މާލެއިން މުދައްރިސުންނަށް ގިނަ އަދަދެއްގެ ކޮޓަރި ހޯދަނީ

Loading

Facebook
Twitter
WhatsApp

 

އަރަބިއްޔާ ސުކޫލްގައި ކިޔަވައިދޭ މުދައްރިސުންނަށް ގިނަ އަދަދެއްގެ ކޮޓަރި މާލެއިން ހޯދަން އެ ސުކޫލުން އިއުލާންކޮށްފި އެވެ.

އަރަބިއްޔާ ސުކޫލުން ބުނީ މާލެ އިން ގިނަ އަދަދެއްގެ ކޮޓަރި ހޯދަމުން އަންނަނީ އެ ސުކޫލުގެ އަޒުހަރު މުދައްރިސުންނަށް ކަމަށެވެ.

އަރަބިއްޔާ ސުކޫލުން ހޯދަމުންދަނީ 19 ކޮޓަރިއެއް އެއްހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށާއި ފަސް ކޮޓަރި ހަ މަސް ދުވަހަށް އަދި ދެ ކޮޓަރި ފަސް މަސް ދުވަހުގެ މުއްދަތަކަށް ކުއްޔަށް ހިފުމަށެވެ.

އެގޮތުން އަޒްހަރު މުދައްރިސުންނަށް މާލެއިން 19 ކޮޓަރި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުން ވެގެން އިއުލާން ކުރުމުން އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ ދެ ވަނަ ފަހަރަށް އިއުލާން ކޮށްފައިވާ ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ. އެ ސުކޫލުން ބުނީ ކޮޓަރިތައް ކުއްޔަށް ހިފަން ބޭނުންވެ ފުރަތަމަ އިއުލާން ކުރުމުން ކުރިމަތިލީ އެއްމެ ފަރާތަކުންކަމަށެވެ.

މި ކޮޓަރިތައް ކުއްޔަށް ހިފުމަށް ދެ ވަނަ ފަހަރަށް އިއުލާން ކޮށްފައިވާއިރު ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  ހޯމަ ދުވަހުގެ ކުރިން ސްކޫލުގެ ރިސެޕްޝަންގައި ނަންނޯޓް ކުރެއްވުމަށް ވެސް އެ ސުކޫލުން އެދެއެވެ.

އަދި މީގެ އިތުރުން ފަސް ކޮޓަރި ހަ މަސް ދުވަހަށް އަދި ދެ ކޮޓަރި ފަސް މަސް ދުވަހުގެ މުއްދަތަކަށް ކުއްޔަން ހިފަން ބޭނުންވެ ބީލަަމަށް ހުޅުވައިލުމުން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާ ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އާދީއްތަ ދުވަހު 8:00 އިން 12:00 އަށް އެ ސުކޫލް ރިސެޕްޝަނަށް ގޮސް ނަންނޯޓް ކުރުމަށް އެ ސުކޫލުން އެދެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް