ގައުމު ބަނގުރޫޓު ވެއްޖެ : ކުރީގެ ޗެއާރމަން އެފްއާރު، ޝައްބިރު ޒައިދީ

Loading

Facebook
Twitter
WhatsApp

ގައުމު ބަނގުރޫޓު ވެފައިވާކަމަށް ޕާކިސްތާނުގެ ފެޑެރަލް ބޯޑު އޮފް ރެވެނިއު (އެފްބީއާރު)ގެ ކުރީގެ ޗެއާމަން ޝައްބިރު ޒައިދީ ވިދާޅުވެއްޖެއެވެ.

”ގައުމުގެ ކަންތައް ހިންގަމުން ދަނީ ވަރަށް ރަނގަޅަށް. އަޅުގަނޑުމެން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށްފިން. އަޅުގަނޑުމެން ހެއު ބަދަލުތަކެއް ގެނެސްފިން. މިހެން ކިޔައިގެން ދައްކާ ވާހަކަތައް ރަނގަޅެއް ނޫން.“ އޭނާ ވިދާޅުވިއެވެ. ”އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގައުމު ބަނގުރޫޓު ވެއްޖެ.“

އިގުތިސާދީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިގުތިސާދީ މާހިރެއްކަމުގައިވާ ޝައްބިރު ޒައިދީ ވިދާޅުވީ ގައުމުގެ ކަންތައްތައް ވަރަށް ރަނގަޅު ކަމަށާއި ގައުމުގެ ކަންތައް ހިނގަމުން ދަނީ ވަރަށް ރަނގަޅަށް ކަމަށާއި ސަރުކާރުން ބޮޑެތި ކާމިޔާބީ ތަކެއް ހާސިލުކޮށްފިކަމަށާއި ބަދަލުތަކެއް ގެންނަމުންދާކަމަށް ބުނެ ސަރުކާރުގެ އެކިފެންވަރުގެ ބޭފުޅުން ދައްކަވަމުން ގެންދަވަނީ ހުސް ދޮގު ވާހަކަތަކެކެވެ.

”ގައުމު ބަނގުރޫޓު ވެއްޖެ. ގައުމެއް ބަނގުރޫޓުވާ މިންގަނޑުން ބަލާއިރު ގައުމު އޮތީ ބަނގުރޫޓުވެފައި.“ އޭނާ ވިދާޅުވިއެވެ.

ޝައްބިރު ވިދާޅުވި ގޮތުގައި ސަރުކާރުން ކުރަން ވައުދުވެފައި ހުރިކަންތައްތައް ނުކޮށް ކުރިއަށް ދާންޖެހޭ މަގުނޫން އެހެން މަގަކުން ދަތުރުކޮށް ރައްޔިތުންނަށް މިވެނިކަމެއް ކޮށްދޭނަމޭ އެވެނިކަމެއް ކޮށްދޭނަމޭ ކިޔައިގެން ވައުދު ވުމަކީ ރައްޔިތުންނަށް މަކަރާއި ހީލަތް ހެދުމެވެ. އަދި އެއީ ބަނގުރޫޓު ވުމުގެ އަލާމާތެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ރުފިޔާގެ އަގުވަނީ ޑޮލަރާ އަޅައި ބަލާއިރު އިންތިހާއަށް ވެއްޓިފައެވެ. ފައިސާ ޗާޕުރުން ވަނީ އިންތިހާއަށް ގޮސްފައެވެ. ބައިނަލް އަގުވާމީ އެކިއެކި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ހޯދުމުގެ އިތުރަށް ގައުމުތަކުން ވެސް ދަނީ ލޯނު ނަގަމުންނެވެ. ބައެއް މީހުން ހާމަކުރާ ގޮތުގައި ގައުމު މިހާރު ހިންގަމުންދަނީ ޗައިނާއާއި ސައުދީ އަރަބިޔާގެ ލޯނުގެ އެހީގައެވެ. ކާބޯތަކެއްޗާއި މުދަލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ޚިދުމަތުގެ އަގުވެސް އޮތީ ހަމަ އެހެންނެވެ. ރައްޔިތުން ތިބީ އަނގަޔާއި އަތާ ދިމާ ނުވާ ހާލަތެއްގައެވެ. އެތައްލައްކަ ބަޔަކު ދަނީ ކުނިގޮނޑު ހޮވައިގެން ކަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ ގައުމުގެ ހާލަތު ރަނގަޅު ކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް