އަތޮޅުތަކުގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އަތޮޅުތަކަށް ފޮނުވަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން 15 އެމްބިއުލާންސެއް މިއަދު މާލެ ގެނެސްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކަކީ އަތޮޅުތެރެއަށް ރަށްތަކަށް އެމްބިއުލާންސްފޯރުކޮށްދިނުމަށ އެ މިނިސްޓްރީއާއި އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނެސްފައިވާ އެމްބިއުލާސްންތަކެއް ކަމަށެވެ.
ހެލްތު މިނިސްޓްރީން އެސްޓީއޯއާއެކު މިދިޔަ ޖޫން މަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ އިރު އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަސް ތެރޭގައި 96 އެމްބިއުލާންސް ގެންނަން ޖެހެއެވެ.
އޭގެ ތެރެއިން 20 އެމްބިއުލެންސް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ އެ އެމްބިއުލާންސްތައް 20 ރަށަކަށް ފޮނުވާފަ އެވެ. އަދި ބާކީ ހުރި 76 އެމްބިއުލާންސްގެ ތެރެއިން 20 އެމްބިއުލާންސް ނޮވެންބަރު 19 ވަނަ ދުވަހު ވަނީ މާލެ ގެނެސްފައެވެ.