"ޒާތީ ގޮތުން ހެކި އުފައްދައިގެން ދައުވާ ކުރާ ޕީޖީއެއް ހުރިހާ ހިނދަކު ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް"

Loading

Facebook
Twitter
WhatsApp

ޒާތީ ގޮތުން ހެކި އުފައްދައިގެން ދައުވާ ކުރާ ޕީޖީއެއް ހުރިހާ ހިނދަކު ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް ކަމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކައުންސިލް މެންބަރު ޙުސޭން ޝިފާޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޙުސޭން ޝިފާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސްޕްރީމް ކޯޓުގެ ޙުކުމުން ރައީސް ޔާމީން މިނިވަން ވުމަކީ ރައީސް ޔާމީނަށް އިންސާފު ލިބުމެއް ނޫންކަމަށެވެ.

”ދެ އަހަރަށްވުރެ ގިނަ ދުވަހު ރައީސް ޔާމީނަށް ދިން އަނިޔާގެ ޒިއްމާ ނަގާނީ ކާކު؟“ ޝިފާޒު ކުރެއްވި ޓްވީޓެއްގައި ސުއާލު ކުރައްވާފައި ވެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ޔާމީންގެ މައްޗަށް 28 ނޮވެމްބަރު 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެކަމަކު، ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން އެ ޙުކުމް ބާޠިލް ކުރުމާއެކު ޔާމީން ވަނީ މިނިވަން ވެފައެވެ.

ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީނުގެ މައްޗަށް ކުރި ޙުކުމަކީ އިންސާފެއް ނެތް ކެހިވެރި ރޭވުމެއްގެ ދަށުން ހިނގި ކަމެކެވެ. އަދި ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖ)ގެ މަގާމުގައި ހުންނެވި ޙުސެއިންޝަމީމު ކަންތައްތައް ކުރައްވާގޮތާމެދު ވަރަށް ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

 

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް