Skip to content
ރާއްޖެ

ފްޑް ކޯޓްތަކެއް އަޅަން މާލެ ސިޓީ ކައުންސިލުން ލޯނެއް ނަގަނީ

އާމިނަތު ނުހާއާމިނަތު ނުހާ

 

 

 

މާލޭގައި ފްޑް ކޯޓް ތަކެއް އަޅަން ލޯނެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

 

މާލެ ސިޓީ ކައުންސިލުން ފުޑް ކޯޓްތަކެއް އެޅުމަށް ފާސްކޮށްފައިވަނީ އެ ކައުންސިލުން އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

 

މާލޭ ސިޓީ ކައުންސިލުން ބުނީ މި އީ ދަރުބާރުގޭގެ އިރަށް އޮންނަ ބިމުގައި ސްޓްރީޓްފުޑް ކޮންސެޕްޓްގެ ފުޑްކޯޓުތަކެއް އެޅުމަށްޓަކައި ނިންމި ނިންމުމެކެވެ. އަދި  މި ފުޑްކޯޓުތަކުގެ ސަބަބުން ވިޔަފާރިއެއް ކުރިއަށް ގެންދަން ބޭނުންވެފައި ތިބި ކަނބަލުންނަށާއި ޒުވާނުންނަށް ރަނގަޅު ފުުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ދެކެއެވެ.

ސިޓީ ކައުނސިލުން ނިންމާފައިވަނީ ލޯން ނެގުމުގެ ހުއްދަ އަށް އެދި މިމަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅުމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުޑްކޯޓުތަކުން ހިދުމަތް ދެވޭވަރުވާނެކަމަށް ކައުންސިލުން ދެކެއެވެ.

ސިޓީ ކައުންސިލްގެ ވިސްނުން ހުރީ ލޯން ނަގަން ހުއްދަ ލިބިއްޖެނަމަ ފެށޭ މަހުގެ ތެރޭގައި ލޯން ނެގުމަށް ބޭންކަށް ހުށަހެޅުމަށްފަހު އޭޕްރީލް މަހުގެ ތެރޭގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރުމަށެވެ.

މާލޭގައި ސްޓްރީޓްފުޑް ކޮންސެޕްޓްގެ ފުޑްކޯޓުތަކެއް އެޅުމަކީ މާލޭ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ކަމެކެވެ.

 

Loading

Comments are reviewed before publication. You can write in English or Dhivehi.

2 Responses

  1. sarukaaruge strategic plan ga nuhimeney kameh coucil thakah nukureveyne. Council thakakee sarukaaruge siyaasath than thanfeezu kuran thibey baeh. Miee federal sarukaareh onna gaumeh noon.
  2. މިއްޔޭ މީނަ އަށް ނުވެގެން މިއުޅޭ ކަންތަކަކީ! މިހާރު ޓިތަންތަން ލިބޭ މީހުންއަތުން އާހާބަރުގައި ހެދިގެން ހުންނާނީ ކަޓް ނަގާނިންމާފައެވެ. ހުޅުމާލެ ނުލިބިގެންވެސް މިއުޅެނީ މި ގަނޑު ނުގަނެވިގެންނެވެ. މީ ހައުސިންގގައި ވެސް ހަމަ ގަތްގަނޑެވެ.

Leave a Reply