އައްޑޫ ސިޓީއަށް ސްރީލަންކަން އެއާލައިންގެ ސީދާ ދަތުރުތަށް ފަށައިފި

Loading

Facebook
Twitter
WhatsApp

 

އައްޑޫސިޓީ ގަމަށް  ސްރީލަންކަން އެއާލައިންްސްގެ ސީދާ ދަތުރުތައް އަލުން ފަށައިފިއެވެ.

ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ގަމަށް އަލުން ފެށުން ފާހަގަކުރުމުގެ ގޮތުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި އެ އެއާލައިނގެ ބޯޓެއްގައި ގަމަށް ދަތުރުކުރި ދަތުރުވެރިންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ސްރީލަންކަންއިން އައްޑޫއަށް ސީދާ ދަތުރުތައް ފަށާފައިވާއިރު މިފަހަރު ކޮލަންބޯ-ގަމުގެ ދަތުރުތަކުގެ ކަނެކްޝަން ފްލައިޓުތައް، މާލެއާއި ހުވަދު އަތޮޅަށް ހަމަޖައްސައިދޭނެ ކަމަށް މޯލްޑިވިއަންއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

ސްރީލަންކަން އެއާލައިންސް އިން ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ކޮށްފައިވެއެވެ. އޭރު ހަފްތާއަކު ތިން ދަތުރު ކުރި ނަމަވެސް މިފަހަރުގެ ޝެޑިއުލް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދަތުރު ބާއްވާ ގޮތަށެވެ.

ސްރީލަންކަންއިން އައްޑޫއަށް ކުރިން ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ކޮވިޑް 19 ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭރު އަޅަމުންދިޔަ ފިޔަވަޅުތަކާއި ގުޅިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް