އިމްރާނަކީ ރިޝްވަތަށް ގުޑާލެވޭނެ ބޭފުޅެއް ނޫން: އިޔާޒް

Loading

Facebook
Twitter
WhatsApp

 

ހޯމް މިނިސްޓަރު އިމްރާން އަބްދުއްލާ އަކީ ރިޝްވަތަށް ގުޑާލެވޭނެ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އިމްރާން ދިފާއުކުރައްވައިވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭނުގައި މިނިސްޓަރު އިމްރާން ބައިވެރިވެ ވަޑައިގެންނެވީ ރިޝްވަތު ނަންގަވައިގެންކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ގިނަ ފާޑުކިއުންތަކެއް އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީސްމީހުންގެ ބޮލުގައި އިލްޒާމް އަޅުވަންވާނީ ސާބިތު ހެކި ހުރެގެން ކަމަށާ އިމްރާނާއި ތަފާތު ތަޖުރިބާތަކެއް ކުރެވިފައިވާ މީހެއްގެ ހައިސިއްޔަތުން އެ މަނިކުފާނަކީ ރިޝްވަތަށް ގުޑާލެވޭނެ ބޭފުޅެއް ނޫންކަމަށެވެ.

“ މީސް މީހުންގެ ބޮލުގައި އިލްޒާމް އަޅުވަންވާނީ ސާބިތު ހެކި ހުރެގެން. އިމްރާން އާ އެކު ދިގު ޒަމާންތަކެއް ވަންދެން ތަފާތު ތަޖުރިބާތައް ކުރެވިފައިވާ މީހެއްގެ ހައިސިއްޔަތުން ދަންނަވަން. އެމަނިކުފާނަކީ ރިޝްވަތަށް ގުޑާލެވޭނެ ބޭފުޅެއްނޫން. އެއީ ތެދުވެރި އިޚްލާސްތެރި ބޭފުޅެއް.“ ޝައިޚް އިޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރަން އަދާލަތުން ނިންމި ނިންމުމަށް އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނެވެ. އެޕާޓީގެ ބައެއް މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރުމަށް އަދާލަތުން ނިންމީ އިމްރާންގެ ނުފޫޒުންނެވެ.

އެ ނިންމުމަށް ހިޔާލުތަފާތުވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިޔާޒް ވިދާޅުވީ އިމްރާން އާއި ސިޔާސީ ގޮތުން ހިޔާތު ތަފާތުވި ނަމަވެސް ނިމިދިޔަ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރައްވާ ކެމްޕެއިނަށް ނިކުންނެވުމާއި ދެކޮޅު ހެއްދެވި ނަމަވެސް އިމްރާން އެ ކެންޕެއިނަށް ނިކުންނެވީ ރިޝްވަތު ނަންގަވައިގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރަން އަދާލަތުން ނިންމި ނިންމުމާ ހިޔާލުތަފާތުވި އައްޝައިހް އަލީ ޒައިދު ވެސް ވެސް ވަނީ އެ ނިންމުމަށްފަހު އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާ ފައެވެ.

 

Loading

6 Responses

  1. އިޔާޒުވެސް ތިހިރީ އިންޱިޔާއިން ގަނެފަވިއްޔާ އިޔާޒުމެންދައްކާވާހަކަ މިހާރު ހާ ކިކުޅުވެސް ގަބޫލެއް ނުކުތާނެ100% ލާދީނީބައިގަނޱަކައް ބައިއަތުހިފައިގެން ތިއުޅެނީ

  2. އިމްރާނު ރިސްވަތަކައްނުގުޑާނެ އެކަލޭގެ ގުޑާނީ ނަބިއްޔާއަށް ފުރައްސާރަކުރާމީހުން ލަދެއް ހަޔާތެއް ނެއް މީހެއް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް