު އެސްޓީއޯ އިން ނުވަތަ އެހެންދިމަދިމާލުން ނުވިއްކާ ރައްޔަތުންނައް ހިލޭ ނުދެވެނީ ކީއްވެތޯ ސުވާލު ދަންނަވަމެވެ. މިއީ މިރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެބޮޑު ކޮރަޕްޝަންކަމުގައި މެނުވީ ނުވެ ހިނގައިދާނެތޯއެވެ؟

=ނިމުނީ=

Loading

3 Responses

  1. ތެދެކެވެ. ވެރިކަމަށް އަންނަންވެގެން ވޯޓަށް ސަލާމް ޖަހާ ދުވަސްވަރު ރައްޔަތުން އެއީ ވެރިންކަމުގައި ދަނެއެވެ. ހިތާމަޔަކީ ވެރިކަން ލިބުމުން ވެރިންނަކީ ރައްޔަތުންކަން ހަދާންނެތި އެބައިމީހުން ވެރިނަށްވެ އަސްލުވެރިން (ރައްޔަތުން) ގެ ޙާލުބަލާލާކަށް ވަގުތެއްނެތެވެ. އިލެކްޝަން ދުވަސްވަރު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ސީޕުލޭންގައި ނަމަވެސް ދެވެއެވެ. އަދި އަހަރެމެން ހޮވައިދެއްވައިފިނަމަ މިވެނިކަމެއް އެވެނިކަމެއް ކޮށްދޭނަމާ ބުނެ އަވާމެންދުރު ދައްކައެވެ. ރައްޔަތުން މިފަދަ ނިކަމެތިވެފައިވާ ދުވަސްވަރެއްގައި ރައްޔަތުމީހާ ( ޔަޢުނީ ވެރިމީހާއަށް ) އަބައިމީހުން ގެ ވެރިކަން ކޮށްދިނުމަށް ޙަވާލުކޮށްފައިތިބި ޚާދިމުންނާ ގުޅޭނެ އެއްވެސް ގޮތެއްނެތެވެ. އެއްކަލަ ޕާޓީ އޮފީސްތަކުންވެސް މާލޭފެންވަރުގައި، އަތޮޅުފެންވަރުގައި، ރަށުފެންވަރުގައި އެއްކަލަ ޕާޓީތެކުގެ ޖަހަ އޮޕަރޭޝަނަށް ގެނެވި ވެރިކަން ދަމައިގަތުމަށް އުޅުނު ފެންވަރާ 1% ގާތަށްވެސް އޯގާތެރިކަމުގެ އަތެއްނުދެއެވެ. އަނެއްކާވެސް ކައުންސިލް އިލެކްޝަނާ ދިމާކޮށް ދުނިޔޭގައި ތިބި ބަޔަކު ބަލަން ތިބޭތި ބެރުޖަހާ ޑޯޓުޑޯ ޖައްސާ ރައްޔަތުމީހާއޭކިޔާ ހާލުބެލުމުގެ ޕްރޮގްރާމެއް ޖައްސާނެއެވެ. އެދުވަސްވަރު މި ޚާދިމުންތައް ބިޒީއެއްވެސް ނުވާނެއެވެ. ވަގުތުވެސް ވާނެއެވެ. ރައްޔަތުމީހާ ނިކަމެތި ޙާލުގައި އުޅޭތީ ކަންބޮޑުވެ ދެރަވެ ރޮއި ޑްރާމާ ޖައްސާނެއެވެ. މިއީ މިހާރު ސިޔާސީވެގެން އުޅޭ ޑިމޮކްރެސީ މީހުންގެ އަސްލު ޙަގީގަތެވެ. ދެރައީ ކޮންމެފަހަރަކު ކުލަޖައްސައިގެން ނުވަތަ ކުލަ ބަދަލުކޮށްގެން ރައްޔަތުމީހާ ( ޔަޢުނީ ގައުމުގެ ވެރިންގެ) ބޮލަށް ގުއިރޭން ފުރުސަތު ދޭކަމެވެ.
    ރައްޔަތުމީހާގެ ވިސްނުމާއި ޢަމަލުތަށް ހެޔޮމަގަށް ބަދަލު ނުކުރެވޭހާ ހިނދަކު މި ސަކަރާތް އެވެރިން ޖަހާނީ ހަމަ މިހެނެވެ. ހަމަ ބޯކާލައިގެން ވެރިކަށް އައުމެވެ. ވަރަށް ސަލާމް!

  2. ލިޔުން ބަރާބަރު. ތިހެން ކަންހުރީ. ރައްޔަތުން ވިސްނައިގެން ރަނގަޅުކުރަން އުޅެގެން ރައްޔަތުންގެ ކަންކަން ރަނގަޅުވާނީ. ހޮލާފޮލާ ވާހަކައަށް ހެއްލިގެން ދިޔައިމާ ނަތީޖާ ނިކުންނާނީ ގޯސްކޮށްކަން މިހާރުދެން އެގެންވީ

  3. ކޮވިޑު ފަތުރާފައި ވަނީ ގަސްދުގައި ކަމަށް ބެލިމުގެ ފުރުސަތު މިހާރު އެބަލިބޭ. އެއީ ވައްކަމިގެ ފުރުސަތު ހޯދުމަށާއި ވައްކަމުގައި މަތޖ އެޅުމަށް

Leave a Reply to ވަޖުދީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް